އުފެއްދުމުގެ ހުއްދަ ހިފެހެއްޓި ކަމަށް ބުނެ ޑިމޮކްރެޓްސް ކޯޓަށް

ޑިމޮޮކްރެޓްސްގެ މުއައްސިސް ހަސަން ލަތީފް; އިލެކްޝަނާ ދެކޮޅަށް ޑިމޮކްރެޓުން ވަނީ މައްސަލަ ކޯޓަށް ހުށަހަޅާފައި -- ފޮޓޯ: މިރާން/ އަދަދު

ޑިމޮޮކްރެޓްސްގެ މުއައްސިސް ހަސަން ލަތީފް; އިލެކްޝަނާ ދެކޮޅަށް ޑިމޮކްރެޓުން ވަނީ މައްސަލަ ކޯޓަށް ހުށަހަޅާފައި -- ފޮޓޯ: މިރާން/ އަދަދު

ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހިފެހެއްޓި ކަމަށް ބުނެ އެ ޕާޓީން މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނާމެދު އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ މުއައްސިސް ހަސަން ލަތީފް ވިދާޅުވީ އެ ޕާޓީ އުފެއްދުމުގެ ހުއްދަ ނުދީ, އީސީން ހިފަހައްޓާފައިވާ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސް އުފައްދަން ބޭނުންވާ 3000 މެންބަރުންގެ ފޯމު ޖޫން 1، ވަނަ ދުވަހު އީސީއަށް ހުށަހެޅުމަށްފަހު އެ ފޯމުތައް ވެރިފައި ކުރުމުގެ ކަންކަން އީސީން ދެ ހަފްތާ ތެރޭގައި ނިންމާފައިވާ ކަމަށެވެ. ނަމަވެސް އުފެއްދުމުގެ ހުއްދަ ނުދީ ހިފަހައްޓާފައިވާ ކަމަށެވެ.

Advertisement

އޭނާ ވިދާޅުވީ, އުފެއްދުމުގެ ހުއްދަ ދިނުމަށް ގާނޫނުން އީސީއަށް ދޭ ތިން މަހަކީ އެއީ ފޯމުތައް ވެރިފައި ކުރުމަށް ދޭ މުއްދަތެއް ކަމަށެވެ. އެހެންކަމުން, އެ މަސައްކަތް ނިމުމުން, އިތުރަށް ޕާޓީ އުފެއްދުމުގެ ހުއްދަ ނުދީ ހިފެހެއްޓޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި އެ މައްސަލަ މިހާރު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް މިހެން ވިދާޅުވިއިރު, އީސީން ވަނީ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އަންނަ އާދިއްތަ ދުވަހު ދިނުމަށް ނިންމާފަ އެވެ. އެކަމާ ގުޅިގެން ހަސަން ލަތީފް ވިދާޅުވީ, ފޯނުން ގުޅާފައި, ޕާޓީ އުފެއްދުމުގެ ހުއްދަ ދޭނެ ކަން އެންގި ނަމަވެސް އީސީއަށް އިތުބާރު ނުކުރެވޭ ކަމަށެވެ. ސަބަބަކީ ބައްދަލުވުންތަކުގައި ދައްކާ ވާހަކަ އާއި ފޯނުން ގުޅައިގެން ދައްކާ ވާހަކަ ދިމާނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ހިފެހެއްޓި ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމުގައި ވަނީ, އެ ޕާޓީ އުފެއްދުމުގެ ހުއްދަ ލަސްނުކޮށް ދޭނެ ކަމަށް އީސީން އެންގުމަށްފަހު, އިތުރު ސަބަބަކާ ނުލާ ހުއްދަ ދިނުން ލަސްކުރަމުންދާ ކަމަށެވެ. އަދި އެއީ ޕާޓީ ރަޖިސްޓްރީވެގެން ދިއުން ލަސް ކުރުމުގެ ނިޔަތުގައި ކަމަށް ވެސް ޑިމޮކްރެޓްސް އިން ބުނެ އެވެ.

އީސީން ބުނާގޮތުން އަންނަ އާދިއްތަ ދުވަހު ހުއްދަ ދޭން ނިންމާފައި ވަނީ, އެއީ އީދު ޗުއްޓީއަށް ފަހު ޖެހޭ ފުރަތަމަ ރަސްމީ ދުވަހަށް ވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox