ސަރުކާރު ބޭރުކުރަން ޕީޕީއެމާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަނީ

ދަ ޑިމޮކްރެޓްސްއާއި ޕީޕީއެމުން އެކުގައި މަސައްކަތްކުރުމުގެ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންދަނީ -- ފޮޓޯ: އޯޝަން ޕަބްލިޝާސް

ދަ ޑިމޮކްރެޓްސްއާއި ޕީޕީއެމުން އެކުގައި މަސައްކަތްކުރުމުގެ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންދަނީ -- ފޮޓޯ: އޯޝަން ޕަބްލިޝާސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިމުމަކަށް ގެނައުމަށް ކުރަންޖެހޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމުގެ މަގްސަދުގައި އިދިކޮޅު ޕީޕީއެމް އާއި އުފެއްދުމުގެ މަރުހަލާގައި އޮތް ދި ޑިމޮކްރެޓްސްއިން ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެއް ފަށައިފި އެވެ.

ދެ ޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ދެ މަސް ދުވަހަށް ވެފައިވާއިރު, ސަރުކާރު ޖަވާބުދާރީ ކުރުމާއި ސަރުކާރު ނިމުމަކަށް ގެންނަން ދެ ޕާޓީން ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ވަރަށް އަވަހަށް ތަރުތީބު ކުރާނެ ކަމަށެވެ.

ސަރުކާރުގެ ވަކިވަކި ކަންކަމަށް އަލިއަޅުއްވާލައްވަމުން މެދު ހެންވެއިރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ރާއްޖޭގެ ދަރަނި ބޮޑުވުމާއި މިނިވަން މުއައްސަސާތައް ސަރުކާރުގައި "ތާށިވެފައި" ހުރި މައްސަލަތަކުގައި ދެ ޕާޓީން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އާޒިމް ވިދާޅުވީ ޑިމޮކްރެކްޓްސް އިން ގަބޫލުކުރާ ގޮތުގައި އިންސާފުވެރި އިންތިހާބެއް ބާއްވާ ނަމަ ހުރިހާ ސިޔާސީ ލީޑަރުންނަށް ވެސް އިންތިހާބުގައި ވާދަކުރެވެން ޖެހޭނެ އެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައެއްގައި ޖަލުގައި ހުންނެވި ރައީސް ޔާމީން ދޫކޮށްލަން ޖެހޭތޯ ސުވާލުކުރުމުން އާޒިމް ވިދާޅުވީ އެ ހިޔާނާތުގެ މައްސަލަތަކަކީ ކޮންބޮޑުވާ މައްސަލަތަކެއް ކަމަށެވެ. ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އާޒިމް ވަނީ އެ ސުވާލަށް ސީދާ ޖަވާބުދޭން ދެކޮޅު ހައްދަވާފަ އެވެ.

ޕީޕީއެމް އާއި ޑިމޮކްރެޓްސްއިން ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާއިރު, އެ ދެ ޕާޓީން ވެސް ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރެން ނިންމާފަ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ އެކުގައި މަސައްކަތް ކުރިއަށް ޕީޕީއެމްގެ މައިގަނޑު އަސާސްތައް ދޫކޮށްނުލައްވާނެ ކަމަށާއި މަސައްކަތް ކުރައްވާނީ އެއްބަސްވެވޭ ކަންކަމުގައި ކަމަށެވެ.

"އެކަކު އަނެކަކާ އިންނައިރު ވެސް ދެމީހުން އެއްބަސްވާން އެބަޖެހޭ ދެއްތޯ. ދެ ފަރާތުން އެއްބަސްވާ ކަންކަމާ އެކީގައި މިއުޅެނީ. އެހެންމަ އަޅުގަނޑުމެންނަށް ވެސް މަސައްކަތް ކުރެވޭ ކޮމަން ގްރައުންޑެއް މިހޯދަނީ," ޝިޔާމް ވިދާޅުވި އެވެ.

އެ ބައްދަލުވުންތަކުގައި ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އާޒިމްގެ އިތުރުން ގަލޮޅު އުތުރު ދާއިރަގެ މެމްބަރު އީވާ އަބްދުالله އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އަދި އެސްޓީއޯގެ ކުރީގެ ސީއީއޯ އަދި އެމްޑީ ހުސެއިން އަމްރެވެ.

އަދި ޕީޕީއެމްގެ ފަރާތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް, މަހިބަދޫ ދާއިރާގެ މެމްބަރު ހުސެއިން ތޯރިގް (ޓޮމް), ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ހުސެއިިން ޝަރީފް (މުންދު) އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox