ލެއާއޯ އިތުރު ފަސް އަހަރަށް މިލާންގައި މަޑުކުރާނެ

Jun 3, 2023, 2:46 AM
ލެއާއޯ އިތުރު ފަސް އަހަރަށް މިލާންގައި މަޑުކުރާނެ

މިލާން (ޖޫން 3) - އޭސީ މިލާނަށް ކުޅެމުން އަންނަ ފްރާންސް ވިންގް، ރަފައެލް ލެއާއޯ އިތުރު ފަސް އަހަރަށް އެ ޓީމުގައި މަޑުކުރަން ކޮންޓްރެކްޓްގައި ސޮއިކޮށްފި އެވެ.

ސްޕޯޓިން ލިޒްބަން އިން ކެރިއަރު ފެށި ލެއާއޯ، 23، މިދިޔަ ހަތަރު ސީޒަން ހޭދަކުރީ މިލާނުގަ އެވެ. ލެއާއޯ ހޯދަމުން އަންނަ ކުރިއެރުން ފެނި، ގިނަ ކްލަބްތަކެއްގެ އޮފާ އޭނާ އަށް ލިބުނު ނަމަވެސް، މިލާނުން މި ވަނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ލެއާއޯގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

އެންމެ ފަހުން ލެއާއޯ ހުރި ކޮންޓްރެކްޓް ހަމަވާން އޮތީ އަންނަ އަހަރުގެ ޖޫން މަހުގަ އެވެ. އެހެންވެ، މިލާނުން މި ވަނީ އަހަރެއްހާ ދުވަސް ކުރިން ލެއާއޯގެ ކޮންޓްރެކްޓް ކަންކަން ހަމަޔަކަށް އަޅުވައިފަ އެވެ.

ލެއާއޯ ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރީ ޗެލްސީންނެވެ. ޗެލްސީން ލެއާއޯގެ ސޮއި ހޯދަން 100 މިލިއަން ޑޮލަރުގެ ބިޑެއް ކުރި ކަަމަށް ވެސް އިޓަލީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ލެއާއޯ ވަނީ ޕޯޗުގީސް މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި އިނގިރޭސި ކްލަބަކަށް ކުޅޭނަމަ އޭނާ އެންމެ ބޮޑަށް ޝައުގުވެރިވާ ޓީމަކީ އާސެނަލް ކަމަށް ބުނެފަ އެވެ.

ހަތް ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ މިލާން އަށް ލެއާއޯ ސޮއިކުރީ 2019 ވަނަ އަހަރު ފްރާންސް ލިލް އިންނެވެ. އެ ފަހުން، ލެއާއޯ ވަނީ މިލާނަށް ކުޅެދިން 162 މެޗުން 41 ލަނޑު ޖަހައިފަ އެވެ.

މިލާނުން 2011 ވަނަ އަހަރުގެ ފަހުން ފުރަތަަމަ ފަހަރަށް މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ލެއާއޯ އަކީ ލީގުން ހޮވި މޮޅު ކުޅުންތެރިޔާ އެވެ. އަދި މި ސީޒަނުގައި މިލާނުން އިޓާލިއަން ލީގުގެ ގަދަ ހަތަރެއްގައި ނިންމައި، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދިއުމުގައި ލެއާއޯގެ ދައުރު ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox