ސިޓީން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ޓްރެބަލް ފުރިހަމަކޮށްފި

Jun 11, 2023, 12:22 AM
ސިޓީން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ޓްރެބަލް ފުރިހަމަކޮށްފި

އިސްތަންބޫލް، ތުުރުކީ (ޖޫން 11) - ފައިނަލުގައި އިންޓަ މިލާން އަތުން 1-0 އިން މޮޅުވެ، ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައި، މެންޗެސްޓާ ސިޓީން ސީޒަނުގެ ތިން މުބާރާތުގެ ތަށި އުފުލާލައި ޓްރެބަލް ފުރިހަމަކޮށްފި އެވެ.

ސިޓީ އަކީ ޓްރެބަލް ފުރިހަމަކުރި އިނގިރޭސި ދެ ވަނަ ޓީމެވެ. މީގެ ކުރިން ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކޮށް، 1999 ވަނަ އަހަރު އަލެކްސް ފާގަސަންގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑުން ވެސް ޓްރެބަލް ހެދި އެވެ. ސިޓީން މި ފަހަރު އެފްއޭ ކަޕް ކާމިޔާބުކުރީ ޔުނައިޓެޑް ބަލިކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ ތަށި، އިންޓަ ބަލިކޮށް ރޭ އުފުލާލިއިރު، މިއީ ސިޓީ ތާރީހުގައި މި މުބާރާތް ކާމިޔާބުކުރި ފުރަަތަމަ ފަހަރެވެ. ސިޓީ ވަނީ 2021 ވަނަ އަހަރުގެ ފައިނަލުގައި ޗެލްސީ އަތުން ބަލިވެފަ އެވެ.

އިސްތަންބޫލް އަޓަޓާކް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސިޓީ އަށް ޖަހައިިދިނީ 68 ވަނަ މިނިޓްގައި ރޮޑްރީގޯ (ރޮޑްރީ) އެވެ. އޭރިއާތެރެއިން ދޫވެގެން އައި ބޯޅައެއް ރޮޑްރީ އަށް ލިބުމުން އޭނާ ވަނީ އިންޓަގެ ކީޕަރު އަންދްރޭ އޮނާނާ އަށް ފުރުސަތެއް ނުދީ ގޯލަށް ވައްދާލައިފަ އެވެ.

މި މެޗުގައި އަނިޔާވެގެން ސިޓީގެ ކެވިން ޑި ބްރޭނާ ބަދަލުކުރަން ޖެހުނުއިރު، އޭނާ އަށް 2021 ވަނަ އަހަރުގެ ފައިނަލުގައި ވެސް ލިބުނު އަނިޔާއަކާ ހެދި މެޗުގެ ބޮޑުބައި ނުކުޅެވުނެވެ.

އިންޓަ އަށް އެއްވަރުކޮށްދޭން މި މެޗުގައި އެންމެ ރަނގަޅު ފުރުސަތު ލިބުނީ ބަދަލަކަށް ކުޅެން އެރި ރޮމެލޫ ލުކާކޫ އަށެވެ. މެޗުގެ 89 ވަނަ މިނިޓްގައި ލުކާކޫ ކުޑައޭރިއާ ރޮނގުކައިރިގައި ހުރެފައި ބޮލުން ޖެހި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް ވަނީ މަތަކޮށްފަ އެވެ. އޭގެ ކުރިން އިންޓަގެ ފެޑެރީކޯ ޑި މާކޯ ބޮލުން ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސް ބޯޅައެއް ފޮނުވާލުމުން ބްލޮކްވީ ލުކާކޫ ގައިގައި ޖެހިފަ އެވެ.

ސިޓީގެ މި ކާމިޔާބީއާ އެކު ގާޑިއޯލާ އަށް މި ވަނީ 2011 ވަނަ އަހަރުގެ ފަހުން ޗެމްޕިއަންސް ލީގު ލިބިފަ އެވެ. އަނެއްކޮޅުން ރޭގެ މެޗަކީ ސިޓީގައި ގާޑިއޯލާގެ 300 ވަނަ މޮޅެވެ. އަދި ގާޑިއޯލާ އަކީ ކޯޗިން ކެރިއަރުގައި ތަފާތު ދެ ޓީމެއްގައި ހުރެ ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކުރި ފުރަތަމަ ކޯޗެވެ. ގާޑިއޯލާ ވަނީ 2009 ވަނަ އަހަރު ބާސެލޯނާގައި ވެސް އެ ކާމިޔާބީ ހާސިލްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox