ހުލާސާކޮށް އިއްޔެ: ދިގު އިންތިޒާރަށް ނިމުން އައިސް، މާލޭ ރައްޔިތުންނަށް ގޯތި

Jun 27, 2023, 1:27 AM
މާލޭ ރައްޔިތުންނަށް ގޯތި ކަނޑައި ދިނުމަށްޓަކައި ހުޅުމާލޭގެ ފަޅުން ބައެއް ވެސް ހިއްކުމަށް ވަނީ ނިންމާފައި. -- ފޮޓޯ: އަދަދު

މާލޭ ރައްޔިތުންނަށް ގޯތި ކަނޑައި ދިނުމަށްޓަކައި ހުޅުމާލޭގެ ފަޅުން ބައެއް ވެސް ހިއްކުމަށް ވަނީ ނިންމާފައި. -- ފޮޓޯ: އަދަދު

ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ 5000 ގޯތި ލިބޭ މީހުންގެ ލިސްޓު އިއްޔެ އާންމުކޮށްފި އެވެ.

ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދިނުމަށެވެ.

އެ 5000 ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު ގެޒެޓުގައި ޝާއިއުކުރީ އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ޕްލޭނިން މިނިސްޓްރީއިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އެވެ. ލިސްޓު އާންމު ކުރުމާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ގެޒެޓަށް ވަންނަން އުޅުމުން ވެބްސައިޓު ޑައުން ވެސް ވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23،088 މީހުންގެ ފަރާތުން، 15،164 އެޕްލިކޭޝަން ހުށައަޅާފައިވެ އެވެ. ވަކިން ހުށަހެޅި މީހުންނާއި ޖޮއިންޓް ފޯމު ހުށަހެޅި މީހުންނާއެކު ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10،314 މީހުން ހިމެނެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19،857 މީހުން ހުށައެޅި، 12،794 ފޯމު ވަނީ ޝަރުތުހަމަވެފަ އެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވި ގޮތުގައި، ސަރުކާރުން ނިންމާފައި ވަނީ ޝަރުތު ހަމަވި އެންމެންނަކީ ވެސް ގޯތި ލިބެން ޖެހޭ ބައެއްގެ ގޮތުގައި ބަލައިގެން ކުރިއަށްދާން ކަމަށެވެ. އަދި މުސްތަގުބަލުގައި އެ ލިސްޓަށް ބަލައިގެން ޝަރުތުހަމަވީ މީހުންނަށް ގޯތި ދިނުމުުގެ ވިސްނުން ގެންގުޅޭކަން ހާމަކުރެއްވި އެވެ.

ޝަރުތު ހަމަވާ މީހުންގެ ތެރެއިން ވަކިން ފޯމް ހުށަހެޅި މީހުންނަށް އާއިލާގެ އެހެން މީހުންނާ ގުޅިގެން ޖޮއިންޓްކޮށް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި، މިފަހަރު ގޯތި ނުލިބޭ މީހުންނަށް އެ މީހުންނަށް ގޯތި ނުލިބޭ ސަބަބު ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ބެލޭނެ ގޮތް ވަނީ ހަދައިފަ އެވެ.

ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ޖުލައިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައިފަ އެވެ. ދާއިމީ ލިސްޓު އިއުލާނު ކުރާނީ ޝަކުވާތައް ބެލުމަށްފަހު އެވެ.

ހުޅުމާލެއިން ދޭ ބިންތައް މިހާރު ސާފުކޮށްފައިވާއިރު، ގޯތި ދިނުމަށް ހަމަޖެހިފައިވާ ގުޅީފަޅު ހިއްކުމުގެ މަޝްރޫއު މިހާރު ދަނީ ކުރިއަށެވެ. އަދި, ގިރާވަރު ފަޅު ހިއްކުމަށް ވަނީ ޕްލޭންކުރެވިފަ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން އަޅާ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ވެސް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް މިއަދު އަސްލަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓު ވެސް އޮތީ އާންމު ކުރުމާ ހިސާބުގަ އެވެ. އަދި މި އަހަރުގެ ތެރޭގައި އޭގެ ތެރެއިން ގިނަ ފްލެޓުތަކަށް މީހުންނަށް ވަދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ގޯތި ހޯދުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ކޮލިފައިވީ ހުރިހާ ފަރާތްތަކަކީ ވެސް ގޯތި ލިބެން ޖެހޭ ބައެއް ކަމަށް ބަލައިގެން ކުރިއަށް ދިއުމަށް ސަރުކާރުން ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ވެސް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

ލިސްޓު އޮންނާނީ ލައިވް ލިސްޓެއްގެ ގޮތުގައި. ސަރުކާރުގެ ސިޔާސަތެއް އެބަ އޮތް މި ލިސްޓް ލައިވްކޮށް ބާއްވައިގެން ބާކީ ތިބި ފަރާތްތަކަށް އެކަން ހަމަޖެއްސުމަށް ކަންކަން ތަރުތީބު ކުރާނެ ގޮތް ވެސް،"

ދުވަހުގެ ފޮޓޯ

ދަ ޑިމޮކްރެޓްސް، ޕީޕީއެމް އޮފީހަށް ގޮސް އެ ޕާޓީއާއެކު މަޝްވަރާ ކުރަނީ. ދަ ޑިމޮކްރެޓްސްގައި ހިމެނޭ އިސް ފަރާތްތަކަކީ މީގެ ކުރިން ޕީޕީއެމް އާއި އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅުން. -- ފޮޓޯ: ޕީޕީއެމް
ދަ ޑިމޮކްރެޓްސް، ޕީޕީއެމް އޮފީހަށް ގޮސް އެ ޕާޓީއާއެކު މަޝްވަރާ ކުރަނީ. ދަ ޑިމޮކްރެޓްސްގައި ހިމެނޭ އިސް ފަރާތްތަކަކީ މީގެ ކުރިން ޕީޕީއެމް އާއި އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅުން. -- ފޮޓޯ: ޕީޕީއެމް

ދަ ޑިމޮކްރެޓްސް، ޕީޕީއެމް އޮފީހަށް ގޮސް އެ ޕާޓީއާއެކު މަޝްވަރާ ކުރަނީ. ދަ ޑިމޮކްރެޓްސްގައި ހިމެނޭ އިސް ފަރާތްތަކަކީ މީގެ ކުރިން ޕީޕީއެމް އާއި އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅުން. -- ފޮޓޯ: ޕީޕީއެމް

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox