އީވާ ވަކި ކުރުމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އީވާ ވަކި ކުރުމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކި ކުރަން ހުށަހަޅާފައިވާ ގަރާރު އިއްވުމަށް ބާއްވާ ޖަލްސާ މާދަމާއަށް އެޖެންޑާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކި ކުރަން ހުށަހެޅި މައްސަަލައިގެ ޖަލްސާ މިއަދު ބާއްވަން އެ މަޖިލީހުގެ ގަވާއިދު ލާޒިމް ކުރި ނަމަވެސް މިއަދަށް މައްސަލަ އެޖެންޑާ ނުކުރެއްވީ ޖަލްސާގެ އިންތިޒާމްތައް ހަމަޖައްސަންޖެހޭ އާންމު ކޮމެޓީ ފުރިހަމަނުވެ އޮތުމުން ކަމަށް ކުރިން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ އޮތީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނިޔުޝާ މިއަދު ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ ނައިބު ރައީސް ވަކި ކުރުމުގެ ގަރާރު އިއްވާ ޖަލްސާގެ އިންތިޒާމް ގަވާއިދުގެ ދަށުން އާންމު ކޮމެޓީން މިހާތަނަށް ހަމަޖައްސާފައި ނުވި ނަމަވެސް، އީވާގެ މައްސަލަ އެޖެންޑާ ކުރަން ގަވާއިދު ލާޒިމް ކުރާ ކަމަށެވެ.

"... ގަރާރުގެ ބަހުސްގެ ވަގުތު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ ކ. ގެ ދަށުން ކަނޑައަޅާފައިނުވި ނަމަވެސް، އެ މާއްދާގެ ނ. ގައި އެ ގަރާރުގެ ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެ ގަރާރު އެޖެންޑާ ކުރެވޭނެ ވާހަކަ ދަންނަވަން،" ނިޔުޝާ ވިދާޅުވެފައިވެ އެވެ.

އީވާ ވަކި ކުރުމުގެ މައްސަލަ 5.1 ނަމްބަރުގެ ގޮތުގައި ހިމަނާފައި އޮތީ އެންމެ ފުރަތަމަ ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ. ދެން އޮތް ކަމަކީ ވޯޓަށް އަހަންޖެހޭ ކަންކަމަށް ވޯޓަށް އެހުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާގެ މައްސަލަ އެޖެންޑާނުކޮށް ކުރިއަށްދާން މަސައްކަތް ކުރުމުން ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވަނީ މަޖިލީހުގެ މަސައްކަތް ހުއްޓުވައި ހަޅުތާލުކޮށްފަ އެވެ. އެހެންވެ، މަޖިލީހުގެ ނިޒާމު ނެތް ކަމަށް ވިދާޅުވެ ރިޔާސަތުން ވަނީ ޖަލްސާ ނިންމާލައްވައިފަ އެވެ. ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޒުރުވެރިވެވަޑައިގަތުމުން މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅުއްވާފައިވާތީ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވާ ކަމަށް ނަޝީދު އަންގަވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވަކި ކުރަން އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ މަޖިލީހުގެ ރައީސް ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

އާންމު ކޮމެޓީ ފުރިހަމަ ނުވެ އޮއްވައި އީވާގެ މައްސަލަ މާދަމާއަށް އެޖެންޑާ ކުރުމަށް ނިންމިއިރު، އެ ޖަލްސާގައި ވާހަކަ ދައްކާނެ މެމްބަރުންގެ އަދަދާއި ވާހަކަ ދައްކަން ލިބޭނެ ވަގުތު ކަނޑައަޅަންޖެހެނީ އާންމު ކޮމެޓީންނެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވި ފަހުން ކޮމެޓީ އޮތީ ފުރިހަމަނުވެ އެވެ. އަދި ޕާޓީތަކުން އެއްގޮތަކަށް އެއްބަސްނުވެވިގެން ކޮމެޓީއަށް އަލުން މެމްބަރުން އައްޔަން ކުރެވޭ ގޮތް އަދިވެސް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox