2028ގައި ރާއްޖޭގެ އުފެއްދުންތެރިކަން ދެގުނަވެ، 177 ބިލިއަން ރުފިޔާ އަށް ދާނެ: ރައީސް

Jun 3, 2023, 1:01 PM
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ ދެ ވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަ ކުރައްވަން ނިންމަވާފައި ވާއިރު، އެ މަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ 2028 ވަނަ އަހަރު ނިމޭއިރު އުފެއްދުންތެރިކަން ދެގުނަވެ، 177 ބިލިއަން ރުފިޔާ އަށް ދާނެ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ 2028 ނިމޭއިރު ރާއްޖޭގެ އިގުތިސޯދު ދެގުނަވެގެންދާ ދިޔުއުމަކީ ކުރު މުއްދަތަކުން ގެނެވޭނެ އެންމެ ބޮޑު އެއް ބަދަލު ކަމަށެވެ. މީގެ ފަސް އަހަރު ކުރިން 2018 ގައި ރާއްޖޭގެ ޖުމުލަ އުފެއްދުންތެރި ކަމަކީ 81 ބިލިއަން ރުފިޔާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"[އުފެއްދުންތެރިކަން ދެގުނަ ކުރުމަށް] ބޭނުންވާ ހުރިހާ މަސައްކަތެއް މިހާރު މިދަނީ ކުރަމުން. ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރުކާރު މި ވިއްދަނީ މުޅި ރާއްޖެ އެކުގައި އުފުލާލަދޭނެ އިގުތިސޯދީ ދުންކަރާސް. އޭގެ ބުޑު ބަހައްޓާނެ ބިން އައްޑޫ ސިޓީގައި މިދަނީ ސަރާސަރުވެ ފެތުރެމުން. ރާއްޖެ އެކުގައި ތަރައްގީ ނުވެ ދިވެހިން ބޭނުންވާ މަންޒަިލެއް ނުހިފޭނެ. ހަމަހަމަ އުފާވެރި ތަނަވަސް ޖަޒީރާ ދިރިއުޅުމެއް ދިވެހިންނަކަށް ނުލިބޭނެ. ރާއްޖޭގެ ދެކުނުގެ ކުރިއެރުމާއި ތަރައްގީގެ މުގޫލައިގަންނަ ޖެހޭ އެންމެ ވަރުގަދަ އެއްތަނަކީ އައްޑޫ ސިޓި،" އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

"ހަމަ މިގޮތަށް ރާއްޖޭގެ އުތުރަށް ބޭނުންވާ ހުރިހާ އިންތިޒާމެއް މި އަމާޒުގައި ސަރުކާރުން މިދަނީ ހިންގަމުން. މިއީ ފަސް އަހަރެއްގެ ފެށުމާއި އަނެއް ފަސް އަހަރެއްގެ ނިންމުމަށް ހިންގޭ 10 އަހަރުން ދިވެހިރާއްޖޭގެ އިގުތިސޯދު ދެގުނަ ކުރެވޭ އިގުތިސޯދީ ބޮޑު ބަދަލުގެ 10 އަހަރު."

ރާއްޖެ އެކުއެކީގައި ތަރައްގީ ނުވެ އުފާވެރި ދިރިއުޅުމެއް ނުލިބޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ޑިމޮކްރަސީ އާއި އައްޑޫ ރައްޔިތުންގެ އުއްމީދު

ރާއްޖޭގެ ޑިމޮކްރަސީގެ ބަދަލުގެ ތާރީހުތަކަށް ވަޑައިގަންނަވަމުން ރައީސް ސޯލިހު ވިދާޅުވީ މިއަދަކީ ތަރައްގީގެ ހެޔޮ ފާހަގަ ފެށޭ ހިސާބު ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރެޓިކު ބަދަލު އެންމެ ފުރަތަމަ ފަހުމްވި ބަޔަކީ އައްޑޫ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެ ދުވަހު އޮތީ މިއަދު މި ދެކޭ މަންޒަރާ އަދި މާދަމާގެ ކުރިއެރުމާ ތަރައްގީގެ މޭވާއަކީ ފޮނި އެއްޗަކަށް ވުމަށް ދިވެހިން ކުރި އުންމީދު. އެ އުންމީދަކީ އޭގެ ރަހައެއް ވަހެއް ކުލައެއް ނުލިބި، ތާއަބަދަށް ކުރާ ހަނގުރާމައަކަށް ވުމަށް އެއްވެސް ރައްޔިތަކު އެއްވެސް އިރަކު ނޭދޭ. ދައްޗާއި ތުލާރާއި އުނދަގުލާ ބުރަ ތަހައްމަލު ކުރަނީ އޭގެ ފަހަތުން ލިބޭނެ ހަމަޖެހުމާ ފަސޭހައިގެ އެދުމުގައި. އެ ދުވަހު ރައްޔިތުން އުފުލި ތަކުލީފުގެ އެ މަރުހަލާ ނިމިއްޖެ. މިއަދު އައްޑޫ ސިޓީންނާއި މުޅި ރާއްޖޭގެ ހުރިހާ ރަށަކުން މި ފެންނަ މަންޒަރަކީ އެ ދުވަހު ރުވި ގަސްތަކަށް ރޫފަޖެހި ކުރިލާ ހެދޭ މަންޒަރު،" ރައީސް ވިދާޅުވި އެވެ.

ދުނިޔެއަށް ހުޅުވާލެވޭ ވަރުގަދަ ސިޓީއަކަށް އައްޑޫ ސިޓީ ބަދަލު ކުރުމަކީ މާޒީގެ ތެރެއިން ތަކުރާރުކޮށް އިވުނު ދިގުލީ އަޑެއް ކަމަށާއި، ނަމަވެސް މި ސަރުކާރުން އެ އަޑު މަޑުކުރުމަށް ފަހު މި ވަނީ އަމަލީ މަސައްކަތް ފަށާފައި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މިއަދު ތިޔަ ބޭފުޅުން ތިޔަ ދެކެވަޑައިގަންނަވަނީ އޭގެ އަމަލީ މަންޒަރު. އައްޑޫ ތާރީހުގައި ހިނގާ ބިމާގުޅޭ އެންމެ ބޮޑު މަޝްރޫއު މިހާރު އެ ވަނީ މަކުހަށް ޖަހާފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

މިއަދު ފެށި އައްޑޫ ބިން ހިއްކުމުގެ 1.5 ބިލިއަން ރުފިޔާގެ މަޝްރޫއުގައި އައްޑޫގެ 190 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

އައްޑޫ ފަތުރުވެރިކަމަށް ވެސް އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖޭގެ ފަތުރުވެރިކަން 50 އަހަރު ފަހަނަ އަޅާ ދިޔައިރު ދިވެހި ފަތުރުވެރިކަމުގެ ފުނަ މިހާރު މިވަނީ ބަދަލުވާން ފަށާފައިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ރިއަލް އެސްޓޭޓު އަދި އިންޓަގްރޭޓެޑް ޓޫރިޒަމް އައްޑޫ ގޭގެ ދޮރުގައި ޓަކިޖަހާނެ ކަމަށެވެ.

"ހަންކެޑެ އަކީ ރައްޔިތުންނަށް ހިއްސާވެވޭ މި ބާވަތު ފަތުރުވަކަމަށް އެންމެ އެކަށޭނަ އައްޑޫ ސިޓީގެ ސަރަަހައްދު،" އެ މަނިކުފާނު ވިދާޅުވި އެވެ.

"މިދެންނެވި މަގުން ޓޫރިޒަމްގެ ނަފާ އައްޑޫ ސިޓީގެ ރައްޔިތުންނަށް ފަހިވާންޖެހޭ. އެކި ފަންތީގެ ފަތުރުވެރި ވަސީލަތްތަކަށް ފަހިވާ ގޮތަށް ހަންކެޑެ ފަރުމާކޮށް ތަރައްގީ ކުރާނީ މޯލްޑިވްސް ފަންޑު މެނޭޖްމެންޓު ކޯޕަރޭޝަން ލިމިޓެޑުން. އެއީ އިންޓަގްރޭޓެޑް ރިސޯޓު، ސިޓީ ހޮޓާ، ގެސްޓް ހައުސް އަދި ވޯޓާ ވިލާ އެކުލެވޭނެ ވަށާޖެހޭނެ ޕްރޮޖެކްޓެއް."

މިހާރު ވަނީ އެ މަޝްރޫ ފެށުމުގެ މަރުހާލައިގައި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox