ހުއްދަ ނުދިނަސް ކެމްޕޭން ފަށައި ސިޔާސީ ހަރަކާތްތައް ހިންގާނަން: ޑިމޮކްރެޓްސް

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވާހަކަދައްކަވަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވާހަކަދައްކަވަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު

ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ނުދިނަސް ޕާޓީއެއްގެ ގޮތުގައި ވަރަށް އަވަހަށް ކެމްޕޭނު ފަށައި ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބާއްވަން އުޅުނު ބައްދަލުވުން ކޯރަމް ހަމަނުވުމުގެ ސަބަބުން ބާއްވާފައި ނުވެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފް ވިދާޅުވީ އެއްވެސް ސަބަބަކާ ނުލައި ޕާޓީ އުފެއްދުމުގެ ހުއްދަ ނުދީ އީސީއަށް ހިފެހެއްޓޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި, އެއީ ގާނޫނު އަސާސީގެ ރޫހާ ވެސް ހިލާފު ކަމެއް ކަމަށާއި ޕާޓީ ރެޖިސްޓާ ވަންދެން ސިޔާސީ ހަރަކާތް ނުހިންގާ މަޑުކޮށްގެން ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަން ކަމަކީ ވެސް ގާނޫނު އަސާސީން ލިބިދީފައި އޮންނަ ހައްގުތަކެއް، މާނައަކީ އަޅުގަނޑުމެންގެ ހަރުގެތައް ވެސް ހިނގަމުން ދާނެ، އެތަންތަނުގައި ބޭފުޅުން ވާހަކަފުޅު ވެސް ދައްކަވަމުން ގެންދާނެ، އަދި ކެމްޕޭނެއްގައި ކުރާނެ ހުރިހާ މަސައްކަތް، ހަރަކާތްތައް ބާރަށް އަޅުގަނޑުމެން ކުރަމުން ގެންދާނަން،" އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ އީސީގެ މަސްއޫލިއްޔަތަކީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ރެޖިސްޓަރީ ކުރުމަށް އެދުނީމާ އެ ރެޖިސްޓަރީ ކުރުމާ ގުޅޭގޮތުން ގެންގުޅޭ އިޖުރާއަތުތަކެއް ގެންގުޅުމާއި އެ އިޖުރާތު ހަމަވާ ނަމަ އެކަން ކޮށްދިނުން ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކެމްޕޭނު ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނޭންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކުލަޔަކާއި ނިޝާނާއި ލޯގޯއާއި އަޅުގަނޑުމެން ގެންގުޅެން ވެސް ފަށާނަން، އަޅުގަނޑުމެންގެ ނަން، ދަ ޑިމޮކްރެޓްސް، މި ނަން ވެސް އަޅުގަނޑުމެން ހަމަ ހުރިހާ ރަށެއްގައި ކިޔަމުން ވެސް ގެންދާނަން، ދެން މިހާރު ވެސް ލަަވަޔާ އެއްޗެހި އަޅުގަނޑުމެން ހަމަ ހަދަމުން އެބަ ގެންދަން އިނގޭތޯ، އެހެންވީމަ ކެމްޕޭނު އަޅުގަނޑުމެން ކުރަމުން ގެންދާނަން،" ޑިމޮކްރެޓްސްގެ ފަރާތުން ކެންޑިޑޭޓަކު ނެރޭނެ ވާހަކަ ތަކުރާރު ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން "އަދަދު" އިން ކުރި ސުވާލެއްގެ ޖަވާބުގައި ހަސަން ލަތީފް ވިދާޅުވީ ޕާޓީގެ ކެންޑިޑޭޓެއް ކަނޑައެޅޭނީ ޕާޓީ ރެޖިސްޓަރީވުމުން ކަމަށާއި އެކަން ކުރުމަށް ބޭނުންވާ ޕާޓީގެ އަސާސީ ގަވާއިދު ވެސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން ކެމްޕެއިން ކުރި ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރާނީ ވަކި ކެންޑިޑޭޓެކޭ ދަންނަވަން އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބަށް ނުކުންނާނެ ކެންޑިޑޭޓެއް އަދި ކަނޑައަޅާފައި ނެތް ނަމަވެސް އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ނުކުންނަވާނެ ކަމަށް އަޑުތައް ފެތުރިފައިވެ އެވެ. އެމްޑީޕީން ވަކިވެވަޑައިގެންނެވި ނަމަވެސް ވަގުތާ ހަމައަށް ވެސް ޑިމޮކްރެޓްސްއަށް ސޮއި ކުރައްވާނެ ކަމުގެ އެއްވެސް އިޝާރާތެއް އެމަނިކުފާނު ދެއްވާފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox