އިންޓަގެ ވަރުގަދަކަމަކީ ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތް: އިންޒާގީ

Jun 10, 2023, 1:42 PM
އިންޓަގެ ވަރުގަދަކަމަކީ ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތް: އިންޒާގީ

އިސްތަންބޫލް (ޖޫން 10) - ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިރޭ އިންޓަ މިލާނާ ދެކޮޅަށް ނުކުންނަ މެންޗެސްޓާ ސިޓީ އަކީ ހުރިހާ ގޮތަކުން ވެސް އިންޓަ އަށް ވުރެ ވަރުގަދަ ޓީމެއް ކަމަށާއި އިންޓަ އިން ބަލަނީ ޓީމެއްގެ ގޮތުގައި ކާމިޔާބު ހޯދަން ކަމަށް އެ ޓީމުގެ ކޯޗު ސިމޯން އިންޒާގީ ބުނެފި އެވެ.

އިންޓަ އިން މިރޭގެ ފައިނަލަށް ނުކުންނާނީ އެ ކްލަބުގެ ތާރީހުގައި ހަތަރު ވަނަ ފަހަރަށް ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބު މުބާރާތް ކާމިޔާބު ކުރުމަށެވެ. އެންމެ ފަހުން އިންޓަ އިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 2010 ވަނަ އަހަރެވެ. އިންޓަ އިން ވަނީ މި ސީޒަންގައި އިޓާލިއަން ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

އެކަމަކު، މިރޭ އިންޓަ އަށް އޮތީ ވަރުގަދަ އިމްތިހާނެކެވެ. އެ ޓީމާ އިދިކޮޅަށް ނުކުންނަ ސިޓީ އަކީ މި ވަގުތު ޔޫރަޕްގައި އެންމެ ރަނގަޅު ފޯމެއްގައި އޮތް އެއް ކްލަބެވެ. ފައިނަލަށް ނުކުންނައިރު، ސިޓީން ވަނީ އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. ސިޓީގެ އަމާޒަކީ މި ސީޒަންގައި ތިން ތަށި ހަމަކުރުމެވެ.

ސިޓީ އަކީ އިންޓަ އަށް ވުރެ "ހުރިހާ ގޮތަކުން ވެސް ވަރުގަދަ" ޓީމެއްކަން އިންޒާގީ ވެސް ގަބޫލުކުރެ އެވެ. އެކަމަކު މިރޭގެ ފައިނަލް ކާމިޔާބުކުރުމަށް އިންޒާގީ ކުރަމުންދާ އުންމީދުތައް ގުޅިފައިވަނީ ޓީމެއްގެ ގޮތުގައި އިންޓަ އިން ކުރާ މަސައްކަތަށެވެ.

"އިންޓަ އަށް މި އޮތީ ތާރީހުން ސޮފުހާއަކަށް އެރުމުގެ ފުރުސަތު ލިބިފައި،" އިންޒާގީ ބުންޏެވެ.

"އަހަރަމެންނަށް އެނގޭ މިރޭގެ މެޗު ފަސޭހައެއްނުވާނެ ކަމަށް. އެކަމަކު، އަހަރަމެން މަސައްކަތްކުރާނަން. ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުން މި ހިސާބަށް މި އާދެވުނީވެސް. ފައިނަލްގައި ކުޅެންޖެހޭނީ ކޮން ކަހަލަ ގޭމެއްކަން އަހަރަމެންނަށް އެނގޭ."

މިރޭގެ ފައިނަލް އަކީ މި ސީޒަންގައި ސިޓީން ކުޅޭ 60 ވަނަ މެޗެވެ. އަދި އިންޓަ އިން ކުޅޭ 57 ވަނަ މެޗެވެ.

އިންޒާގީ ބުނީ ގިނަ މެޗުތަކެއް ކުޅެންޖެހުނު ދިގު ސީޒަނެއްގައި، ގިނަ އުނދަގޫތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އެކަމަކު، މުޅި ޓީމު ވެސް އޮތީ މިރޭގެ ފައިނަލަށް އެންމެ ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.

ސިޓީ އާއި އިންޓަ ބައްދަލުކުރާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox