ސާފް ޗެމްޕިއަންޝިޕުގެ ހުރިހާ މެޗެއް ޔެސް އަދި އައިސް ޓީވީން ވަގުތުން ގެނެސްދޭނެ

ސާފް ޗެމްޕިއަންޝިޕުގެ ހުރިހާ މެޗެއް ޔެސް އަދި އައިސް ޓީވީން ވަގުތުން ގެނެސްދޭނެ

މިއަދު ފެށުމަށް ހަމަޖެހިފައިވާ ސަރަޙައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕުގެ ކަވަރޭޖު ދިވެހިންނާ ހަމައަށް ގެނެސްދިނުމަށް މީޑިއާނެޓާއި ޕީއެސްއެމުން އެއްބަސުވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގެ ދަށުން ސާފް ޗެމްޕިއަންޝިޕުގެ ހުރިހާ މެޗުތަކެއް މީޑިއާނެޓުގެ އައިސް ޓީވީ އާއި ޔެސް ޓީވީ މެދުވެރިކޮށް ވަގުތުން ގެނެސްދޭނެ އެވެ.

މީޑިއާނެޓުގެ މައި އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މީޑިއާނެޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް މާކެޓިން އޮފިސަރު، ރިއާޔަތު އަބްދުލް މަޖީދު އެވެ. ޕީއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ކަނެކްޓު އެންޑު ޑިޖިޓަލް ބްރޯޑްކާސްޓު ނެޓްވޯކު އޮޕަރޭޝަންސް ޑައިރެކްޓަރު، އިބްރާހިމް އިގްބާލެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މީޑިއާނެޓުގެ ސީއެމްއޯ، ރިއާޔަތު އަބްދުލް މަޖީދު ވިދާޅުވީ ދިވެހިންގެ މުނިފޫހިފިލިވުމުގެ ބައިވެރިޔާގެ ހައިސިއްޔަތުން ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތްތައް މީޑިއާނެޓުން ދިވެހިންނާއި ހަމައަށް ގެނެސްދޭ ފަދައިން ސަރަޙައްދީ ވާދަވެރި މުބާރާތްތަކާއި ދިވެހި ފަސްގަނޑުގައި ބާއްވާ އެކިއެކި ކުޅިވަރު މުބާރާތްތައްވެސް ދިވެހިންނަށް ފެންނާނެ މަގު ފަހި ކޮށްދިނުމަކީ މީޑިއާނެޓުގެ ވަރަށް ބޮޑު އަމާޒެއް ކަމުގައެވެ.

"ސާފް ޗެމްޕިއަންޝިޕަކީ ދިވެހިންގެ ލެޔާ ގުޅިފައިވާ މުބާރާތަކަށް ވާއިރު މި މުބާރާތް ދިވެހިންނާ ހަމައަށް ގެނެސްދިނުމުގައި މީޑިއާނެޓަށް ބޮޑު ދައުރެއް އަދާ ކުރެވޭކަމީ އެކަމާ ވަރަށް ބޮޑަށް އުފާކޮށް ފަހުރުވެރިވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު މެންދުރުފަހު 3:00 ގައި ވާދަކުރާނީ މުބާރާތުގައި އަލަށް ވާދަކުރާ ކުވެއިތު އަދި ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ރަނަރަޕު، ނޭޕާލެވެ. މިއަދުގެ ދެވަނަ މެޗަކީ ވެސް ވަރުގަދަ މެޗެކެވެ. ދާހިލީ ހަމަނުޖެހުމުގައި އަހަރުތަކެއް ހޭދަކޮށްފައިވާ ވާދަވެރި ދެ ޓީމު، އިންޑިއާ އަދި ޕާކިސްތާނުގެ ކުރިމަތިލުން ފެށޭނީ މިރޭ 7:00 ގައެވެ.

ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ތިންވަނަ ފަހަރަށް މުބާރާތުގެ ގޯލްޑު މެޑަލް ހޯދުމުގެ އުންމީދުގައި ނިކުންނައިރު، ރާއްޖެ ޓީމުގެ ފުރަތަމަ މެޗު އޮންނާނީ 2މާދަމާރޭ 7:00 ގައެވެ. އެ މެޗުގައި ރާއްޖެ ނުކުންނާނީ ބޫޓާން އާއި ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox