އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ފެށުން ވާނީ ބޮޑު ކާރިސާއަކަށް: ޗައިނާ

ޗައިނާގެ ޑިފެންސް މިނިސްޓަރު ލީ ޝަންގްފޫ. -- ފޮޓޯ: އޭއެފްޕީ

ޗައިނާގެ ޑިފެންސް މިނިސްޓަރު ލީ ޝަންގްފޫ. -- ފޮޓޯ: އޭއެފްޕީ

އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ފެށުން ވާނީ މުޅި ދުނިޔެއަށް ބޮޑު ކާރިސާއަކަށް ކަމަށް ޗައިނާގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ސެކިއުރިޓީ ސަމިޓެއްގައި ޖެނެރަލް ލީ ޝަންގްފޫ ވިދާޅުވީ ބައެއް ގައުމުތަކުން އޭޝިއާގައި ހަތިޔާރު އެއްކުރުމުގެ ރޭހެއްގައި އުޅެމުންދާ ކަމަށެވެ.

އެހެން ނަމަވެސް މި ދުނިޔެއަކީ އެމެރިކާ އާއި ޗައިނާއަށް ވެސް އުޅެވޭ ވަރުގެ ބޮޑު ދުނިޔެއެއް ކަމަށާއި ދެ ގަދަ ބާރުން ބަލަންވީ އެއް ގަލަކަށް އާދެވޭނެ ފަދަ ކަންކަން ހޯދަން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަފުތާ ބަންދުގައި ޓައިވާން ކައިރިން ޗައިނާގެ އަސްކަރީ ބޯޓެއް ދަތުރު ކުރުމުން އެމެރިކާއިން އެކަން ކުށްވެރި ކުރި އެވެ. އެ ބޯޓު ދަތުރު ކުރީ އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރެއް ކައިރިންނެވެ.

އެމެރިކާއާ އެކު ކެނެޑާގެ ބޯޓުތައް ވެސް އެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ އެވެ. ޗައިނާއިން ބުނީ ޓައިވާން ކައިރީގައި ހަމަނުޖެހުން އުފައްދަން އެމެރިކާ އާއި ކެނެޑާއިން ގަސްދުގައި މަސައްކަތް ކުރި ކަމަށެވެ.

އެކަމަކު އެ ދެ ގައުމުން ބުނީ ބޯޓުތައް ދަތުރު ކުރީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ކަމަށެވެ.

މިދިޔަ މާޗް މަހު ޑިފެންސް މިނިސްޓަރު ކަމަށް ވަޑައިގެންނެވި ޖެނެރަލް ލީ ވިދާޅުވީ އެމެރިކާއިން އަދިވެސް ގެންގުޅެނީ ފިނި ހަނގުރާމައިގެ ވިސްނުން ކަމަށެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ޕްރޮވިންސެކެވެ. ލީ ވިދާޅުވީ ޓައިވާން މައްސަލަ ހޫނު ކުރަން އުޅެނީ އެ ސަރަހައްދަށް ނިސްބަތް ނުވާ ގައުމުތަކުން ކަމަށެވެ.

އެމެރިކާއިން ރަސްމީކޮށް ގުޅުން ބާއްވަނީ ޗައިނާއާ އެކު ނަމަވެސް، ޗައިނާއާ ވަކި ދައުލަތެއް ކަމަށް ވަކާލާތު ކުރާ ޓައިވާން ސަރުކާރަށް ހަތިޔާރު ފޯރުކޮށްދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox