މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑައިބްލިއުއެސްސީ) އިން ފެން ބިލުގެ ޖޫރިމަނާ މައާފުކުރުމުގެ އިތުރު ޕްރޮގްރާމެއް ފަށައިފި އެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު 31, ގެ ނިޔަލަށެވެ.
މީގެ ދަށުން ޖޫރިމަނާ މައާފު ކޮށްދޭނީ ފެން ބިލަށް ނުވަތަ ބިލްތަކަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ އެއްފަހަރާ ދައްކައި ހަލާސް ކުރުމަށް ފަހު ޖޫރިމަނާ މައާފު ކޮށްދިނުމަށް އެދި އެކަން ލިޔުމަކުން ނުވަތަ އީމެއިލް އަކުން ހުށަހެޅުމުންނެވެ.
އެމްޑަބްލިއުއެސްސީއިން ވަނީ މި ފުރުސަތުގެ ބޭނުން ހިފައި ނުދައްކައި ހުރި ފެން ބިލުތައް ހަލާސް ކުރުމަށް ކަސްޓަމަރުންގެ ކިބައިން އެދިފަ އެވެ. އަދި, އެ ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ހުރިހާ ކަސްޓަމަރުން ވެސް ފެން ބިލަށް މަހުން މަހަށް ފައިސާ ދެއްކުމަށް އެމްޑަބްލިއުއެސްސީއިން އެދެ އެވެ.
ޖޫރިމަނާ މައާފުކުރުމުގެ ޕްރޮގްރާމާއި ގުޅޭ އިތުރު މައުލޫމާތު އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ނަމްބަރު، 105 އަށް ގުޅައިގެން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުއްވައިގެން ލިބޭނެ އެވެ. އަދި, އެ ކުންފުނީގެ މެއިލްއަށް މެއިލްކޮށްލުމުން ވެސް މައުލޫމާތު ލިބޭނެ އެވެ.










