މަމްދޫހު ހައްޔަރުކުރަން ކޯޓުން އަނެއްކާ ވެސް އަމުރެއް ދީފި

މަމްދޫހު ހައްޔަރުކުރަން ކޯޓުން އަނެއްކާ ވެސް އަމުރެއް ދީފި

ހަމްބޯ ކޮރެއާއިން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކޭޕާކް ރެސިޑެންސް ވިއްކުމުގެ ތެރެއިން މަކަރު ހަދައި އޮޅުވާލި މައްސަލާގައި ތުހުމަތުކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެދީފި އެވެ.

ކްރިމިނަލް ކޯޓުން ކުރިން އޮތީ، ފުލުހުން އެދިގެން މަމްދޫހުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެދީފަ އެވެ. އެ އަމުރު މުރާޖައާ ކޮށްދިނުމަށް އެދި މަމްދޫހުގެ ފަރާތުން އެދުނީ، ރާއްޖޭން ބޭރުގައި ހުރި އޭނާގެ އާއިލާއާ ބައްދަލުކޮށް އާއިލާގެ ބައެއް ޒަރޫރީ ކަންކަން ހަމަޖައްސަން އޮތުމުން ކަމަށް ބުނެ އެވެ.

އިއްޔެ ކްރިމިނަލް ކޯޓުން 45 ދުވަހުގެ މުއްދަތަކަށް މަމްދޫހުގެ ޕާސްޕޯޓު ދޫކޮށްލާ ގޮތަށް އަމުރު ނެރެދިން އިރު، އެނގިފައިވާ ގޮތުގައި މަމްދޫހު ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން ވަނީ އިއްޔެ ކޯޓުގައި އެދިފަ އެވެ. އަދި ކޯޓުން ވަނީ އޭނާ ހައްޔަރުކުރުމުގެ އަމުރު ވެސް ނެރެދީފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ވެސް ވިދާޅުވީ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި ވަރަށް އަވަހަށް އިސްތިއުނާފު ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ހަގީގަތުގައި ވަރަށް ކަންބޮޑުވުން އެބަ އޮތް އެ ގޮތަށް ކްރިމިނަލް ކޯޓުން ނިންމީތީ، 48 ގަޑިއިރުގެ މުއްދަތެއް އެބަ ލިބޭ އަޅުގަނޑުމެންނަށް އިސްތިއުނާފުކުރަން، މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި އަޅުގަނޑުމެން ހައި ކޯޓަށް އިސްތިއުނާފު ހުށަހަޅާނަން،" ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވެސް އިތުރަށް ވިދާޅުވީ، ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުގެ ކުރިން ވެސް އޭނާގެ ޕާސްޕޯޓު ހިފެހެއްޓޭނެ ގާނޫނީ އެެހެން ގޮތްތައް ވެސް ޕީޖީ އޮފީހުން ބަލަމުން އަންނަ ކަމަށެވެ.

ކޭޕާކު ޕްރޮޖެކްޓުގެ މަސައްކަތް ކުރަނީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފެއްދި ހަންބޯ މޯލްޑިވްސްއިންނެވެ. އެ ކުންފުނީގެ 95 ޕަސެންޓު ހިއްސާ އޮންނަނީ ޗައިނާ ރައްޔިތެއް ކަމަށްވާ ޖިން ޝީ ހޫގެ އަތުގަ އެވެ. މަމްދޫހުގެ އޮންނަނީ ކުންފުނީގެ ފަސް ޕަސެންޓު ހިއްސާ އެވެ.

ހަންބޯ ކޮރެއާ އިން ނެރުނު ބަޔާނުގައި ފުލެޓުތައް ގަނެވިއްކުމުގެ އެއްބަސްވުމުގައި މަމްދޫހު ސޮއިކޮށްފައި ވަނީ، މައި ހިއްސާދާރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން މަމްދޫހުގެ ވިޔަފާރި ޕާޓްނަރު ޖައިޝަން ސައީދަށް ދިން ކަމަށް ބުނާ ގަރާރެއް ބޭނުންކޮށްގެން ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ރައްދުގައި މަމްދޫހު ވެސް ބަޔާނެއް ނެރުނެވެ. އޭގައި މައި ހިއްސާދާރަށް އެތައް ތުހުމަތެއް އޭނާ ކޮށްފައިވެ އެވެ. މަޝްރޫއު ހިންގާފައިވަނީ މީހުން އަތުން ނެގި ފައިސާއިން ކަމަށާއި، މަކަރާއި ހިލާތް ހެދީ މައި ހިއްސާދާރު ކަމަށެވެ. ނަމަވެސް ސޮއި ފޯޖުކުރުމުގެ ތުހުމަތަށް މަމްދޫހުގެ ބަޔާނުގައި ޖަވާބުދީފައެއްނުވެ އެވެ.

ކޯޓު އަމުރަކާއެކު އިމިގްރޭޝަނުން މަމްދޫހުގެ ޕާސްޕޯޓު ހިފަހައްޓައި، މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވަނީ ހަންބޯ ކޮރެއާގެ ބަޔާނަށް ފަހުގައި އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އާބަންކޯއިން ފުލުހުގައި އެދުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox