އޭޝިއާގެ ގައުމުތަކަށް ވިއްސާރަ މޫސުން ކުރިމަތިވެ ހިނގަމުންދާ އެކި ހާދިސާތަކުގައި މި މަހުގެ ތެރޭގައި 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
ފާއިތުވި ދެ ހަފުތާ ތެރޭގައި އިންޑިއާ، ޗައިނާ އަދި ޖަޕާނަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ގިނަ ހާދިސާތައް ހިނގި އެވެ.
އެތައް ލައްކަ މީހުން އިވެކުއޭޓުކޮށްފައިވާ އިރު، ހުކުރު ދުވަހު ދެކުނު ކޮރެއާ އެލާޓަށް ގެނެސް، ފިލިޕީންސުން ތޫފާނަކަށް ތައްޔާރުވި އެވެ.
ނިމިދިޔަ ހަފުތާގެ ކުރީކޮޅު ޖަޕާނުގެ ކިޔޫޝޫ ރަށުގައި ރެކޯޑު މިންވަރަށް ފެންބޮޑުވެ އަށް މީހުން މަރުވި އެވެ. އޭގެ ތެރޭގައި ސިޔާސީ މީހަކު ވެސް ހިމެނެ އެވެ. އިތުރު ބަޔަކު ވަނީ ގެއްލިފަ އެވެ.
ސައިންސްވެރިން އިންޒާރުދޭ ގޮތުގައި މޫސުމީ ބަދަލުގެ ސަބަބުން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ފެންބޮޑުވުމުގެ ނުރައްކާ ވަނީ ބޮޑުވެފަަ އެވެ.










