ދުނިޔޭގެ ވަރުގަދަ ފަސް ލީގު ތެރޭގައި ސައުދީ ލީގަށް ފުރުސަތު ލިބިދާނެ

Jun 2, 2023, 4:23 AM
ދުނިޔޭގެ ވަރުގަދަ ފަސް ލީގު ތެރޭގައި ސައުދީ ލީގަށް ފުރުސަތު ލިބިދާނެ

ރިޔާދު، ސައުދީ އަރަބިއްޔާ (ޖޫން 2) - ދުނިޔޭގެ ވަރުގަދަ ފަސް ލީގު ތެރޭގައި ސައުދީ ޕްރޮފެޝަނަލް (ޕްރޯ) ލީގު ހިމެނުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމަކު، އެ ކަމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މިދިޔަ ޖެނުއަރީ މަހު ސައުދީ ޕްރޯ ލީގުގެ ކްލަބް، އަލް ނަސްރަށް ސޮއިކުރި ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

މި އަހަރު ކުރީކޮޅުގައި، ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ރޮނާލްޑޯ، 38، އަލް ނަސްރަށް ބަދަލުވިއިރު، އެ ކްލަބުން އޭނާ އަށް ސީޒަނެއްގެ މައްޗަށް ޖެހޭ މުސާރަ އަކީ މިހާތަނަށް ފުޓްބޯޅަ ކުޅުންތެރިއަކަށް ލިބޭނެ އެންމެ ބޮޑު މުސާރަ އެވެ. ސައުދީ އަރަބިއްޔާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އަލް ނަސްރުން ރޮނާލްޑޯއާ އެކު ސޮއިކުރި ދެ އަހަރުގެ ކޮންޓްރެކްޓްގެ ޖުމްލަ އަގު، 200 މިލިއަން ޑޮލަރަށް ވުރެ ބޮޑުވާނެ އެވެ.

ސައުދީގެ ކްލަބް ފުޓްބޯޅަ ފޯރިގަދަ ކުރުމުގެ ގޮތުން އަންނަ ސީޒަނަށް އެ ގައުމުގެ ކްލަބްތަކުން އަންނަނީ ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިން ހޯދަން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، ލިއޮނަލް މެސީ، ލޫކަ މޮޑްރިޗް އަދި ކަރިމް ބެންޒެމާ ވެސް ސައުދީ ލީގަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

އަންނަ ސީޒަނުގައި ވެސް އަލް ނަސްރުން ފެންނާނެކަން ކަށަވަރުކޮށްދެމުން ރޮނާލްޑޯ ބުނީ މަޝްހޫރު ކުޅުންތެރިން ގިނަވުމަކީ ލީގަށް ލިބޭ ސަމާލުކަމާއި ފޯރިގަދަވާނެ ކަމެއް ކަމަށެވެ.

"އެ ވަރުގަދަ ނަންތައް، މަޝްހޫރު ކުޅުންތެރިން، ރަނގަޅު ޒުވާން ކުޅުންތެރިން ޓީމުތަކަށް އަންނަ ނަމަ ފެނިގެންދާނީ ވަރުގަދަ ލީގެއް، މަޝްހޫރު ގިނަ ކުޅުންތެރިން އައި ވަރަކަށް މި ލީގުގެ ފެންވަރު ވެސް ރަނގަޅުވާނެ، އެ މިސްރާބުން ކުރިއަށްދާނަމަ ސައުދީ ލީގަށް ދުނިޔޭގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ވެސް ޖާގަ ލިބިދާނެ،" ރޮނާލްޑޯ ބުންޏެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް އަދި ޔުވެންޓަސް އަށް ކުޅުނު ރޮނާލްޑޯ ބުނީ ސައުދީ ލީގުގެ އިންފްރާސްޓްރަކްޗާ އާއި ރެފްރީންގެ ފެންވަރާއި ޓެކްނޮލޮޖީގެ ކަންކަން ވެސް ރަނގަޅުކުރަން ޖެހޭ ކަމަށެވެ. އެ ގޮތުން، ޒަމާނީ މޮޑެލަށް ފުޓްބޯޅައިގެ ކަންކަން ކުރިއަށްގެންދާނަމަ އެންމެ އަވަހަށް އިސްނަގައިގެން ކުރަން ޖެހޭ އެއް ކަމަކީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ކަންކަން ކުރުން ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox