އިންސާނަކަށް ދުނިޔެ މަތީގައި ލިބޭނެ އެންމެ ބޮޑު އެއް ނަސީބަކީ މާތްﷲ ގެ ގެފުޅަށް ގޮސް ހައްޖުވުމުގެ ނަސީބު އެމީހަކަށް މިންވަރު ކުރެއްވުމެވެ. އެއީ މާއްދީ ގޮތުންނާއި ރޫހާނީ ގޮތުން ވެސް އެ އެމީހަކު ކުރާ ވަރަށް ބޮޑު ދަތުރެކެވެ. ނަމަވެސް އެ ދަތުރުގެ ރޫހާނީ ފައިދާ އެންމެ ފުރިހަމައަށް ލިބިގަތުމަށްޓަކައި މާއްދީ ގޮތުން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖައްސާފައި އޮތުމަކީ މުހިންމު ކަމަކެވެ.
އެހެންކަމުން ހައްޖުގެ އަޅުކަން އަދާ ކުރުމަށްޓަކައި ކޮންމެ މީހަކު ވެސް ފުރައިގެން ދަނީ އެކަންކަން ވަރަށް ފުރިހަމައަށް ހަމަޖައްސަައިގެންނެވެ. އެމީހެއްގެ ފޮށިތަންމައްޗާއި ޕާސްޕޯޓުގެ އިތުރުން އެކިއެކި ހަރަދުތައް ހަމަޖެއްސުމަށް އެކޮޅަށް ގެންދާ އެތައް ފައިސާ އެއް އެމީހުންނާ އެކު ގެންދެ އެވެ. ނަމަވެސް އެ ތަކެއްޗަކީ ހައްޖުގެ އަޅުކަން ފުރިހަމައަށް އަދާ ކުރުމަށް އޮންނަ ހުރަކަށް ވާތަން ވެސް ބައެއް ފަހަރު އާދެ އެވެ.
އެފަދަ ހާދިސާއެއް ދިމާވެ، ލިބިދާނެ ގެއްލުމަކުން ސަލާމަތް ކޮށްދޭ ޕްލޭނެއް އަޔާދީ ތަކާފުލްގައި އޮވެ އެވެ. އެއީ ހައްޖު އެންޑު އުމްރާ ޕްލޭނެވެ. ހައްޖުގެ އަޅުކަން އަދާ ކުރުމަށް ވާ ތައްޔާރީތަކުގެ ތެރޭގައި އެ ޕްލޭން ހިމަނާލުން ވެސް ވަރަށް މުހިންމެވެ.
ހައްޖު އެންޑު އުމްރާ ޕްލޭން ނެގުމުން ވަނީ ކޮން ފައިދާއެއް؟
މިސާލަކަށް، ހައްޖުގެ އަޅުކަން އަދާ ކުރުމަށްޓަކައި ފުރައިގެން ސައުދީއަށް ދެވޭއިރު، ކޮންމެވެސް ސަބަބަކާ ހުރެ ތިމާގެ ލަގެޖު ގެއްލިފައި ވާނަމަ އެ ކުރިމަތިވަނީ ބޮޑު ގެއްލުމަކާ އެވެ. ރާއްޖެއިން ގެނައި ތިމާގެ ހުރިހާ އަންނައުނަކާއި އެހެނިހެން ސާމާނާއެކު ފޮށި ގެއްލުމުން އެކިއެކި ބޭނުންތައް ފުއްދުމަށް އަނެއްކާ ވެސް އިތުރު ހަރަދެއް ކުރަން ޖެހިދާނެ އެވެ. އެކަމަކު އަޔާދީގެ ޕްލޭނުގެ ދަށުން އެފަދަ ހާލަތެއްގައި 15,000ރ. އާ ހަމައަށް ބަދަލު ލިބޭނެ އެވެ.
މީގެ އިތުރުން އެއާލައިނާ ހަވާލުކޮށްފައި ޗެކިންއަށް ދޫކޮށްލާ ލަގެޖު އައުން ލަސްވެއްޖެ ނަމަ، ލަގެޖު ލިބުން ލަސްވުމުގެ ސަބަބުން ކުރިމްތިވާ ދައްޗާއި ގެއްލުމުގެ ބަދަލުގައި، ލަސްވާ ކޮންމެ 12 ގަޑިއިރަކަށް 800ރ. ގެ މަގުން، 2,400ރ. އާ ހަމައަށް ބަދަލު ލިބޭނެ އެވެ.
ޕާސްޕޯޓަކީ ބައިނަލްއަގުވާމީ ދަތުރުތައް އެޔާ ނުލައި ނުކުރެވޭ، ވަރަށް މުހިންމު ލިޔެކިޔުމަކަށް ވާއިރު، ޕާސްޕޯޓު ގެއްލިއްޖެ ނަމަ އެނބުރި ގައުމަށް އައުމަށް ވެސް ތަކުލީފުތަކާ ކުރިމަތިލާން ޖެހިދާނެ އެވެ. ހައްޖުގެ ދަތުރުމަތީގައި ޕާސްޕޯޓު ގެއްލިއްޖެ ނަމަ އެކަމަށް އަޔާދީއިން 1500ރ. އާ ހަމައަށް ބަދަލު ދޭނެ އެވެ. ސައުދީގައި ހުންނަ ދިވެހި އެމްބަސީ ނުވަތަ ކޮންސިއުލޭޓު މެދުވެރިކޮށް ވަގުތީ ޓްރެވަލް ޑޮކިއުމަންޓެއް ހެދުން ފަދަ އެހެން ގޮތެއް ހަމަޖެއްސުމަށް އެ ފައިސާގެ ބޭނުން ކުރެވިދާނެ އެވެ.
އަދި ހަމަ އެއާއެކު، ގާތްމީހުންނަށް ހަދިޔާ ގަތުމަށާއި އެފަދަ އެކި ބޭނުންތަކަށް ގެންދާ ފައިސާ، ދަތުރުމަތީގައި ގެއްލިއްޖެ ނަމަ އެކަމުގެ ބަދަލުގެ ގޮތުގައި މި ޕްލޭނުން 5000ރ. އާ ހަމައަށް ލިބޭނެ އެވެ.
ކުރު ގޮތަކަށް ބުނާ ނަމަ، އަޔާދީގެ ހައްޖު/އުމްރާ ތަކާފުލް ޕްލޭނެއް ނަގައިގެން ހައްޖަށް ދިއުމަކީ ގިނަ ކަންތައްތަކަކަށް ފިކުރު ކުރުމުން ދުރުކޮށްދޭން އެހީތެރިވެދޭނެ ކަމެއްކަން ޔަގީނެވެ. އުނދަގޫ ހާލަތެއް މެދުވެރިވެ، މާލީ ތަކުލީފަކާ ކުރިމަތިލާން ޖެހިއްޖެ ނަމަ އަޔާދީ ތަކާފުލްގެ އެހީތެރިކަން ލިބޭނެ އެވެ.
ހައްޖަށް ދިއުމުގެ ކުރިން, އެލައިޑް އިންޝުއަރަންސްގެ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް އަޔާދީގެ ހައްޖު އެންޑު އުމްރާ ތަކާފުލް ޕްލޭނެއް ލިސްޓަށް އިތުރުކޮށްލާށެވެ.
އަޔާދީ ތަކާފުލް އަކީ އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ އެވެ. އަޔާދީ އިން ފޯރުކޮށްދޭ ހިދުމަތްތަކަކީ އިސްލާމީ ޝަރީއާގެ އަސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ ހިދުމްތަތަކެކެވެ.
titledesc









