ނިހާނަށް ތަހުގީގު ފައިލުތައް ދޭން އަންގައިފި، ޝަރީއަތް ފަށަނީ އޭގެ ފަހުން

ކުރީގެ މެންބަރު އަހުމަދު ނިހާން؛ ނިހާންގެ މައްޗަށް ހިންގި ތަހުގީގުގެ ފައިލުތައް ދިނުމަށް ޝަރީއަތުން އަންގައި، އިފްތިތާހީ ބަޔާން އިއްވުން ފަސްކޮށްދީފި

ކުރީގެ މެންބަރު އަހުމަދު ނިހާން؛ ނިހާންގެ މައްޗަށް ހިންގި ތަހުގީގުގެ ފައިލުތައް ދިނުމަށް ޝަރީއަތުން އަންގައި، އިފްތިތާހީ ބަޔާން އިއްވުން ފަސްކޮށްދީފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ހިންގި ތަހުގީގުގެ ހުރިހާ ލިޔެކިޔުންތަކެއް އޭނައަށް ދޭން އަމުރުކޮށް، އޭގެ ފަހުން ޝަރީއަތް ފަށަން ނިންމައިފި އެވެ.

ނިހާނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދެ ދައުވާއަކާއި، ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި މިއަދު ބޭއްވި އަޑުއެހުމަކީ ޝަރީއަތުގެ މަރުހަލާ ފެށުމަށް ދެ ފަރާތަށް އިފްތިތާހީ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ.

އިފްތިތާހީ ބަޔާން ނުވަތަ އޯޕެނިން ސްޓޭޓްމަންޓަކީ، ޝަރީއަތް ފެށުމުގެ ގޮތުން ހުރިހާ ހަސްމުން އިއްވާ ބަޔާނެކެވެ. އެ ބަޔާނުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރާނީ ކޮންމެ ބަޔަކު ވެސް ޝަރީއަތް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ސްޓްރެޓެޖީ އެވެ.

Advertisement

ނަމަވެސް މިއަދު އަޑުއެހުން ފެށުމާއެކު ނިހާންގެ ދިފާއީ ވަކީލު ހުސްނީ މުބާރަކު އެދިވަޑައިގަތީ، ތަހުގީގު ފައިލުތައް ދިފާއަށް ދޭން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މި ފަހުން ނެރެފައިވާ ގަޒިއްޔާއާ އެއް ގޮތަށް ނިހާނަށް ވެސް އެ ހައްގު ދިނުމަށެވެ.

ތަހުގީގު ފައިލުތައް ދިނުމަށް ސުޕްރީމް ކޯޓުން އެންގީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އުފުލާފައިވާ ދައުވާއަކާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން އެ ގޮތަށް އުސުލު ކަނޑައެޅިއިރު އޭރު އެ މައްސަލާގައި ޝަރީއަތް ފަށައި އިފްތިތާހީ ބަޔާން ވެސް އޮތީ އިއްވައިފަ އެވެ.

ނިހާންގެ ވަކީލު ހުސްނީ އެދިވަޑައިގަތީ މި މައްސަލާގައި އަދި އިފްތިތާހީ ބަޔާން އިއްވާފައި ނެތުމުން، ތަހުގީގު ފައިލުތައް ދިފާއަށް ބަލަން ފުރުސަތު ދީފައި ޝަރީއަތް ފެށުމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލު އީނާ މޫސާ ވިދާޅުވީ ފައިލުތައް ދޭން ޖެހުމަކީ އިފްތިތާހީ ބަޔާން މިއަދު އިއްވަން އޮތް ހުރަހެއް ނޫން ކަމަށެވެ.

ދެ ފަރާތުން ދެއްކި ވާހަކަތައް އަޑުއެހުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ ތަހުގީގު ފައިލްތައް ބަލަން ފުރުސަތު ދީފައި އެހެން އަޑުއެހުމެއްގައި އިފްތިތާހީ ބަޔާން އިއްވަން އަލުން ފުރުސަތު ދެއްވުމަށެވެ.

ތަހުގީގު ފައިލްތައް ދައުލަތުން ހޯދުމަށް ފަހު ކޯޓުގައި ވަކި އަޑުއެހުމެއް ބާއްވަން ނިންމި އެވެ. އަޑުއެހުން ބޭއްވޭނެ ދުވަހެއް އިދާރީ މޭޒުން ފަހުން އަންގާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު އީނާ މޫސާ އެދިވަޑައިގަތީ ރަސްމީ މަސައްކަތު ދުވަހެއްގެ ބަދަލުގައި އެ އަޑުއެހުން ހޮނިހިރު ދުވަހު ބާއްވާ ދިނުމަށެވެ. ދިފާއީ ވަކީލު ހުސްނީ ވެސް އެދިވަޑައިގަތީ އެ ގޮތަށް ކުރިއަށް ގެންދިއުމަށެވެ.

މައްސަލައިގެ ފަސްފަހަތް؛

ނިހާންގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާތަކަކީ މަޖިލީހުގެ މެންބަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުންނާއި، މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ކުރެވޭ ކަންކަން ވަކި ކަމެއް ކުރުމުގެ މުގާބިލުގައި ކުރި ކަމެއް ގޮތުގަ އެވެ.

ނިހާންގެ މައްޗަށް ދައުވާ އުފުލައި، ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނި ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހު ރިޝްވަތަށް އެދި، ރިޝްވަތު ގަބޫލުކޮށްފައިވެ އެވެ.

އަދި، ނިހާނަށް ލިބިފައިވާ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާކަން ވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

ދައުވާގައި ބުނަނީ އެމްއެމްޕީއާރްސީގެ ތެރޭ އަމިއްލަ ކުންފުނިތަކާއެކު ހިނގައިދިޔަ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އޮޑިޓް އޮފީހުން ތައްޔާރުކުރި ރިޕޯޓްގެ މައްސަލަ މާލިއްޔަތު ކޮމިޓީގައި އެޖެންޑާ ނުކޮށް ނިހާން ބޭއްވި ކަމަށެވެ. އެގޮތަށް ކަން ކޮށްފައިވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މުގުލުގައި ހުރި އަހުމަދު އަދީބު އަންގައިގެން ކަމަށް ވެސް ދައުވާގައި ބުނެ އެވެ.

އޭގެ ބަދަލުގައި ނިހާން ވަނީ އަދީބުގެ އަތުން އެއްލައްކަ ފަންސާސް ހާސް ޑޮލަރު ހޯދާފައި ކަމަށް ދައުވާގައި ވެ އެވެ. އެކަމާ ގުޅިގެން އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ.

އެ ފައިސާ, އެސްއޯއެފްގެ އެކައުންޓަކުން ޖަމާކޮށްފައިވަނީ ނިހާންގެ ބޭބެއެއް ކަމަށްވާ މުހައްމަދު އިނާން, ސިލޯން ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. އަދި, އޭގެފަހުން އެ އެކައުންޓުން ޖޭ ހޮޓެލްސްގެ ނަމުގައި ހަބީބު ބޭންކްގައި އޮތް އެކައުންޓަކަށް އެ ފައިސާ ފޮނުވުމަށްފަހު, ޕްލެޓިނަމް އެޕާޓްމެންޓަށް ފައިސާ ދެއްކުމުގެ ގޮތުން އެ އެކައުންޓުން އެއް މިލިއަން ނުވަލައްކަ ރުފިޔާ ނިހާން ހަރަދުކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން ނިހާންގެ އެ އަމަލަކީ ފައިސާގެ އަސްލު އޮޅުވާލައި, ކަޅު ފައިސާ ދޮވުން ކަމަށް ތުހުމަތުކޮށް ކޮށްފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ.

ރިޝްވަތަށް އެދުމުގެ ދައުވާގައި ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ހޮވުމުގެ ވޯޓާ ދިމާކޮށް ރޮލެކްސް ގަޑިއެއް ބޭނުންވާ ކަމަށް އަދީބު ގާތު ނިހާން ބުނެފައިވާ ކަމަށެވެ.

ފަހު ދެ ދައުވާ ކަމަށްވާ ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ ނިހާންގެ މައްޗަށް އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދީބު އަތުން ނެގި ކަމަށް ބުނާ ހަ ލައްކަ ރުފިޔާއާ ގުޅޭ ގޮތުންނެވެ.

މި ދައުވާތަކަށް ނިހާން އިންކާރުކޮށްފައިވާއިރު، ޝަރީއަތް ނިމެންދެކަށް އޭނާ ފުރުން މަނާކޮށް ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox