އާދީއްތަ ދުވަހުގެ ރޭ ވައިޓް ހައުސްއިން ކޮކެއިން ފެނިގެން އެމެރިކާގެ ސިއްރު ފުލުހުން ތަހުގީގެއް ފަށައިފި އެވެ.
ކޮކެއިން ފެނުނީ އޯވަލް އޮފީސް އަދި ރައީސްގެ މުވައްޒަަފުންގެ އޮފީސްތައް ހުންނަ ވެސްޓް ވިންގުންނެވެ. އެ ތަކެތި ފެނުމާ އެކު މީހުން އިވެކުއޭޓް ކުރި އެވެ.
ސިއްރު ފުލުހުންގެ އޭޖެންޓުންނަށް އެ ތަކެތި ފެނުނީ ރޫޓީން އިންސްޕެކްޝަނެއްގެ ތެރެއިންނެވެ. އެއީ ޓުއާ ގްރޫޕްތަކަށް އެކްސެސްވެވޭ ހިސާބެކެވެ.
އެކަން ހިނގި އިރު ރައީސް ޖޯ ބައިޑެން އަދި އާއިލާގެ ބޭފުޅުން ތިއްބެވީ މޭރީލޭންޑްގައި ހުންނަ ކޭމްޕް ޑޭވިޑްގަ އެވެ.
ވައިޓް ހައުސްގެ ތެރެއަށް މަސްތުވާ އެއްޗެއް އެތެރެވި ގޮތް ބެލުމަށް ހިންގާ ތަހުގީގުގައި ކެމެރާ ފުޓޭޖާއި އެންޓްރެންސް ލޮގުތައް ބަލާނެ އެވެ.










