އަނިޔާގެ ސަބަބުން ކީޕަރު ފައިސަލް އަށް ސާފްގައި ނުކުޅެވޭނެ، ބަދަލުގައި ޔޫވީގެ ނާޖިހު

Jun 16, 2023, 3:03 PM
އަނިޔާގެ ސަބަބުން ކީޕަރު ފައިސަލް އަށް ސާފްގައި ނުކުޅެވޭނެ، ބަދަލުގައި ޔޫވީގެ ނާޖިހު

އަނިޔާގެ ސަބަބުން ސާފް ޗެމްޕިއަންޝިޕްގައި ކުޅުމުގެ ފުރުސަތު ތަޖުރިބާކާރު ގޯލްކީޕަރު މުހައްމަދު ފައިސަލް އަށް ގެއްލިއްޖެ އެވެ.

ފައިސަލް ޓީމުން ބާކީކޮށް، ސާފަށް ނެގި ސްކޮޑުން ޔުނައިޓަޑް ވިކްޓްރީ (ޔޫވީ)ގެ ގޯލްކީޕަރު ނާޖިހު އަލީ އަށް ވަނީ ފުރުސަތު ދޭން ނިންމައިފި އެވެ.

ގައުމީ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) މިއަދު ބުނެފައިވަނީ ޖަޕާންގައި ގައުމީ ޓީމުން ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕްގެ ތެރެއިން ފައިސަލްގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް ސާފް ޗެމްޕިއަންޝިޕްގައި ކުޅުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

Advertisement

"ފައިސަލް އަށް ނުކުޅެވޭނެކަން ނިންމާފައިވަނީ ކޮލަމްބޯގައި ޑޮކްޓަރަށް ދެއްކުމަށް ފަހު،" ޝިބާ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕް 2018 ގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފައިސަލް އަށް އަންނަ ހަފުތާގައި އިންޑިއާގައި ފަށާ ސާފް ޗެމްޕިއަންޝިޕްގައި ނުކުޅެވުމަކީ ރާއްޖޭގެ ޓީމަށް ލިބުނު ބޮޑު ގެއްލުމެކެވެ. ބެލެވޭ ގޮތުގައި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެއް ވަނަ ގޯލްކީޕަރު ޒިންމާއާ ހަވާލުވާނީ މާޒިޔާގެ ގޯލްކީޕަރު ހުސެއިން ޝަރީފް (ހުސެން) އެވެ. އެންމެ ފަހުން ގައުމީ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ޓީމުގެ ގޯލު ބެލެހެއްޓީ ކީޕަރު ހުސެން އެވެ.

ޝިބާ ބުނީ ފައިސަލް ސްކޮޑުން ބާކީކޮށް، އޭނާގެ ބަދަލުގައި ޒުވާން ގޯލްކީޕަރު ނާޖިހު އަށް ސްކޮޑުން ޖާގަ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި ސްކޮޑުގައި ނުހިމެނުނަސް، ގައުމީ ޓީމާ އެކު ފައިސަލް އިންޑިއާ އަށް ދަތުރުކުރާނެ އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ނާޖިހު (ކ): މީގެ ކުރިން ގައުމީ ޓީމުގެ ގޯލު ބަލަހައްޓާފައިވޭ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅެމުންދާ ނާޖިހު އެންމެ ފުރަތަމަ ގައުމީ ޓީމުގައި ހިމެނުނީ 2021 ވަނަ އަހަރު އޮތް ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކަށް ނެގި ސްކޮޑުގަ އެވެ. އަދި އެ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕަށް ނެގި ފައިނަލް ސްކޮޑުގައި ވެސް ނާޖިހު ހިމެނުނެވެ.

މި ފަަހަރު ސާފަށް ނެގި 30 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި ނާޖިހު ހިމެނުނެވެ. އޭނާ ބާކީވީ 23 ކުޅުންތެރިންނަށް ސްކޮޑު ފައިނަލް ކުރިއިރު އެވެ.

މީގެ އިތުރުން 2021 ވަނަ އަހަރު ސްރީ ލަންކާގައި އޮތް ފޯ ނޭޝަންސް ކަޕްގައި ނާޖިހު ވަނީ ގައުމީ ޓީމުގެ ގޯލް ބަލަހައްޓައިފަ އެވެ. މިދިޔަ ސީޒަނުގައި ނާޖިހު އަނިޔާއެއް ލިބުމުން، ކުޅުމާ ދުރަށް ދިއުމަށް ފަހު އަލުން މި ސީޒަނުގައި އަންނަނީ ޔުނައިޓެޑް ވިކްޓަރީގެ ގޯލު ބަލަހައްޓަމުންނެވެ.

ޖަޕާންގައި ކުރިއަށް ދިޔަ ޓްރެއިނިން ކޭމްޕް ނިންމާލުމަށް ފަހު، ގައުމީ ޓީމު ސްރީ ލަންކާ އަށް ދިޔައީ އިއްޔެއެވެ. ލަންކާގައި ޓީމު މަޑުކުރަންޖެހުނީ އިންޑިއާގެ ބެންގަލޫރަށް ދާން އޮތް ފްލައިޓް ކެންސަލްވުމުންނެވެ. އެހެންވެ މިއަދާއި މާދަމާ ސްރީލަންކާގައި ޓްރެއިން ކުރުމަށް ފަހު، ގައުމީ ޓީމު އިންޑިއާ އަށް ފުރާނީ މާދަމާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox