އިންޑިއާގެ އިރުމަތީ އޮޑިއްޝާ ސްޓޭޓުގައި ދެ ރޭލު ޖެހި ހިނގި ބޮޑު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު ޔަގީން ނުވި ނަމަވެސް، 30 އާއި 50 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ 100 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.
އޮޑިއްޝާ ސްޓޭޓްގެ ޗީފް ސެކެޓްރީ ވިދާޅުވީ ބަލަސޯރް ޑިސްޓްރިކްޓުގައި ހާދިސާ ހިނގި ހިސާބަށް 50 އެމްބިއުލާންސް ފޮނުވި ކަމަށެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ޓްވީޓެއްގައި ހިތާމަ ފާޅުކުރެއްވުމަށް ފަހު މަރުވި މީހުންގެ އާއިލާތަަކަށް ތައުޒިޔާ ފޮނުއްވި އެވެ.
ރޭލުގެ ތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް ބޮޑު އޮޕަރޭޝަނެއް ދަނީ ކުރިއަށެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފެއް ނޫނެވެ.










