ޑިމޮކްރެޓްސް އަށް 10،000 މެމްބަރުން ހަމަކުރާނީ ރިޔާސީ ކެމްޕޭނުގެ ތެރެެއިން: ހަސަން

ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަން މަސައްކަތް ކުރަން ހުއްދަ ދިން ދުވަހު ހަސަން ލަތީފު މީޑިއާ އާ ވާހަކަދައްކަވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަން މަސައްކަތް ކުރަން ހުއްދަ ދިން ދުވަހު ހަސަން ލަތީފު މީޑިއާ އާ ވާހަކަދައްކަވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދަ ޑިމޮކްރެޓްސްގެ ނަމުގައި އަލަށް އުފައްދަން މަސައްކަތްކުރަމުން އަންނަ ޕާޓީއަށް 10،000 މެމްބަރުން ހަމަކުރެވޭނެ ކަމަށް ލަފާކުރެވެނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރާ ކެމްޕޭނުގެ ތެރެއިން ކަމަށް އެ ޕާޓީގެ މުއައްސިސު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސް އުފައްދަން ހަމަ ކުރަން ޖެހޭ 3،000 މެމްބަރުންގެ ފޯމު ހިމެނޭ ގޮތުން 3,560 ފޯމް މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) ހުށަހެޅި އެވެ. ގިނަ އަދަދެއްގެ ހަރަކާތްތެރިންނާ އެކު ބޮޑު ރަސްމިއްޔާތެއް ފަދަ ހަރަކާތެއްގެ ތެރެއިން އެ ފޯމްތައް ހަވާލުކުރެއްވުމަށް ފަހު ދަރުބާރުގޭގެ ބޭރުގައި ބޭއްވި މީޑިއާ ބްރީފިން އެއްގައި ހަސަން ލަތީފު ވިދާޅުވީ ޕާޓީ ރަޖިސްޓްރީ ވުމާ އެކު މެމްބަރުން ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް [އިލެކްޝަންސް ކޮމިޝަނުން] ހުއްދަ ދެއްވާ ފުރަތަމަ. އޭގެ ފަހުން އަޅުގަނޑުމެން ދަތުރުކުރާނެ، އަދި ހަމަ އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިހާބުގެ ކެމްޕޭން އަޅުގަނޑުމެން ފަށާނަން. އެއީ އަޅުގަނޑުމެން ދަތުރުކުރާނެ ކެމްޕޭނެއް، އަޅުގަނޑުމެން ޕާޓީއަށް ތާއީދު ހޯދަން މަސައްކަތްކުރާނެ ކެމްޕޭނެއް. އެ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ [ދިހަހާސް މެމްބަރުން] ހަމަކުރެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ހަސަން ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ފެށީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބު ވެވަޑައިގެންނެވުމާ އެކު އެމްޑީޕީގެ އެތެރޭގައި އެމަނިކުފާނު އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަނުންނެވެ.

ރިޔާސީ ޕްރައިމަރީގައި އާ މެދު އެ ފެކްޝަނުން އެންމެ ބޮޑަށް މައްސަލަ ޖެއްސި އެއް ކަމަކީ އެމްޑީޕީން 39،000 މެމްބަރުން ކަނޑާލާފައިވާ ކަމަށް ކުރި ތުހުމަތެކެެވެ. ކަނޑައިލި 39،000 މީހުންނާ އެކު ޖުލައި މަހާ ހަމައަށް ދާއިރު ފިކެރެއްގެ ދިރުމަށް 50،000 މެމްބަރުން ހަމަކުރެވިދާނެ ކަމަށް ވެސް އޭރު ބުންޏެވެ. އެވާހަކަތަކާ ގުޅުވައި ނޫސްވެރިއަކު ހަސަން ލަތީފާ މިއަދު ސުވާލުކުރީ ހަފުތާއެއްގެ ތެރޭގައި 3،500 މީހުން ސޮއިކުރުމުން އެއީ "ޖަސްޓިފައިޑް އަދަދެއް"ތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ މިފަހަރު އަމާޒު ހިފީ 3،500 މެމްބަރުން ހަމަކުރަން ކަމަށާއި ހިންގީ މެމްބަޝިޕް ޑްރައިވެއް ނޫން ކަމަށެވެ.

"މިއީ ޕާޓީ އުފެއްދުމަށް ބައިވެރިވި 3،500. އަަޅުގަނޑުމެން ހިންގީކީ މެމްބަޝިޕް ޑްރައިވެއް ނޫން. އެހެންވީމާ އެއާ ތަފާތު. މުޅިން ތަފާތު ދެކަމެއް މިއީ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އީސީއަށް މިއަދު ހުށަހެޅި ފޯމްތަކަކީ ޕާޓީ އުފެއްދުމުގެ ހަރަކާތުން އަމިއްލައަށް ސައްހަކަން ކަށަވަރުކޮށްފައިވާ ފޯމްތަކެއް ކަމަށެވެ. މާ ގިނަ އަދަދެއްގެ ފޯމް ހުށަހެނޭޅުނު ސަބަބެއްގެ ގޮތުގައި އެކަން ވެސް އޭނާ ފާހަަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox