ރިޔާސަތާ ހަވާލުވާނެ މީހަކު ނެތުމުން ޖަލްސާ ނުބޭއްވުނު

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ: ގަރާރު ހުށަހެޅުމުން އެ މަސައްކަތް މިއަދު ކުރިއަށް ގެންދަންޖެހޭނެ -- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ: ގަރާރު ހުށަހެޅުމުން އެ މަސައްކަތް މިއަދު ކުރިއަށް ގެންދަންޖެހޭނެ -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ގަރާރު އިއްވުމަށް ބާއްވާ ޖަލްސާގެ ރިޔާސަތާ ހަވާލުވާނެ މީހަކު ނެތުމުން އެ ޖަލްސާ ނުބޭއްވޭނެ ކަމަށް ކަނޑައަޅައި ނިންމާލައިފި އެވެ.

ގަވާއިދު ބުނެފައިވާ ގޮތުން އެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަންޖެހިވަޑައިގަންނަވަނީ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް މިއަދުގެ ޖަލްސާގެ ރިޔާސަތުގައި ވެސް އިންނަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު އަންގަވާފައިވާ ކަމަށް އަމީން އާންމު ފާތިމަތު ނިޔުޝާ ވިދާޅުވި އެވެ. ޖަލްސާ ބޭއްވެން ނެތް ކަމަށް ކަނޑައެޅީ ރިޔާސަތު ބަލަހައްޓާނެ މީހަކާމެދު ގޮތެއް ނުނިމޭތީ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވަކި ކުރަން ހުށަހަޅާފައިވާ ގަރާރު އެޖެންޑާ ކުރާ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އުޒުރުވެރިވެވަޑައިގަންނަވާކަން 12 ޖޫން 2023 ގައި އެމަނިކުފާނު ފޮނުއްވި ސިޓީފުޅުގައި އަންގަވާފައިވޭ. އެހެންކަމުން މިއަދުގެ މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާ ގުޅޭ ގޮތުން ވަކި ގޮތެއް ކަނޑަނޭޅެނީސް މި ވަގުތު މި ޖަލްސާ ކުރިއަށްގެންދެވެން ނެތް ވާހަކަ އިއްޒަތްތެރި މެމްބަރުންނަށް ދަންނަވާލަން،" އަމީން އާންމު ނިޔުޝާ ވިދާޅުވި އެވެ.

އީވާގެ މައްސަލަ މިއަދު އެޖެންޑާކޮށްގެން ފެށިއިރު ގަވާއިދުގައިވާ ގޮތުން އެ ޖަލްސާގެ އިންތިޒާމްތައް ހަމަޖައްސަންޖެހެނީ އާންމު ކޮމެޓީންނެވެ. ނަމަވެސް އެ ކޮމެޓީ ފުރިހަމަ ކުރާނެ ގޮތަކަށް ޕާޓީތަކަށް އެއްބަސްނުވެވިގެން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކާނެ މެމްބަރުންނާއި ވަގުތު ގަވާއިދުގައި ބުނާ ގޮތަށް ކަނޑައަޅާފައެއްނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އީވާގެ މައްސަލަ އެޖެންޑާނުކޮށް ކުރިއަށްދާން މަސައްކަތް ކުރުމުން ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވަނީ މަޖިލީހުގެ މަސައްކަތް ހުއްޓުވައި ހަޅުތާލުކޮށްފަ އެވެ. އެހެންވެ، މަޖިލީހުގެ ނިޒާމު ނެތް ކަމަށް ވިދާޅުވެ ރިޔާސަތުން ވަނީ ޖަލްސާ ނިންމާލައްވައިފަ އެވެ. ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޒުރުވެރިވެވަޑައިގަތުމުން މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

ކޮމެޓީގެ މަސައްކަތްތައް މަޑުޖެހުނީ މެއި 17، 2023 ގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ 12 މެމްބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެންނެވެ. އެ ހިސާބުން ޕާޓީތަކަށް މަޖިލީހުގައި ލިބިފައިވާ ޕަސެންޓޭޖަށް ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އޭގެ ފަހުން އަދިވެސް ކޮމެޓީތައް އޮތީ ކަނޑަނޭޅި އެވެ.

ކޮމެޓީތައް އެކުލަވާލުމަށް މަޖިލީހުގައި ބުރާސްފަތި ދުވަހު މަޝްވަރާ ކުރި ނަމަވެސް ޕާޓީތަކުން އެއްބަސްވުމަކަށް ނާދެ އެވެ. އެމްޑީޕީއަސް ކޮމެޓީތަކުގެ 64 ޕަސެންޓު ދޭންޖެހޭއިރު ދޫދިން ނަމަވެސް މެޖޯރިޓީ ގެއްލޭކަށް އެ ޕާޓީން ބޭނުމެއް ނުވެ އެވެ. އެކަމަކު އިދިކޮޅު މެމްބަރުންނާއި ޕާޓީތަކުން ބޭނުންވަނީ ހުރިހާ ޕާޓީތަކެއް ތަމްސީލުވާ ގޮތަށް މިނިވަން މެމްބަރުންނަށް ވެސް ޖާގަ ދިނުމަށްފަހު ކޮމެޓީން އެކުލަވާލުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox