ބީއެމްއެލް އާއި ޕްރިޒަން އަންހެން ޓީމަށް 12 ގޯލުގެ މޮޅެއް!

Jul 18, 2023, 4:24 AM
ބީއެމްއެލް ޓީމުގެ ސައްޓު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބީއެމްއެލް ޓީމުގެ ސައްޓު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ޔުނައިޓެޑް ބީއެމްއެލް އިން ކުޅުނު ފުރަތަމަ މެޗުގައި 12-0 އިން ޓްރީޓޮޕް ހޮސްޕިޓަލް ބަލިކުރިއިރު، 18/30 ކްލަސިކް މުބާރާތުގައި ޕްރިޒަން ކްލަބްގެ އަންހެން ޓީމުން ހުޅުމާލެ ހޮސްޕިޓަލްގެ މައްޗަށް 12-0 އިން ކުރިހޯދައިފި އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް އީގައި ވާދަކުރަން އޮތް ކްލަބް އެއާޕޯޓްސް މުބާރާތުން ވަކިވުމާ އެކު، އެ ގްރޫޕްގައި އޮތީ އެސްޓީއޯ އާއި ބީއެމްއެލް އަދި ޓްރީޓޮޕް ހޮސްޕިޓަލް އެވެ. ރޭ ޓްރީޓޮޕް އަތުން ހޯދި ބޮޑު މޮޅާ އެކު ބީއެމްއެމް ވަނީ ގަދަ 16 ބުރާ ގާތަށް ޖެހިލައިފަ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ބީއެމްއެލްގެ އިބްރާހިމް ހަމްދާން ވަނީ ފަސް ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އެ ޓީމުގެ ކެޕްޓަން އިޝާން އިބްރާހިމް (ސައްޓު) ހެޓްރިކެއް ހެދިއިރު، އަނެއް ގޯލުތައް ޖެހީ އިސްމާއިލް އަލީފް އަހުމަދު ދެ ގޯލާއި ހައިޝަމް ރަޝީދު އަދި ހުސެއިން އަލީ (އަޗޭ) އެވެ.

ކްލަބް ފެން ޓީމުގެ މާޒިން (ކ) ސިފައިންގެ ކްލަބްގެ އަލާއު ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިއްޔެ ހަވީރާއި ރޭ ވަނީ ގްރޫޕް އެފްގެ ދެ މެޗެއް ކުޅެފަ އެވެ. އެ ގޮތުން ހަވީރު ކުޅުނު މެޗުން ކްލަބް ފެން އިން ވަނީ 3-0 އިން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށްފަ އެވެ. ފެން ޓީމަށް މި މެޗުގައި ގޯލުތައް ޖަހައިދިނީ އިބްރާހިމް ޝަނޫން، ރައްޒާން ޖައުފަރު އަދި އަހުމަދު މާޒިން އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ރޭ ކްލަބް އާސަންދަ އަތުން ޕްރިޒަން ކްލަބް މޮޅުވީ 4-3 އިންނެވެ. ޕްރިޒަންގެ ލަނޑުތައް ޖެހީ އަހުމަދު ހުސާމް (ހުސާންކޮ) ދެ ގޯލާއި މުހައްމަދު ޝާއިން ދެ ގޯލެވެ. އާސަންދަ ޓީމުގެ ލަނޑުތައް ޖެހީ އަހުމަދު އަބްދުﷲ (ލިލީ) ދެ ގޯލާއި އާދަމް ޝިޔާން މުހަައްމަދު އެވެ.

ޕްރިޒަންގެ އަންހެން ޓީމުން 18/30 ކްލަސިކްގައި ތަފާތު ބޮޑު މޮޅެއް ހުޅުމާލެ ހޮސްޕިޓަލް އަތުން ހޯދިއިރު، ޕްރިޒަންގެ ކެޕްޓަން، އައިމިނަތު ފަޒްލާ ވަނީ ފަސް ގޯލު ޖަހައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އެ ޓީމުގެ ހަދީޖާ އަފްނާން ހެޓްރިކެއް ހެދިއިރު، އަނެއް ގޯލުތައް ޖެހީ އައިޝަތު ވިޝާމާ، ފާތިމަތު އަފާ އިބްރާހިމް އަދި ރުގިއްޔާ މާއިލާ އެވެ.

މިއަދު ހަވީރު ކުޅެން ހަމަޖެހިފައިވަނީ 18/30 ކްލަސިކްގެ ދެ މެޗެވެ. އަދި މިރޭ ކްލަބް މޯލްޑިވްސް ކަޕްގެ ހަތަރު މެޗެއް ކުޅެން ވަނީ ޝެޑިއުލްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox