މެކް އަލިސްޓާ ލިވަޕޫލަށް ބަދަލުވާން ނިންމައިފި: ރިޕޯޓް

Jun 6, 2023, 9:41 AM
މެކް އަލިސްޓާ ލިވަޕޫލަށް ބަދަލުވާން ނިންމައިފި: ރިޕޯޓް

ލަންޑަން (ޖޫން 6) - ބްރައިޓަން އަށް ކުޅެމުން އައި އާޖެންޓީނާ ގައުމީ ޓީމުގެ މިޑްފީލްޑަރު، އަލެކްސިސް މެކް އަލިސްޓާ، ލިވަޕޫލަށް ބަދަލުވާން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބްރައިޓަންއާ އެކު 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަަލަށް ކޮންޓްރެކްޓްގައި ހުރި މެކް އަލިސްޓާ، 24، ގެ ސޮއި ހޯދަން ލިވަޕޫލުން 45-55 މިލިއަން ޑޮލަރުގެ ފީއެއް ދައްކަން ވަނީ އެއްބަސްވެފަ އެވެ. އަދި މެކް އަލިސްޓާ ލިވަޕޫލާ އެކު، ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާ ގޮތަށް ހަމަޖެހިފައިވާއިރު، ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މެޑިކަލް ފުރިހަމަ ކުރާނެ އެވެ.

އާޖެންޓީނޯސް ޖޫނިއާސް އަށް 2016 ވަނަ އަހަރު ކުޅެން ފަށައި، އެ ޓީމު ދޫކޮށް، 2019 ވަނަ އަހަރު ބްރައިޓަން އަށް ބަދަލުވުމަށް ފަހު، މެކް އަލިސްޓާ ވަނީ އަލުން އާޖެންޓީނޯސް ޖޫނިއާސް އާއި ބޮކަ ޖޫނިއާސް އަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފަ އެވެ.

މިދިޔަ ނޮވެމްބަރު/ޑިސެމްބަރު މަހު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާ އަށް މޮޅު ކުޅުމެއް ދެއްކި މެކް އަލިސްޓާ ހޯދަން އިނގިރޭސި ކްލަބްތަކާއި އިޓަލީ އަދި ސްޕެއިންގެ ކްލަބްތަކުން ވެސް މަސައްކަތް ކުރި އެވެ.

އެކަމަކު، މެކް އަލިސްޓާ ބޭނުންވީ އޭނާގެ ކެރިއަރުގެ މުހިންމު އަހަރުތައް އިނގިރޭސި ޕްރިމިއާ ލީގުގައި ހޭދަކުރުމަށެެވެ. އަންނަ ސީޒަނުގައި ބްރައިޓަން އަށް ޔޫރޮޕާ ލީގުން ޖާގަ ހޯދައިދިނުމުގައި މެކް އަލިސްޓާ ވަނީ ބޮޑު ދައުރެއް އަދާކޮށް މުހިންމު ވަގުތުތަކުގައި ގޯލު ޖަހައިފަ އެވެ.

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ލިވަޕޫލުން ފުރަތަމަ ސޮއިކުރާ ކުޅުންތެރިއަކީ މެކް އަލިސްޓާ ކަމަށް ގިނަ ރިޕޯޓްތައް ބުނާއިރު، އެ ޓީމުން އަންނަނީ އިތުރު މިޑްފީލްޑަރުންނަށް ވެސް ފާރަލަމުންނެވެ. އެ ގޮތުން، ލިވަޕޫލުން އަންނަނީ ފްރާންސްގެ ނީސް އަށް ކުޅޭ ކެޕްރެން ތުރާމް އާއި ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކްގެ މަނޫ ކޯނޭ ހޯދަން މަސައްކަތް ކުރަމުންނެވެ.

ލިވަޕޫލުން ވަނީ ކޮންޓްރެކްޓް ހަމަވުމުން އެ ޓީމުގެ ތިން މިޑްފީލްޑަރުން ކަމަށްވާ ޖޭމްސް މިލްނާ، އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން އަދި ނަބީ ކެއިޓާ ދޫކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox