އާބަންކޯއިން ތިނަދޫގައި ޑީކޯ ޗެމްބަރެއް ގާއިމްކުރަނީ

އޭޑީކޭގައި ހުންނަ ޑީކޯ ޗެމްބަރު؛ ތިނަދޫގައި ޑީކޯ ޗެމްބަރެއް ގާއިމްކުރެވުމުން އެތަން ވެގެންދާނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި ގާއިމްކުރެވުނު ދެވަނަ ޗެމްބަރަށް -- ފޮޓޯ: މިހާރު

އޭޑީކޭގައި ހުންނަ ޑީކޯ ޗެމްބަރު؛ ތިނަދޫގައި ޑީކޯ ޗެމްބަރެއް ގާއިމްކުރެވުމުން އެތަން ވެގެންދާނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި ގާއިމްކުރެވުނު ދެވަނަ ޗެމްބަރަށް -- ފޮޓޯ: މިހާރު

އާބަންކޯއިން ކުރިއަށް ގެންދާ "ބިޔޯންޑު ހުޅުމާލެ ޕްލޭން" ގެ ދަށުން ގދ. ތިނަދޫގައި ޑީކޯ ޗެމްބަރެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ތިނަދޫގައި ގާއިމްކުރަމުންދާ ޑީކޯ ޗެމްބަރުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ މިމަހުގެ 15 ގަ އެވެ. އެ ޑީކޯ ޗެމްބަރަކީ އާބަންކޯގެ ސީއެސްއާރްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަަމަށް އެ ކުންފުނިން ބުނެ އެވެ.

ރާއްޖޭގައި މިވަގުތު ހުރީ ޖުމްލަ ހަތަރު ޑީކޯ ޗެމްބަރެވެ. އޭގެތެރެއިން މީހުން ދިރިއުޅޭ ރަށެއްގައި ހުންނަ ހަމައެކަނި ޑީކޯ ޗެމްބަރަކީ މާލޭ އޭޑީކޭ ހޮސްޕިޓަލުގައި ހުންނަ ޗެމްބަރެވެ. އޭގެ އިތުރުން ކުރެއްދޫ އައިލެންޑު ރިސޯޓާއި ބަނޑޮސް އަދި ކަނޑިމާ ރިސޯޓުގައި ޑީކޯ ޗެމްބަރު ހުރެ އެވެ.

ހުވަދު އަތޮޅުގައި ޑީކޯ ޗެމްބަރު ގާއިމްކުރުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައި ވާއިރު، އެ އަތޮޅަކީ އެންމެ ފުޅާކޮށް މަސްވެރިކަން ކުރާ އަތޮޅެވެ. ޒަމާނީ މަސްވެރިކަމުގައި ޑައިވްކުރުމުގެ ދައުރު ބޮޑު އިރު، ޑައިވްކުރުމުގެ ތެރޭގައި ޑީކޯވެގެން ފަރުވާދޭން ޖެހޭ ހާލަތްތައް ވެސް އަންނަނީ އިތުރުވަމުންނެވެ.

އާބަންކޯއިން ބުނީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް އާންްމުންނަށް ބޭނުންވާ މިފަދަ މަޝްރުއޫތައް ކުރިއަށް ގެންދިއުމަކީ އެކުންފުނީގެ އަމާޒެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox