ދި ޑިމޮކްރެޓްސްގެ ފޯމްތައް ޕްރޮސެސްކުރުން އީދުގެ ކުރިން ނިންމަނީ

ދި ޑިމޮކްރެޓްސް އުފައްދަން އީސީއާގެ އޮފިޝަލުންނާ ފޯމްތައް ހަވާލުކުރަނީ. އީސީން މިއަދު ބުނީ އެ ފޯމްތައް ޕްރޮސެސްކުރުން މިހަފުތާގައި ނިމޭނެކަމަށް. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ދި ޑިމޮކްރެޓްސް އުފައްދަން އީސީއާގެ އޮފިޝަލުންނާ ފޯމްތައް ހަވާލުކުރަނީ. އީސީން މިއަދު ބުނީ އެ ފޯމްތައް ޕްރޮސެސްކުރުން މިހަފުތާގައި ނިމޭނެކަމަށް. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގައި އިސްކޮށް އުޅުއްވުމަށް ފަހު އެޕާޓީން ވަކިވެވަޑައިގެންނެވި 'ދި ޑިިމޮކްރެޓްސް' ގެ ނަމުގައި ޕާޓީއެއް އުފައްދަން ހުށަހެޅި ފޯމްތައް މި ހަފުތާގައި ޕްރޮސެސްކޮށް، އެކަމާ ބެހޭ ޖަވާބެއް އީދު ބަންދުގެ ކުރިން ދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

"އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ޑިމޮކްރެޓްސް އުފައްދަން ހުށަހެޅި ފޯމްތައް ޕްރޮސެސް ކުރުމުގެ އެންމެ ފަހު މަރުހަލާއާ ހަމައަށް މިހާރު އާދެވިފައިވާ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ވަކި އަދަދެއްގެ މީހުންނަށް ގުޅުމެވެ.

އެކަން ނިމުމުން ދެން އޮންނާނީ އީސީގެ ޑާޓާ ބަލަހައްޓާ ސިސްޓަމަށް ފޯމްތަކުގެ މައުލޫމާތު އަޅައި، އެއަށް ފަހު އަލުން ޗެކް ކުރުމެވެ.

"އަޅުގަނޑުމެން މި ބަލަނީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދެވޭނެ ކަމަށް ނުވަތަ އެ ފޯމްތަކާ ބެހޭ ގޮތުން ޖަވާބެއް ދެވޭނެ ކަމަށް،" ހަބީވް ވިދާޅުވި އެވެ.

ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އެންމެ މަދު އަދަދަކީ 3،000 މެމްބަރުންނެވެ. އީސީން މެއި 24, ގައި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާއެކު އެ ޕާޓީން ވަނީ މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާޓީއަށް ސޮއި ހޯދުމުގެ ހަރަކާތްތައް ހިންގި އެވެ.

އެއަށް ފަހު 3،560 ފޯމް އީސީއަށް ހުށަހެޅީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ސިޔާސީ ކޯޅުމަކަށްފަހު ނަޝީދު އުފެއްދެވި ފިކުރެއްގެ ދިރުން ފެކްޝަނުގެ މަޖިލިސް މެމްބަރުން އަދި އެމްޑީޕީގެ އިސް އޮފިޝަލުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެ ޕާޓީ ދޫކޮށް އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށިކަން ހާމަކުރީ މެއި 17, ގަ އެވެ. އެއަށްފަހު މި މަހުގެ 21 ގައި ޑިމޮކްރެޓްސްއަށް ހުއްދަ ހޯދަން އީސީއަށް ފޯމް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ނަމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox