ޗެމްޕިއަން ފެނަކަ އެއްވަރު، އާރްއާރްސީ ފެށީ މޮޅަކުން

Jul 19, 2023, 3:54 AM
އާރްއާރްސީގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އާރްއާރްސީގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ފެނަކަ ކުޅުނު ފުރަތަމަަ މެޗުގައި ރޭ ކްލަބް އޭވިއޭޝަން ސެކިއުރިޓީއާ 2-2 އިން އެއްވަރުވިއިރު، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން 2-0 އިން ކަސްޓަމްސް ރެކްރިއޭޝަން ކްލަބް ބަލިކޮށް މޮޅަކުން މުބާރާތް ފަށައިފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި އާރްއާރްސީ އަށް ލީޑުނަގައިދިނީ އަބްދުﷲ ޔާމީން (ޔާން) އެވެ. މިއީ، ހިސާމް ސަލީމް (ކޮކީ) ދިން ބޯޅައަކުން ޔާނު ޖެހި ގޯލެކެވެ. ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި އާރްއާރްސީގެ ދެ ވަނަ ގޯލު ޖެހީ އަލީ ޝިފާއު (ރޮނާ) އެވެ. ރޮނާ ޖެހި ބޯޅަ ގޯލަށް ވަނީ ކަސްޓަމްސްގެ ކީޕަރު އިބްރާހިމް ވަހީދު އަތުގައި ޖެހިފަ އެވެ.

ގްރޫޕް އެޗްގެ އަނެއް މެޗުގައި ރޭ ޔޫރޯ މާކެޓިން (އީއާރްއެފްސީ) އަތުން ކްލަބް ޓީއެމްއޭ ވަނީ 3-2 އިން މޮޅުވެފަ އެވެ. ޓީއެމްއޭގެ މުހައްމަދު ވިޝާމް އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް އީއާރްއެފްސީން ވަނީ ފަހަތުން އަރައި ނަތީޖާ އަނބުރާލައިފަ އެވެ. އެ ޓީމުގެ ދެ ލަނޑު ޖެހީ މުހައްމަދު ލީވާން ހަސަން އާއި އަހުމަދު ސަމްހާދު އެވެ. ފަހަތުން އަރައި، ޓީއެމްއޭ މޮޅުވީ ފަހު ވަގުތު ދެ ގޯލު ޖަހައިގެންނެވެ. އެ ގޮތުން އެއްވަރުކުރި ގޯލު ޖެހީ ރަބީއު މުހައްމަދު އެވެ. އަދި މޮޅުވި ގޯލު ޖެހީ އަހުމަދު ނާހިލް އިބްރާހިމް އެވެ. މި މެޗުގައި އީއާރްއެފްސީގެ ޔާޒީ ނާޒިމް އަށް ވަނީ ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

ފެނަކަ ޓީމުގެ އައްޒާމް (ކ) އޭވިއޭޝަން ސެކިއުރިޓީގެ މީސާގް ކައިރިން ބޯޅަ ހިފައިގެންދާން މަަސައްކަތް ކުރަނީ،.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގްރޫޕް ޖީގައި ރޭ ފެނަކަ ކޮޅަށް އޭވިއޭޝަން ސެކިއުރިޓީން ގޯލުތައް ޖެހީ ތައުމީން ނޫހު އާއި އަލީ މީސާގް އީސާ އެވެ. ފެނަކަ ޓީމުގެ ގޯލުތައް ޖެހީ ޒައިން ޒަފަރު އާއި ހުސެއިން ނާޝިދު އެވެ. މިދިޔަ އަހަރު ފެނަކަ އިން ޗެމްޕިއަންކަން ހޯދި ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް މި ފަހަރު ޓީމުގައި ނުހިމެނެ އެވެ. އޭގެ ތެރޭގައި އަނިޔާގެ ސަބަބުން ނުކުޅެވޭ އަޔާޒް އަހުމަދު (އަޔާ) އާއި އާބަންކޯ އަށް ބަދަލުވި ހުސެއިން ޝަރީފް (އޮންލީ) އަދި ސަސްޕެންޝަނުގައި ހުރި އިބްރާހިމް މުބީން (މުއްކި) ހިމެނެ އެވެ.

މި ގްރޫޕްގެ އަނެއް މެޗުން ރޭ މީޑިއާނެޓް އަތުން ކްރޮސްރޯޑްސް މޯލްޑިވްސް މޮޅުވީ 3-2 އިންނެވެ. ކްރޮސްރޯޑްސްގެ ގޯލުތައް ޖެހީ އިސްމާއިލް ވަހީދު، އިބްރާހިމް ޒާހީ އަދި އަލީ ޒަޔާން އަހުމަދު އެވެ. މީޑިއާނެޓްގެ ދެ ގޯލު ޖެހީ ޝީހާން އަބްދުލް ހަމީދު އާއި އަހުމަދު ޝިނާން އެވެ.

ވެމްކޯ ޓީމުގެ ކެޕްޓަން ރަފާ (ކ) އެމްއޭސީއެލްގެ މާޒިނާ ކައިރިން ނައްޓާފައި ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިއްޔެ ހަވީރު ވަނީ އެއިޓީން ތާޓީ ކްލަސިކް ޑިވިޝަނުގެ ދެ މެޗެއް ކުޅެފަ އެވެ. އެ ގޮތުން، ކްލަބް ވެމްކޯ އިން ވަނީ 3-1 އިން ޓީމު އެމްއޭސީއެލް ބަލިކޮށްފަ އެވެ. އަދި މީރާ ރެކްރިއޭޝަން ކްލަބް އަތުން ޓީމު ޔޫތު މިނިސްޓްރީ މޮޅުވީ 6-1 އިންނެވެ.

ޔޫތު މިނިސްޓްރީގެ ގޯލުތަކަށް ބަލާއިރު، ސަދާ އަންވަރު އާއި މަރިޔަމް ރަޝާދު ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ދެ ލަނޑު ޖެހީ އަރީޝާ ރިޒާ އަދި އައިޝަތު ނަހުމާ ރަޝީދު އެވެ. މީރާ ޓީމުގެ ގޯލު ޖެހީ އާމިނަތު ނާއިފާ އެވެ.

ވެމްކޯގެ ކެޕްޓަން، ސަފިއްޔާ ރަފާ އެ ޓީމަށް ފުރަތަމަ ހާފުގައި ލީޑުނަގައިދިން ނަމަވެސް ދެ ވަނަ ހާފް ފަށައިގެން މާގިނަ އިރެއްނުވެ އެމްއޭސީއެލްގެ އާޒިނާ މަތީން ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. ވެމްކޯ މޮޅުވި ގޯލުތައް ޖެހީ ފަޒްލާ އިބްރާހިމް އަދި އައިމިނަތު ޝުދާ އެވެ.

ކްލަބް މޯލްޑިވްސް މުބާރާތުގައި މިއަދު ހަވީރާއި މިރޭ ކްލަބް މޯލްޑިވްސް ކްލަސިކް ޑިވިޝަނުގެ ހަތަރު މެޗެއް ކުޅޭއިރު، ކްލަބް މޯލްޑިވްސް ކަޕްގެ ދެ މެޗެއް ކުޅެވިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox