މަނާ ބޭހާއި ޑްރަގާއެކު ހަ ބިދޭސީއަކު އަތުލައިގެންފި

މީގެ ކުރިން ފުލުހުން ޑްރަގް އަތުލައިގަތް އޮޕަރޭޝަނެއްގެ ތެރެއިން؛ ގިނަ އަދަދެއްގެ ޑްރަގާއެކު ހަތް ބިދޭސީއަކު ހައްޔަރުކޮށްފި - ފޮޓޯ: ޕޮލިސް

މީގެ ކުރިން ފުލުހުން ޑްރަގް އަތުލައިގަތް އޮޕަރޭޝަނެއްގެ ތެރެއިން؛ ގިނަ އަދަދެއްގެ ޑްރަގާއެކު ހަތް ބިދޭސީއަކު ހައްޔަރުކޮށްފި - ފޮޓޯ: ޕޮލިސް

މާލޭގެ ގެއަކުންނާއި، ބަނދަރުކޮށްފައިވާ ދޯންޏަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ރާއްޖެއަށް އެތެރެކުރުން މަނާ ބޭސްތަކެއް ހޯދައި ހަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓަށް އިއްޔެ އެ ހަ ބިދޭސީން ވެސް ހާޒިރުކޮށްފައިވެ އެވެ. ބަންދުގައި ބަހައްޓައިގެން ތަހުގީގު ގެންދިޔުމުގެ ބޭނުމުގައި ފުލުހުން އެދިގެން، އެ ހަ ބިދޭސީންގެ ބަންދަށް ވެސް 15 ދުވަސް ކޯޓުން ޖަހައިދީފައިވެ އެވެ.

ކޯޓުން ނެރެފައިވާ ބަންދު އަމުރުތަކުގައި ބުނެފައިވާ ގޮތުން، ފުލުހުން ބަލައި ފާސްކޮށްފައި ވަނީ މާލޭގެ ގެއަކާއި ދޯންޏެކެވެ. އެއީ މއ. ވަށްފަރު ކިޔާ ގެއަކާއި ދުވެލިދޯނި ކިޔާ ދޯންޏެކެވެ.

މި ތަންތަނުން، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި، މަސްތުވާން ބޭނުންކުރާ ކަމަށް ބެލެވޭ ބޭސް ގުޅަތަކެއް ފެނިފައިވާ ކަމަށް ކޯޓު އަމުރުތަކުގައި ބުނެފައިވެ އެވެ.

ހައްޔަރުކުރި މީހުން؛

  1. މުންނާ، ބަންގްލަދޭޝް (28 އ) - މއ. ވަށްފަރު
  2. މުހައްމަދު ޔޫސުފް، ބަންގްލަދޭޝް (28 އ) - މއ. ވަށްފަރު
  3. ނަޒަމް އުއްދިން، ބަންގްލަދޭޝް (38 އ) - މ. ވަށްފަރު
  4. އިގްބާލް ހޮސައިން، ބަންގްލަދޭޝް (31 އ) - މއ. ވަށްފަރު
  5. މުހައްމަދު ހުސައިން، ބަންގްލަދޭޝް (41 އ) - މއ. ވަށްފަރު
  6. ޝޮރީފް، ބަންގްލަދޭޝް (29 އ) - ދުވެލިދޯނި

ހައްޔަރު ކުރި ހަ ބިދޭސީންނަކީ ވެސް އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖެ އެތެރެވެގެން އުޅޭ ބިދޭސީން ކަމަށް ވެސް ކޯޓު އަމުރުތަކުގައި ބުނެފައިވެ އެވެ. އަދި, އެ މީހުން ބަންދުގައި ބެހެއްޓުމަށް ކޯޓު އަމުރު ދިން ސަބަބަކީ، ތަހުގީގަށާއި ޝަރީއަތަށް ފިލައިގެން ދިޔުމުގެ ފުރުސަތު އޮވެގެން ކަމަށް ވެސް އޭގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox