އާ ޓީމުތަކާ އެކު ކްލަބް މޯލްޑިވްސް ކަޕް ފަށަން ތައްޔާރު

Jul 7, 2023, 12:01 PM
ޓީވީއެމް ހޯލުގައި ރޭ ބޭއްވި ކްލަބް މޯލްޑިވްސް ގުރުއަތުލުމުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޓީވީއެމް ހޯލުގައި ރޭ ބޭއްވި ކްލަބް މޯލްޑިވްސް ގުރުއަތުލުމުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގައި ބާއްވާ އެންމެ ޒަމާންވީ ފޯރިގަދަ، ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ގުރުއަތުލުން ބާއްވައިފި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ މެޗުތައް ފެށުމަށް ހަމަޖެހިފަިއވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

މި އަހަރު ކްލަބް މޯލްޑިވްސްގެ ފިރިހެން ޑިވިޝަން ދެ މުބާރާތަކާއި އަންހެން ބައިކަމަށްވާ 18/30 ގައި ދެ މުބާރާތެއް ބާއްވާނެ އެވެ. އެއީ ކްލަބް މޯލްޑިވްސް ކަޕާއި ކްލަބް މޯލްޑިވްސް ކަޕް ކްލަސިކް، އަދި 18/30 ފިއެސްޓާ އާއި 18/30 ކްލަސިކް އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ކުލަބު މޯލްޑިވްސް މުބާރާތަށް ބަލާއިރު އެންމެ ފަހުގެ ޗެމްޕިއަން ފެނަކަ ލައްވާލީ ކްލަބް އެވްސެކް، މީޑިއާނެޓު އަދި ކްރޮސްރޯޑާ އެކު ގްރޫޕް ޖީގަ އެވެ. އެންމެ ފަހުގެ ރަނަރަޕް އެމްޕީއެލް، ޓީމް އެލައިޑް، ކްލަބް ޓީޓީއެސް އަދި ގޭސް ކުލަބު ލައްވާލީ ގްރޫޕް ސީގަ އެވެ.

ޓީވީއެމް ހޯލުގައި ރޭ ބޭއްވި ކްލަބް މޯލްޑިވްސް ގުރުއަތުލުމުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެންމެ ވާދަވެރިވާނެކަމަށް ބެލެވެނީ ގްރޫޕް ޑީ އާއި ގްރޫޕް އީ އެވެ. މިގޮތުން ގްރޫޕް ޑީގައި ހިމެނެނީ ކްލަބް އާބަންކޯ، އެމްއޭސީއެލް، ކުލަބު އިމިގްރޭޝަން އަދި ޕޮލިސް ކުލަބެވެ. ގްރޫޕް އީގައި ހިމެނެނީ އެސްޓީއޯ، ކުލަބު އެއާޕޯޓްސް، ޔުނައިޓެޑް ބީއެމްއެލް އަދި ޓްރީޓޮޕް ހޮސްޕިޓަލެވެ.

ގްރޫޕް އޭގައި ހިމެނެނީ ސްޓެލްކޯ، މޯލްޑިވިއަން، ޓީމް އެމްޓީސީސީ އަދި ބަރޮސް މޯލްޑިވްސް އެވެ. ގްރޫޕް ބީގައި ވެމްކޯ، ޓީމް އެފްއެސްއެމް، ކުލަބު އާރްއޯއެލް އަދި އުރީދޫ ހިމެނޭ އިރު، ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު ފެން، ކުލަބު އާސަންދަ އަދި ޕްރިޒަން ކުލަބު ހިމެނޭ ގްރޫޕް އެފް ގަ އެވެ.

މުބާރާތުގެ ކުރީގެ ޗެމްޕިއަނެއްކަމަށްވާ އާރްއާރްސީ އާއި ކަސްޓަމްސް، ޓީއެމްއޭ އަދި އީއާރުއެފްސީ ހިމެނެނީ ގްރޫޕް އެޗްގަ އެވެ.

ކުލަބު މޯލްޑިވްސްގެ ދެވަނަ ބުރުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމަށެވެ.

ކުލަބު މޯލްޑިވްސް ކްލެސިކް ބައިގައިވެސް 24 ޓީމަކުން ބައިވެރިވެފައިވާއިރު، ޓްރޭޑް ކުލަބު، އެންޓި-ކޮރަޕްޝަން ކޮމިޝަން، ޔޫތު މިނިސްޓްރީ އަދި ޓީމް ޕެމާ ލައްވާލީ ގްރޫޕް އޭގަ އެވެ. ގްރޫޕް ބީގައި ހުޅުމާލެ ހޮސްޕިޓަލް، އެޗްޕީއެސްއެން، ޕީއެސްއެމް އަދި ހޯމް އެފެއާޒް ހިމެނޭއިރު، ޓީމް ޑީޖީއޭ، ޓީއާރުސީ ޓްރާންސްޕޯޓްް، ތައުލީމީ ގުޅުން އަދި އައިޖީއެމްއެޗް ކުލަބު ހިމެނެނީ ގްރޫޕް ސީގަ އެވެ.

ގްރޫޕް ޑީގައި ހިމެނެނީ ރައީސް އޮފީސް، ޓީމް ބަދަހި، ކްލަބް 220 އަދި މީޓިއޮރޮލޮޖީ އެވެ. ގްރޫޕް އީގައި އޭޖީ ރެކްރިއޭޝަން ކުލަބު، ހާރިޖީ، ހަޔާ އެޑިއުކޭޝަން އަދި އެޗްއާރުސީ ހިމެނޭއިރު، ގްރޫޕް އެފްގައި ހިމެނެނީ ފެހި ފަހި ކުލަބު، އެމްއެމްއޭ، މީރާ އަދި އުމްރާނީ ކުލަބު އެވެ.

ކުލަބު މޯލްޑިވްސް ކްލަސިކް ބައިގެ ދެވަނަ ބުރުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމާއި، ތިން ވަނައަށްދާ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމެކެވެ.

އަންހެން ޑިވިޝަންގެ 18/30 ފިއެސްޓާގައި ވާދަކުރަނީ ހަތަރު ކުލަބަކުންނެވެ. އެއީ ދިވެހި ސިފައިންގެ ކުލަނު، އެމްޕީއެލް، ފެނަކަ އަދި ޕޮލިސް ކުލަބެވެ. މި އިވެންޓުގެ ފައިނަލުން ފުރުސަތު ލިބޭނީ ލީގު އުސޫލުން ހަތަރު ޓީމް ކުޅެ ކުރި ހޯދާ ދެ ޓީމަކަށެވެ.

ޓީވީއެމް ހޯލުގައި ރޭ ބޭއްވި ކްލަބް މޯލްޑިވްސް ގުރުއަތުލުމުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަންހެން ޑިވިޝަންގެ 18/30 ކްލަސިކް ބައިގައި އަށް ޓީމަކުން ވާދަކުރާއިރު، ޓީމްތައް ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ. މިގޮތުން ގްރޫޕް އޭގައި ހިމެނެނީ އައިޖީއެމްއެޗް ކުލަބު، އެމްޕީއެލް، ވެމްކޯ އަދި އެމްއޭސީއެލް އެވެ. ގްރޫޕް ބީގައި ހިމެނެނީ ހުޅުމާލެ ހޮސްޕިޓަލް، ޕްރިޒަން ކުލަބު، މީރާ އަދި ޔޫތު މިނިސްޓްރީ އެވެ.

މި ބައިގެ ސެމީ ފައިނަލުން ފުރުސަތު ލިބޭނީ ދެ ގްރޫޕުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަކަށެވެ.

ކްލަބް މޯލްޑިވްސް ކަޕަކީ 2006 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބާއްވަމުން އަންނަ މުބާރާތެވެ. ކޮވިޑް-19ގެ ސަބަބުން އެކި ކަންކަމަށް އައި މެދުކެނޑުމާ ހެދި 2020 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ނުބޭއްވުނެވެ. އެކަމަކު، ފާއިތުވި ދެ އަހަރު އެ މުބާރާތް ވަނީ ކާމިޔާބުކަމާ އެކު ބާއްވައިފަ އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ މި ފަހަރުގެ މުބާރާތުގައި ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި މައިލޯ، ބްރޭންޑް ޗޮއިސް މޯލްޑިވްސްގެ ސިންގާ އަދި އާބަންކޯ ހިމެނެ އެވެ. ކަވަރޭޖް ޕާޓްނަރެއްގެ ގޮތުގައި މެޗުތައް ވަގުތުން ގެނެސްދޭނީ މީޑިއާނެޓްގެ އައިސް ޗެނަލްތަކުންނެވެ. އެހެން ސްޕޮންސަރުން/ޕާޓްނަރުންނަށް ބަލާއިރު، ޑިޖިޓަލް ޕާޓްނަރު ދިރާގު، އޮފިޝަލް އެޓަޔާގެ ގޮތުގައި ޗެމްބާސް، ޓެކްނޮލޮޖީ ޕާޓްނަރުންގެ ގޮތުގައި ސިމްޑީ ޓެކް، އެނާޖީ ޕާޓްނަރަކަށް ސްޓެލްކޯ، އެސޯސިއޭޓް ޕާޓްނަރަކަށް މަކިޓާ، ލޮޖިސްޓިކް ޕާޓްނަރު އާރްޑީސީ، އޮފިޝަލް ފޮޓޯގްރާފާ އިމޭޖަސް.އެމްވީ، ޕަބްލިސިޓީ ޕާޓްނަރު އެއްކާފު، ލައިޓް އެންޑް ސައުންޑް ޓެކް ވޭވްސް، ޕްރިންޓް ޕާޓްނަރު ދި ޕްރިންޓް އަދި ފަސްޓް އެއިޑް ޕާޓްނަރު ހުޅުމާލެ ހޮސްޕިޓަލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox