ޑިމޮކްރެޓުން 'އިންޑިއާ އައުޓް' ހަރަކާތަށް ވެސް ދޫދޭނެ، ޔާމީނު މިނިވަން ކުރަން ވެސް މަސައްކަތް ކުރާނެ

އަލަށް އުފައްދާ ދި ޑިމޮކްރެޓްސްގެ އިސް ބޭފުޅުން، ޕީޕީއެމް/ޕީއެންސީގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވަނީ. ފޮޓޯ:ޕީޕީއެމް

އަލަށް އުފައްދާ ދި ޑިމޮކްރެޓްސްގެ އިސް ބޭފުޅުން، ޕީޕީއެމް/ޕީއެންސީގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވަނީ. ފޮޓޯ:ޕީޕީއެމް

އިދިކޮޅު ޕީޕީއެމް/ޕީއެންސީއާއި އަލަށް އުފައްދާ ދަ ޑިމޮކްރެޓްސްއާ ދެމެދު އެންމެ ބޮޑު ހިޔާލުތަފާތުވުމެއް މީގހެ ކުރިން އޮތް ކަންތައް ކަމަށްވާ "އިންޑިއާ އައުޓް" ހަރަކާތް މުޅިން ހުއްޓައި ނުލިޔަސް ދެބައިމީހުން ގުޅިގެން މަަސައްކަތް ކުރެެވޭނެ ކަމަށް ޑިމޮކްރެޓުން މިއަދު ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ބޭއްވި ޖޮއިންޓް ޕްރެސް ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް، ޑިމޮކްރެޓްސްގެ ފަރާތުން ޖަވާބުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ކަންކަމުގައި ދޫދޭން ދެޕާޓީން ވެސް އެއްބަސްވާ ކަމަށެވެ.

"ސަރުކާރު ބަދަލުކުރަން ކުރަން ޖެހުނު ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނެ ހަމަ އެކުއެކީގައި. އެހެންވީމާ ކޮންމެ ކަމެއް ވެސް އެއީ ހަމަ ޕޮސިބަލް ކަންކަން އިނގޭތޯ،" އާޒިމް ވިދާޅުވި އެވެ.

އޭނާ މި ޖަވާބުދެއްވީ "ޕީޕީއެމުން ހިންގާ އިންޑިއާ އައުޓް ހަރަކާތް ފަދަ އެއްވެސް ހަރަކާތެއްގައި ޑިމޮކްރެެޓްސް ބައިވެރިވާތަން ފެނިގެން ހިނގައިދާނެތޯ؟" ނޫސްވެރިއަކު ސުވާލުކުރުމުންނެވެ.

އާޒިމް ވިދާޅުވީ ޑިމޮކްރެޓްސްގެ ފިކުރާ އެއްގޮތަށް ޕީޕީއެމް/ޕީއެންސީ، އެއް ދުވަހުގެ ތެރޭގައި މުޅިން ބަދަލުވެގެން ނުދާނެ ކަމަށާއި އެކަންތަައްްތަކަށް ވަގުތު ނަގާނެ ކަމަށެވެ.

"އެހެންވީމާ އެކަންކަމާ ގަބޫލުވެސް ވާން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ޔާމީނު މިނިވަންކުރަން ގޮވާލައި ޕީޕީއެމް/ޕީއެންސީން ކުރާ މަސައްކަތުގައި ޑިމޮކްރެޓްސް ބައިވެރިވާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން އާޒިމް ވިދާޅުވީ އިންސާފުވެރި ޝަރީއަތެއް އޮތުމަކީ އަބަދުވެސް އެދޭކަމެއް ކަމަށް ޑިމޮކްރެޓްސް އަބަދުވެސް ބުނަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ކަންބޮޑުވާ ކަމަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު, އެތައް ބަޔަކަށް އޮތް އިރު ޔާމީން ގިނިކަންޏާ ޖަލަށް ލާފައި ވުމެވެ.

"ހަމަ އެކަނި އެއް ބޭފުޅަކަށް ހުކުމްކޮށް، ޖަލަށް ލާފައި އިންނަ އިނުން، އެއީ އަޅުގަނޑު ހަމަ އަބަދުވެސް ކަންބޮޑުވާކަމެއް،" އާޒިމް ވިދާޅުވި އެވެ.

ޔާމީން މިނިވަން ކުރަން ގޮވާލައި ކުރާ މަސައްކަތުގައި ދަ ޑިމޮކްރެޓްސްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާތަން ފެނިގެން ދާނެތޯ ކުރި ސުވާލަށް އާޒިމް ސީދާ ޖަވާބެއް ނުދެއްވާތީ ނޫސްވެރިޔާ ސުވާލު ތަކުރާރުކުރުމުން އޭނާ ވިދާޅުވީ އެ ޕާޓީގެ ބައިވެރިވުން "ބޮޑުކޮށް ފެނިގެންދާނެ" ކަމަށެވެ.

މިއަދުގެ ބްރީފިން ގައި ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޕީޕީއެމުން ޑިމޮކްރެޓުންނާ އެކު މަސައްކަތް ކުރަނީ ރައީސް ޔާމީނުގެ އިރުޝާދާ އެކުގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox