މަޖިލީހުގެ ނައިބުރައީސް އީވާ ވަކިކުރުމުގެ މައްސަަލަ އެޖެންޑާނުކޮށް ޖަލްސާ ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ އެޖެންޑާނުކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި ޕާޓީއަކަށް ނިސްބަތްވެވަޑަައިނުގަންނަވާ މެމްބަރުން ތަމްސީލުކުރާނެ ގޮތުގެ މައްސަލަަ އެވެ. އީވާގެ އިތުބާރުނެތްކަމަށް ހުށަހެޅި މައްސަލަަ ކުރިއަށް ގެންދަން އޮތް ހުރަހެއް ކަމަށް މަޖިލީހުގެ ރިޔާސަތުން ކުރިން ބުނެފައި އޮތީ ކޮމިޓީތަކުގެ މައްސަލާގައި ގޮތެއް ނުނިމި އޮތުމެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވެނީ އެ މައްސަލާގައި ޖަވާބުދާރީވެވަޑައިގަންނަވަން ފުރުސަތު ދޭނެ ގޮތާއި މެމްބަރުންނަށް ވަގުތު ދޭނެ ގޮތް ކަނޑައަޅަން ޖެހޭނީ މަޖިލީހުގެ އާންމު ކޮމިޓީންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ނ. ގައި ބުނެފައި އޮންނަ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ ވަކި ކުރަން ހުށަހެޅުމުން އެކަން އަމީން އާންމު ރައީސްއަށާއި މެމްބަރުންނަށް ރަސްމީ ތިން ދުވަހުގެ ތެރޭގައި އަންގައި ނޯޓިހެއް ފޮނުވަންޖެހެ އެވެ. އަދި, އެ ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށްފަހު ދެން އެންމެ އަވަހަށްޖެހޭ ރަސްމީ ބަންދު ނޫން ދުވަހެއްގައި ރައީސް މަގާމުން ވަކި ކުރުމުގެ ޖަލްސާ ބާއްވަންޖެހެ އެވެ.

އިވާގެ މައްސަލައިގައި ނޯޓިސް ހަމަވެ، ޖަލްސާ ބާއްވަންޖެހޭ ތާރީހަކީ މިދިޔަ ހޯމަ ދުވަހެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އީވާގެ މައްސަލަ އެޖެންޑާކޮށްފައި ނުވާ އިރު މަޖިލީހުގެ ރައީސް މުހައްމަދު ނަަޝީދަށް އަމީންއާންމު ފާތިމަތު ނިއުޝާ މިދިޔަ ހޯމަ ދުވަހު ފޮނުއްވި ސިޓީގައި ވިދާޅުވެފައި އޮތީ ކޮމިޓީތަކުގެ މައްސަލަ ކުރިއަށް ނުގެންދެވި އޮތުމަކީ މަޖިލީހުގެ ނައިބު ރައީސް އީވާ މަގާމުން ވަކިކުރުމުގެ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖެއްސިދާނެ ސަބަބެއް ކަމަށް ދެެކެވަޑައިނުގަންނަވާ ކަމަށެވެ.

އެ މައްސަލައިގެ ނޯޓިސް އަށެއް ޖޫންގައި ހަމަވެފައި ވާތީ މިދިޔަ އާދީއްތަ ދުވަހަކީ ޖަލްސާއެއް ބާއްވައި އެ މައްސަލައިގެ ގަރާރު ހުށަހަޅަން ޖެހޭ ދުވަސްކަމަށް ވެސް ނަޝީދަށް ފޮނުއްވި ސިޓީގައި ނިއުޝާ ވިދާޅުވެފައި ވެ އެވެ.

އެހެން އެކަން އޮއްވައި މިއަދުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާނުކުރީ ކީއްވެކަމެއް އަދި ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox