ރާއްޖޭގައި އިންޓަނޭޝަނަލް މުބާރާތް ހޯސްޓްކުރުމުގެ ފައިދާ ބޮޑު: މިނިސްޓަރު

Jun 13, 2023, 5:22 AM
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގައި އެންމެ ރަނގަޅަށް ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރެވިފައި ނުވާއިރު ވެސް ބައިނަލްއަގުވާމީ މުބާރާތް ހޯސްޓްކުރުމުން އޭގެ ސަބަބުން ކުރާ ފައިދާ ބޮޑު ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މި މަހު 14-23 އަށް ސޯޝަލް ސެންޓަރުގައި ގައުމީ ފިރިހެން ޓީމަށް ފައިވް ނޭޝަންސް ކަޕް ބާސްކެޓްބޯޅަ މުބާރާތެއް އޮންނާނެ އެވެ. މިއީ މި އަހަރު ރާއްޖޭގައި ބާއްވާ ފަސް ވަނަ ބައިނަލްއަގުވާމީ މުބާރާތެވެ.

ރާއްޖެ، ނޭޕާލް، ޕާކިސްތާން، ބޫޓާން އަދި ބަންގްލަދޭޝް ވާދަކުރާ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތް ލޯންޗްކުރަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަަވަމުން މިނިސްޓަރު ވިދާޅުވީ ބައިނަލްއަގުވާމީ މުބާރާތް ބޭއްވުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި އެކަން ކުރަން ޖެހިފައިވަނީ އެންމެ ރަނގަޅު ވަސީލަތްތަކެއްގައި ނޫން ކަމުގައި ވިޔަސް އޭގެ ފައިދާ އެބަކުރާ ކަމަށެެވެ.

"ވަރަށް އުނދަގޫ ފެސިލިޓީގެ ދަތިތަކާ ހެދި، މުބާރާތް ހޯސްޓްކުރަން ވެސް މުބާރާތަށް ތައްޔާރުވާން ވެސް އުނދަގޫ. އެއީ މި ވަގުތަށް އޮތް ގޮތް، އެކަމަކު، އިންޑިއާގެ އެލްއޯސީ (ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީ)ގެ ދަށުން ކުރެވޭ މަސައްކަތްތައް މިހާރު އެ އޮތީ ޓެންޑާގައިި، މި މަހު 28 ގައި ބިޑިން ކަންކަން ކުރިއަށްދާނެ. އޮގަސްޓް މަހު ތެރޭ އަމަލީ މަސައްކަތް ފެށޭއިރު އޭގެ ތެެރެއިން އެބަ އާދޭ ތިން ކޯޓުގެ ބޮޑު ބާސްކެޓްބޯޅަ އެރީނާއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

"މި ހާލަތުގައި ވެސް މުބާރާތް ބޭއްވޭތީ އޭގެއިން ކުރާ ފައިދާ ވެސް ބޮޑު، ފޯރި ނެގުމާއި ތައްޔާރީތައް ރަނގަޅުކުރުމާއި ތަޖުރިބާއާ ކަންކަމަށް ބަލާއިރު،"

އަންނަ އޮގަސްޓް މަހު މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ބާސްކެޓްބޯޅައިގެ ފިރިހެން ޓީމު ވާދަނުުރަން ނިންމީ ބާސްކެޓް އެސޯސިއޭޝަނާއި މިނިސްޓްރީ އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އެއީ އެ މުބާރާތުގެ ލެވަލަކީ މި ވަގުތަށް ބަލާއިރު، ރާއްޖެ އަށް ވާދަކުރަން ފަސޭހަނުވާނެ ހިސާބެއް ކަމަށްވާތީ އެވެ.

އެހެންވެ، މުހިންމު ކަމެއްގެ ގޮތުގައި ނަގައި، ފިރިހެން ބާސްކެޓް ޓީމަށް ރާއްޖޭގައި ފައިވް ނޭޝަންސް ކަޕެއް ބާއްވަނީ ކަމަށެެވެ.

ފައިވް ނޭޝަންސް ކަަޕަށް ތައްޔާރުވާން ގައުމީ ބާސްކެޓްބޯޅަ ޓީމުން އިންޑިއާގެ ޕަޑުކޯން ޑްރަވިޑް ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުގައި ވަނީ ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށް މެޗުތަކެއް ކުޅެފަ އެވެ. އެ ކޭމްޕަށް ފަހު ޓީމުގެ ރޫހު ރަނގަޅުކަން މިިނިސްޓަރު ވެސް ފާހަގަކުރެއްވި އެވެ.

"ވަރަށް ފޮނި އެބަ ކަނޑާ، އެސޯސިއޭޝަނުން ވެސް ޕްލޭޔަރުން ވެސް، އަޅުގަނޑު އުންމީދުކުރަނީ ސަޕޯޓަރުން ކުރިމަތީގައި ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް އުންމީދަކީ ވެސް އެއީ، އަޅުގަނޑަށް ހީވަނީ ޓީމު އޮތީ ފޯރީގައި ކާމިޔާބީ އަށް ދިއުމަށް އެ އަޒުމުގައި، އުންމީދުކުރަނީ މި ސަރަހައްދުގަ މި ހިރަ ވަރުގަދަ ގައުމުތަކާ އެކީގައި އަޅުގަނޑުމެންގެ ބާސްކެޓް ޓީމު ނުުކުމެ ރީތި، ރަނގަޅު ވަނައެއް ހޯދުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

"ބާސްކެޓްގައި ވެސް ވޮލީގައި ވެސް އަޅުގަނޑުމެންނަށް ސޯޝަލް ސެންޓަރުން މި ފެންނަ ފޯރި އަދި ޖޯޝް ގެނައުމަށް. މި ފަހުން ބޭއްވި އަންހެން ވޮލީ މުބާރާތުގައި ސަޕޯޓަރުން އެ ނެގި ފޯރި އާއި ދިން ހިތްވަރުން ފަހު ކޮޅުގައި ސެޓު ވެސް އެބަ ބަދަލުވޭ،"

ގައުމީ ބާސްކެޓްބޯޅަ ޓީމަށް ހިތްވަރުދޭން ސޯޝަލް ސެންޓަރު ފުރާލުމަކީ ސަޕޯޓަރުންގެ ކިބައިން މިނިސްޓަރާއި ބާސްކެޓް އެސޯސިއޭޝަން އަދި ގައުމީ ބާސްކެޓް ކުޅުންތެރިން ކުރާ ވަރަށް ބޮޑު އިލްތިމާސެކެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން އަދިވެސް ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ހޯސްޓްކުރަން އެބަހުރި ކަމަށާއި އެ އަށް ފޯކަސް ކޮށްގެން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox