ބިންވެރިޔާ ސްކީމް: ޖޮއިންޓްވެއްޖެ ނަމަ ގޯތި ލިބޭނެ ކަމަށް އޮތް މީހުން އެގޮތަށް ފޯމްލާން ފުރުސަތު ހުޅުވާލައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ދޭ ސަރަހައްދެއް : ޖޮއިންޓްވެގެން ގޯތި ލިބޭނެ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ދޭ ސަރަހައްދެއް : ޖޮއިންޓްވެގެން ގޯތި ލިބޭނެ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ބިންވެރިޔާ ސްކީމުގެ ވަގުތީ ލިސްޓުގައި ,ޝަރުތުހަމަވާ ކަމަށާއި ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް ކަމަށް ލިސްޓްކޮށްފައިވާ މީހުން، އެލިސްޓުން ގޯތި ލިބޭ މީހުންނާ ޖޮއިންޓުވުމުގެ ފުުރުސަތު ހުޅުވާލައިފި އެވެ.

މި މަހުގެ 15 ގެ ނިޔަލަށް ހުޅުވާލި މި ފުރުސަތުގެ ތަފުސީލު ޕްލޭނިން މިނިސްޓްރީން މިއަދު ވަނީ ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައިވަނީ މިގޮތަށް ޖޮއިންޓް ކުރުމަށް އެދޭ އެޕްލިކޭޝަނެއް ބަލައިގަންނާނީ ޖޮއިންޓްވާންއެދޭ ފަރާތްތަކުން ފޮނުވާ ރިކުއެސްޓު، ގޯތި ލިބޭ ފޯމުގެ ލީޑިން ބަލައިގަތުމުން ކަމަށެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، މި ފުރުސަތުގެ ދަށުން ވަގުތީ ލިސްޓުގައި ހިމެނޭ "ޝަރުތުހަމަވޭ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތުއޮތް" ފަރާތްތަކުގެ މެދުގައި ބިންވެރިޔާ އުސޫލާ އެއްގޮތައް ޖޮއިންޓްވުމަށް ހުޅުވާލާފައިވާ ފުރުސަތުގެ އިތުރަށް، ވަގުތީ ލިސްޓްގައި ”ޝަރުތުހަމަވޭ ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް“ ސްޓޭޓަސް ގައި ހިމެނޭ ފަރާތްތަކުން ގޯތިލިބޭ ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކާ ޖޮއިންޓް ވެވޭނެ ކަމަށެވެ.

"މި ގޮތަށް ޝަރުތުހަމަވެ ގޯތި ލިބޭ ސްޓޭޓަސްގައި ނުހިމެނޭ ފަރާތަކުން ”ގޯތި ލިބޭ“ ސްޓޭޓަސްގައި ހިމެނޭ ފޯމުގެ ލީޑިންގ އެޕްލިކަންޓަށް ރިކުއެސްޓް ފޮނުވޭނެ އިންތިޒާމް ޕޯޓަލްގައި މިހާރުވާނީ ހަމަޖެހިފައި ، މިގޮތުން ރިކްއެސްޓް ފޮނުވާ ފަރާތަކީ ގޯތިލިބޭ ފޯމުގެ ލީޑިންގ އެޕްލިކަންޓާ ބިންވެރިޔާ އުސޫލުގެ ޖޮއިންޓް ވުމުގެ ޝަރުތުހަމަވާ ފަރާތަކަށް ވާންޖެހޭނެ" ބިންވެރިޔާ ކޮމިޓީގެ ޗެއާކަންވެސް ކުރައްވާ އަކްރަމް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23،088 މީހުންގެ ފަރާތުން، 15،164 އެޕްލިކޭޝަން ހުށައަޅާފައިވެ އެވެ. ވަކިން ހުށަހެޅި މީހުންނާއި ޖޮއިންޓް ފޯމު ހުށަހެޅި މީހުންނާއެކު ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10،314 މީހުން ހިމެނެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19،857 މީހުން ހުށައެޅި، 12،794 ފޯމު ވަނީ ޝަރުތުހަމަވެފަ އެވެ.

ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ޖުލައިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައިފަ އެވެ. ދާއިމީ ލިސްޓު އިއުލާނު ކުރާނީ ޝަކުވާތައް ބެލުމަށްފަހު އެވެ.

ހުޅުމާލެއިން ދޭ ބިންތައް މިހާރު ސާފުކޮށްފައިވާއިރު، ގޯތި ދިނުމަށް ހަމަޖެހިފައިވާ ގުޅީފަޅު ހިއްކުމުގެ މަޝްރޫއު މިހާރު ދަނީ ކުރިއަށެވެ. އަދި, ގިރާވަރު ފަޅު ހިއްކުމަށް ވަނީ ޕްލޭންކުރެވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox