އަދަދު "ސާފް 2023" ކަވަރޭޖު ޕާޓުނަރުންގެ ގޮތުގައި އޭސް ޓްރެވެލްސް އާއި ޗޮކުލެޓު ސޮއިކޮށްފި

ސާފް ޗެމްޕިއަންޝިޕުގެ ޕާޓުނަރުންނާ އެކު ސޮއި ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން، އަބްދުﷲ އިޔާން / އަދަދު

ސާފް ޗެމްޕިއަންޝިޕުގެ ޕާޓުނަރުންނާ އެކު ސޮއި ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން، އަބްދުﷲ އިޔާން / އަދަދު

"އަދަދު" ނޫހުން ގެނެސްދިނުމަށް ހަމަޖެހިފައިވާ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ކަވަރޭޖު ޕާޓްނަރުންގެ ގޮތުގައި އޭސް ޓްރެވެލްސް އާއި ޗޮކުލެޓާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި ހިނގާ ޖޫން 21، ގައި އިންޑިއާގެ ބެންގަލޫރުގައި ފަށާ ސާފް ޗެމްޕިއަންޝިޕުގެ ކަވަރޭޖު ވަރަށް ތަފާތުކޮށް މި ނޫހުން ގެނެސްދޭނެ އެވެ. އެގޮތުން ޓީމުތަކާ ބެހޭ މައުލޫމާތުގެ އިތުރުން ސަޕޯޓަރުންގެ ފޯރި އާއި ޖޯޝު ވެސް ނޫހުގެ ކިޔުންތެރިންނަށާއި ބެލުންތެރިންނަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސަރަހައްދުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕުގެ ކަވަރޭޖު ޕާޓުނަރުންގެ ގޮތުގައި އޭސް ޓްރެވެލްސް އާއި ޗޮކްލެޓުގެ އިތުރުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ވެސް ވަނީ ސޮއިކޮށްފަ އެވެ.

ސާފް ޗެމްޕިއަންޝިޕެއްގެ މީޑިއާ ޕާޓުނަރުކަން މީގެ ކުރިން ކޮށްފައިވާ ހަމައެކަނި ދިވެހި އޮންލައިން މީޑިއާ، އަދަދު ނޫހުން މިފަހަރު ގެނެސްދޭ ސާފް ޗެމްޕިއަންޝިޕުގެ ކަވަރޭޖް، ޕާޓްނަރުންގެ އެއްބަރުލުމާ އެކު ވަރަށް ފުރިހަމައަށް ގެނެސްދިނުމަށް ނިންމާފައިވާ ކަމަށް އަދަދުގެ ސީއީއޯ، ހުސެއިން ފިޔާޒް މޫސާ ވިދާޅުވި އެވެ.

"މިފަހަރުގެ [ސާފް ޗެމްޕިއަންޝިޕުގެ] ކަވަރޭޖު ޕާޓުނަރުންގެ އެއްބާރުލުމާ އެކު އަދަދުން ވަރަށް ފުރިހަމައަށް ގެނެސްދޭނެ، ފުރިހަމަ ކަވަރޭޖެއް މިފަހަރުވެސް އަދަދުން ގެނެސްދޭނެ،" އޭނާ ވިދާޅުވި އެވެ.

ސާފް ޗެމްޕިއަންޝިޕުގެ ކަވަރޭޖަށް އަދަދުގެ ޓީމު އިންޑިއާއަށް ދިޔުމަށް ތައްޔާރުވަމުން ވެފައިވާއިރު، މީގެ ކުރިން 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި މުބާރާތުގައި ވެސް ގެނެސްދިން ފަދަ ކޮންޓެންޓުތައް މިފަހަރުގެ މުބާރާތުގެ ކަވަރޭޖުގައި ވެސް އެއަށްވުރެ ފުރިހަމައަށް ގެނެސްދޭނެ ކަމުގެ ޔަގީންކަން ކިޔުންތެރިންނަށާއި ބެލުންތެރިންނަށް ފިޔާޒު ދެއްވި އެވެ.

"ކަވަރޭޖުގެ އިތުރު ޕާޓުނަރުންނާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި ސޮއި ކުރާނަން،" ކަވަރޭޖު ޕާޓުނަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަދިވެސް އޮތްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވި އެވެ.

ސާފް ކަވަރޭޖު ކުރިއަށް ގެންދާނީ އަދަދުގެ ސްޕޯޓްސް އެޑިޓަރު އައްޒާމް އަލިފުޅާއި ސްޕޯޓްސް ޖާނަލިސްޓު އިސްމާއީލް އަޒްމީން އަދި ކްރިއޭޓިވް ޓީމުންނެވެ.

ސާފް ޗެމްޕިއަންޝިޕުގެ އެންމެ ފަހުގެ ހަބަރުތައް ކިޔުންތެރިންނާ ހަމައަށް އަދަދުން ގެނެސްދޭނީ އެކަމަށް ހާއްސަކޮށް ލޯންޗު ކުރާ ވެބްސައިޓު ޕޭޖުންނާއި ސޯޝަލް މީޑިއާ މަންސަތައް ބޭނުން ކޮށްގެންނެވެ. އެގޮތުން އަދަދުގެ ފޭސްބުކް، ޓުވިޓާ، ޓިކްޓޮކް އަދި ޓެލެގުރާމް ޗެނެލް މެދުވެރިކޮށް ސާފް ޗެމްޕިއަންޝިޕުގެ އެންމެ ތާޒާ ހަބަރުތައް ގެނެސްދެމުން ދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox