އޯޝަންގޭޓްގެ އޮޕަރޭޝަންތައް މުއްދަތެއް ނެތް ގޮތަށް ހުއްޓާލައިފި

Jul 7, 2023, 12:45 AM
ޑައިވްކުރަނިކޮށް ގޮވި ޓައިޓަން ސަބްމެރިން

ޑައިވްކުރަނިކޮށް ގޮވި ޓައިޓަން ސަބްމެރިން

މީގެ ގަރުނެއް ކުރިން ކަނޑު އަޑިއަށް ފެތިފައިވާ ޓައިޓޭނިކް ބަލަން ފީނި ސަބްމެރިން ގޮވުމުގެ ސަބަބުން އޭގެން ދަތުރުކުރި އެންމެން މަރުވި ހާދިސާއަށް ފަހު، އެ ކުންފުނީގެ ހުރިހާ އޮޕަރޭޝަނެއް ޖުލައި ހަ ވަނަ ދުވަހުން ފެށިގެން ހުއްޓާލައިފި އެވެ.

އެމެރިކާގެ އޯޝަންގޭޓު ކުންފުނީގެ "ޓައިޓަން" ސަބްމެރިން ޑައިވްކުރަނިކޮށް ގެއްލުނީ ޖޫން 18 ވަނަ ދުވަހު އެވެ.

އެ ދަތުރުގައި އިނގިރޭސި ވިލާތުގެ އެކްސްޕްލޯރާ ހަމިޝް ހާޑިން އާއި ފްރާންސްގެ ސަބްމެރިން އެކްސްޕާޓް ޕޯލް ހެންރީގެ އިތުރުން ޕާކިސްތާނަށް ނިސްބަތްވާ އިނގިރޭސި ވިލާތުގެ ވިޔަފާރިވެރިޔާ ޝަހްޒާދާ ދާއޫދާއި އޭނާގެ ދަރިފުޅު ސުލައިމާން އަދި އޯޝަންގޭޓުގެ ސީއީއޯ ސްޓޮކްޓަން ރުޝް ހިމެނެ އެވެ. އެ އެންމެން ވެސް ވަނީ މަރުވެފަ އެވެ.

Advertisement

ހިތާމަވެރި އެ ހާދިސާ ހިނގިތާ ދެ ހަފުތާ ފަހުން އޯޝަންގޭޓުގެ ވެބްސައިޓްގައި ބުނެފައި ވަނީ އެ ކުންފުނީގެ "އެކްސްޕްލޮރޭޝަން އަދި ކޮމާޝަލް އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ" ކަމަށެވެ.

އިންގްލޭންޑުން ނިއުޔޯކަށް ކުރި ޓައިޓޭނިކްގެ ފުރަތަމަ ދަތުރުގައި 1912 ވަނަ އަހަރު ގަނޑުފެންގަނޑެއްގައި ޖެހި ބޯޓު އަޑިއަށް ދިޔުމުން 1500 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ޓައިޓޭނިކް އޮންނަނީ އެމެރިކާގެ މަސަޗޫސެޓްސްގެ ކޭޕް ކޮޑްގެ އިރުން 900 މޭލު ދުރުން އެޓްލާންޓިކް ކަނޑު އަޑީގަ އެވެ. އެ ބޯޓު ބަލާލަން ދިޔުމަކީ ގިނަ ބަޔަކު ޝައުގުވެރިވާ ކަމެކެވެ.

އޯޝަންގޭޓް ކުންފުނިން ޓައިޓޭނިކް ބަލަން ދާން މީހެއްގެ އަތުން 250،000 ޑޮލަރު ނަގަ އެވެ.

.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox