"އުރީދޫ މަސްރޭސް 2023" ގެ ރަޖިސްޓްރޭޝަން މަރުހަލާ 83 ޓީމާއިއެކު ނިންމާލައިފިއެވެ.
އުރީދޫގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭސް ޖުމުލަ ހަތަރު ސިޓީއެއްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ. މިގޮތުން މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި މަސްރޭސް ކުރިއަށްދާނެ އެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ ސިޓީއެއްގައި ވެސް ތިރީގައިމިވާ ތާރީހުތަކުގަ އެވެ.
- މާލެ ސިޓީ: އޮގަސްޓް 04،
- ކުޅުދުއްފުށި ސިޓީ: އޮގަސްޓް 11،
- އައްޑޫ ސިޓީ: އޮގަސްޓް 18،
- ފުވައްމުލައް ސިޓީ: އޮގަސްޓް 25،
މި މަސްރޭހުގައި މާލެއިން ޖުމުލަ 34 ޓީމު ބައިވެރިވާ އިރު، ކުޅުދުއްފުށި ސިޓީން 23 ޓީމަކާއި އައްޑޫ ސިޓީއިން 13 ޓީމެއްގެ އިތުރުން، ފުވައްމުލައް ސިޓީގެ 13 ޓީމަކުން ބައިވެރިވާނެ އެވެ.
ޖުމްލަ 160،000ރ. ގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭއިން ކޮންމެ ސިޓީއަކުން މޮޅުވާ ޓީމުތަކަށް ތިރީގައިވާހެން ފައިސާގެ އިނާމު ލިބިގެންދާނެއެވެ.
- އެއްވަނަ ޓީމް: 25،000ރ.
- ދެވަނަ ޓީމް: 10،000ރ.
- ތިންވަނަ ޓީމް: 5،000ރ.
- އެންމެ މޮޅު ފިރިހެން ކެޔޮޅު: 1،000ރ.
- އެންމެ މޮޅު އަންހެން ކެޔޯޅު: 1000ރ.
އުރީދޫއިން ބުނީ ކޮންމެ ޓީމެއްވެސް އެ ޓީމެއްގެ ސިޓީގައި ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާއިރު މުބާރާތުގެ ފޯރި އާއި ވާދަވެރިކަން އެހެން އަހަރުތަކަށް ވުރެ ވަރުގަދަވެގެންދާނެކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށެވެ.










