އުރީދޫގެ ހޯމް ބްރޯޑުބޭންޑުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފަ އެވެ.
އަންނަ ޖުލައި މަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަނުގެ މުއްދަތުގައި އާ ސުޕަނެޓު ކަނެކްޝަނެއް ނުވަތަ ފަސޭހަ ހޯމް ބްރޯޑުބޭންޑު ނުވަތަ ފަސޭހަ ޕްލަސްގެ އިތުރުން 5ޖީ އެއާފައިބަރު އެކްޓިވޭޓު ކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އައިފޯން 14 އެއް ދިނުމަށް އުރީދޫއިން ވަނީ ނިންމާފަ އެވެ.
އޭގެއިތުރުން ސުޕަނެޓު ޕްލޭން އަޕްގްރޭޑު ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވާ ނަސީބުވެރި ތިން ފަރާތަކަށް ވެސް ހާއްސަ އިނާމުތަކެއް ދިނުމަށް އުރީދޫއިން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ސެމްސަން ގެލެކްސީ ޒެޑް ފޯލްޑާއި ވާވޭ ވޮޗް ބަޑްސް އަދި ސެމްސަންގް ގެލެކްސީ ބަޑްސް 2 ގްރެފައިޓް - އެސްއެމް-އާރް177 ފަދަ އަގުހުރި އިނާމުތަކެއް ހިމެނޭނެ ކަމަށް އުރީދޫއިން ބުނެ އެވެ. ގުރުއަތު ނެގުން އޮންނާނީ އޯގަސްޓު މަހުގެ ތެރޭގަ އެވެ.
އެ ޕްރޮމޯޝަނުގެ އިތުރުން އުރީދޫއިން ވަނީ ކުރިއަށް އޮތް ބަންދަށް ހާއްސަކޮށް ޕޯސްޓުޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް 150ރ. އަށް 100 ޖީބީ ލިބޭ ޕެކޭޖެއް ވެސް ތައާރަފުކޮށްފަ އެވެ. އެ ޕެކޭޖަކީ ފަސް ދުވަހުގެ ޕެކޭޖެކެވެ.
އުރީދޫއިން ބުނީ އެ ޕެކާ އެކު އީދުގެ އުފަލުގައި ބައިވެރިވެ ޗުއްޓީތެރޭގައި ހުރިހާ ކަސްޓަމަރުންނަށް ވެސް މެދުނުކެނޑި ހައި ސްޕީޑު އިންޓަނެޓު ފަސޭހަކަމާ އެކު ލިބޭނެ ކަމަށެވެ. އެސްއެމްއެސް، ޔޫއެސްޑީ މެނޫގެ އިތުރުން އުރީދޫ އެޕު އަދި ކުއިކްޕޭ މެދުވެރިކޮށް ވެސް އެ ޕެކޭޖު އެކްޓިވޭޓު ކުރެވޭނެ އެވެ.
އެސްއެމްއެސް މެދުވެރިކޮށް ބޮޑު ޗުއްޓީ ޕެކޭޖު އެކްޓިވޭޓު ކުރުމަށް V150 ޖެހުމަށްފަހު އެސްއެމްއެސް ކުރާނީ 5555 އަށެވެ. ޔޫއެސްޑީ ެދުވެރިކޮށް އެކްޓިވޭޓު ކުރެވޭނީ #1*929* އަށް ގުޅައިގެންނެވެ.









