މިއަހަރުގެ ބޮޑު އީދާ ދިމާކޮށް ހެޕީމާކެޓުން ވިއްކާ ކުކުޅާއި ސޮސެޖުގެ އަގުތައް ހެޔޮކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިމަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަނުގައި ހެޕީމާކެޓުން ވިއްކާ ސިއަރާ ބޯންލެސް ބްރޭންޑުގެ އެއް ކިލޯއާއި ދެކިލޯ އަދި ކުކުޅު ފައިގެ އިތުރުން ފްރެންގަސޯލް ބްރޭންޑުގެ ކުކުޅު ސޮސެޖުގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮ ކޮށްފަ އެވެ.
ހެޕީ މާކެޓުން ބުނީ، ބޮޑު އީދާ ދިމާކޮށް ސަޕްލަޔަރުންނާ ގުޅިގެން އެފަދަ ޕްރޮމޯޝަނެއް ހިންގުމުގެ މައިގަނޑު މަގުސަދަކީ، އީދު ބަންދަކީ ހުރިހައި ރަށެއްގައި ވެސް ތަފާތު ގިނަ ކެއުންތަކާއި ބާބަކިއު ހެދުން އާންމު ދުވަސްވަރެއް ކަމަށް ވުމުން ކަމަށެވެ.
"ބޭނުމަކީ، އީދު ބަންދަކީ ހުރިހާ ރަށެއްގައި ވެސް ތަފާތު ގިނަ ކެއުންތަކާއި ބާބަކިއުތައް ހެދުން އާންމު ދުވަސްވަރެއްކަމުގައިވެފައި، މިބާވަތްތައް އަގުހެޔޮކޮށް ކަސްޓަމަރުންނަށް ފަސޭހައިން ލިބޭނެ ގޮތް މަގުފަހިކޮށްދިނުން،"
ހެޕީ މާކެޓުގެ ފިހާރަތައް މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ އިތުރުން އައްޑޫސިޓީ އާއި ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ހިންގަމުން ދެއެވެ. އެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވެސް މުދާ ގަންނަން ލިބޭނެ އެވެ.
އެފިހާރަތަކަށް ގޮސް ވިޔަފާރި ކުރުމުގެ އިތުރުން 7372996 އަށް އޯޑަރު ވައިބާ ކުރުމުން ރަށު ބޯޓަށް ހިލޭ ޑެލިވާ ވެސް ކޮށްދޭނެ އެވެ.
ހެޕީ މާކެޓަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއްގައި އެއްގަމު މަހުގެ ބާވަތްތަކުގެ ވިޔަފާރި ކުރަމުން އަންނަ އެއް ފިހާރަ އެވެ. މަހުގެ ބާވަތްތަކުގެ އިތުރުން ތަފާތު ވައްތަރުގެ ސޯސްތަކާއި ފްރެންޗު ފުރައިސް އާއި ޗީޒް ވެސް އެ ފިހާރައިން ވިއްކަމުން ދެއެވެ.








