ހަޔާއެޑިއުކޭޝަން ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން އެމްއާރުއެމްގެ ޒަބީހު ވަކިކޮށްފި

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ކުރިން ހުންނެވި އިސްމާއިލް ޒަބީހު : އޭނާ ވަނީ އެ މަގާމުން ވަކިކޮށްފަ -

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ކުރިން ހުންނެވި އިސްމާއިލް ޒަބީހު : އޭނާ ވަނީ އެ މަގާމުން ވަކިކޮށްފަ -

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި، އެމްއާރުއެމްގެ ސްލޮޓެއްގައި ހުންނެވި އިސްމާއިލް ޒަބީހު އެ މަގާމުން ވަކިކޮށްފި އެވެ.

މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އިސްވެ ހުންނަވާ ހިންގަވާ އެމްއާރުއެމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކަންކުރާނެގޮތް ނިންމާފައިނުވާއިރު، އެ ޕާޓީގެ ސްލޮޓުގައި ހުންނެވި ޒަބީހު ވަކިކުރިކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

ނަމަވެސް އޭނާ ވަކިކުރި ސަބަބެއް މިއުވާން ވިދާޅެއް ނުވެ އެވެ. މިކަމާ ގުޅިގެން ޒަބީހުގެ ބަހެއް ހޯދަން ކުރި މަސައްކަތުން މިހާތަނަށް ބަހެއް ލިބިފައެއް ނުވެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް މިހާރު ކޯލިޝަނުގައި ތިބި ޖޭޕީ، އެމްއާރުއެމް އަދި އަދާލަތު ޕާޓީއަށް ރައީސް ސޯލިހު ވަނީ އެމްޑީޕީގެ ޓިކެޓު ލިބުމާއެކު ސިޓީފުޅެއް ފޮނުއްވާފަ އެވެ. އެ ސިޓީއަށް އިޖާބަދީ ކޯލިޝަން ހަދަން ނިންމީ އަދާލަތުން އެކަންޏެވެ.

ޖޭޕީން ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާ ޕާޓީގެ ޓިކެޓު، ލީޑަރު ގާސިމް އިބްރާހިމަށް އަރުވާފަ އެވެ. އެމްއާރުއެމުން ރަސްމީކޮށް ވަކިގޮތެއް ނުނިންމި ނަމަވެސް އެ ޕާޓީގެ ލީޑަޝިޕުން މިފަހުން ވަނީ ސަރުކާރަށާއި ރައީސް ސޯލިހުގެ އެކި ނިންމެވުންތަކަށް ފާޑުކިޔާފަ އެވެ.

ކޯލިޝަނާ ބެހޭގޮތުން ވާހަކަދައްކަވަމުން މާޗު މަހުގެ 21 ގައި ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ހަމައަށް އެކުގައި ސަރުކާރާ އެކު ނުތިބެވޭނަމަ ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެގްރީމެންޓެއް އެބައޮތް ދައުރު ނިމެންދެން އެކުގައި މަސައްކަތް ކުރުމަށް، އެއީ އަކުރުން އަކުރަށް މާނަކުރީމަ އޮތްގޮތް، އެހެން ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިއަށް ދާއިރު އަޅުގަނޑުމެންނަށް އެކީގަ ނުތިބެވޭ ކަމަށް ވަންޏާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއޮތީ އެ އެގްރީމެންޓު ނިމުމަކާ ހިސާބަށް ގެންނަން ޖެހިފައި."

ރައީސް ވިދާޅުވީ އޭގެ މާނައަކީ މިހާރު ކޯލިޝަނެއް ނެތުން ނޫން ކަމަށެވެ. ނަމަވެސް، އެއްބަސްވެވޭ އެއްބަސްވުމަކީ ތަންފީޒުކުރެވޭ އެއްޗަކަށް ވާންޖެހޭ ކަމަށާއި އެއްބަސްވުން ތަންފީޒުނުކުރެވޭ ކަމަށް ވަނީ ނަމަ އޭގެ ބޭނުމެއް ނޯންނާނެ ކަމަށްވެސް ރައީސް ވިދާޅުވި އެދުވަހު ވިދާޅުވި އެވެ.

މިހާތަނަށް ޖޭޕީ އަދި އެމްއާރުއެމްގެ ސްލޮޓުތަކުގައި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކޮށްފައި ނުވި ނަމަވެސް ޒަބީހު ވަކިކުރަން ނިންމި ނިންމުމާއެކު އެކަން ބަދަލުވާނެކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox