ކައިވެނިމަތީގައި އަނބިމީހާ ކުރި ހަރަދު ހޯދަން ދައުވާ ކުރެވިދާނެ: ސުޕްރީމް ކޯޓު

ކައިވެނިމަތީގައި އަނބިމީހާ ކުރި ހަރަދު ހޯދަން ދައުވާ ކުރެވިދާނެ: ސުޕްރީމް ކޯޓު

ކައިވެނިމަތީގައި ތިބޭއިރު، އަނބިމީހާ ކުރާ ހަރަދަކީ އަނބުރާ ދޭން ނުޖެހޭ ގޮތަށް ހަދިޔާއެއްގެ ގޮތުގައި ކުރި ހަރަދެއްކަން ފިރިމީހާއަށް ސާބިތުކޮށްނުދެވޭ ނަމަ، ވަރިވާ ފަހުން ވެސް އެ ފައިސާ އަނބުރާ ހޯދަން އަންހެން މީހާއަށް ދައުވާ ކުރެވޭނެ ގޮތަށް ސުޕްރީމް ކޯޓުން މިއަދު މައްސަލައެއް ނިންމައިފި އެވެ.

މިއީ، ކައިވެންޏެއްގައި ތިއްބައި ދެ މީހަކަށް ދޫކުރި ގޯއްޗެއްގައި އިމާރާތް ކުރަން އަންހެން މީހާ ކުރި ހަރަދު، އެ ދެ މީހުން ވަރިވި ފަހުން، އަނބުރާ ހޯދުމަށް އަންހެން މީހާ ދައުވާ ކުރި މައްސަލައެކެވެ. އަންހެން މީހާ ކުރި ހަރަދު ނޭނގުނަސް، އޭނާ ކުރި ހަރަދަކީ އަނބުރާ ދޭން ނުޖެހޭ ގޮތަށް ހަދިޔާއެއްގެ ގޮތުގައި ކުރި ހަރަދެއްކަން ފިރިހެން މީހާއަށް ސާބިތުކޮށްނުދެވުމުން އިމާރާތުގެ އަގުގެ ދެބައިކުޅަ އެއްބައި އަންހެން މީހާއަށް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މި މައްސަލައިގައި އަންހެން މީހާ ކުޑަހުވަދޫ ކޯޓުގައި ދައުވާ ކުރީ، ދެ މީހުން ހަރަދު ކޮށްގެން އެޅި އިމާރާތުން ބައެއް، ކައިވެނި ރޫޅުނު ފަހުން ދަރިންނަށް ދިނުމަށް އަންހެން މީހާ އެދުމުން އެކަމަށް ފިރިހެން މީހާ އިޖާބަދީފައި ނުވާތީ، އިމާރާތް ކުރަން ކުރި ހަރަދު އަނބުރާ ހޯދުމަށެވެ.

Advertisement
ދ. ކުޑަހުވަދޫ މަގެއް. މި މައްސަލައިގައި އަންހެން މީހާ ފުރަތަމަ ދައުވާ ކުރީ ކުޑަހުވަދޫ ކޯޓުގައި
ދ. ކުޑަހުވަދޫ މަގެއް. މި މައްސަލައިގައި އަންހެން މީހާ ފުރަތަމަ ދައުވާ ކުރީ ކުޑަހުވަދޫ ކޯޓުގައި

ދ. ކުޑަހުވަދޫ މަގެއް. މި މައްސަލައިގައި އަންހެން މީހާ ފުރަތަމަ ދައުވާ ކުރީ ކުޑަހުވަދޫ ކޯޓުގައި

އަންހެން މީހާ ބުނެފައިވާ ގޮތުގައި އެ ގޯތި ލިބުނީ ކައިވެނިކޮށްގެން އުޅޭތީ ލިބުނު ޕޮއިންޓުތަކާއެކު އެވެ. އަދި ގޯތީގައި ގެއެއް އިމާރާތް ކުރީ، ދެ މީހުން ހަރަދުކޮށްގެން ކަމަށާއި އޭނާ ވެސް އެކަމަށް ބޮޑެތި ހަރަދުތަކެއް ކުރީ، ދެ މީހުންގެ ނަން މައްޗަށް އިމާރާތާއި ގޯތި ރަޖިސްޓްރީ ކުރާނެ ކަމަށް ވާހަކަ ދެކެވި އެއްބަސްވެފައި އޮތުމުން ކަމަށެވެ.

ގެ އިމާރާތް ކުރުމަށް އަންހެން މީހާ އަތުން ހަރަދުވި ކަމަށް އޭނާ އަންދާޒާ ކުރި 1،248،546ރ. ހޯދަން ކުޑަހުވަދޫ ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން ނިންމީ އެ ފައިސާ ދޭން ޖެހޭ ތަނެއް ނެތް ކަމަށެވެ. ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ރައުޔު ތަފާތުވި މައްސަލައިގައި ފަނޑިޔާރުންގެ އަގުލަބިއްޔަތުން ވަނީ ކުޑަހުވަދޫ ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި މިއަދު ކުރި ހުކުމުން އެނގޭ ގޮތުގައި، އަނބިމީހާއަކީ ހަރަދުކުރުން ލާޒިމު މަގާމެއްގައި ހުންނަ މީހަކަށް ނުވާއިރު، އެ ހަރަދު އަނބުރާ ހޯދަން ދައުވާކޮށްފި ނަމަ އެއީ ހަދިޔާއެއް ނޫންކަން ސާބިތުކޮށްދޭން ޖެހޭނީ ފިރިމީހާ އެވެ.

މި މައްސަލައިގައި، ދައުވާ ލިބުނު ފިރިހެން މީހާ ބުނެފައި ވަނީ އަންހެން މީހާ ކުރި ހަރަދަކީ ކައިވެނިކޮށްގެން ތިބި އިރު، ދެމަފިރިންގެ ދިރިއުޅުމަށް، ތަބައްރުޢުގެ ގޮތުގައި އަނބުރާ ދޭން ނުޖެހޭ ގޮތަށް ކުރި ހަރަދެއް ކަމަށެވެ. އެކަމަކު، އެއީ އަނބުރާ ދޭން ނުޖެހޭ ގޮތަށް ކުރި ހަރަދެއް ކަމަށް ބުނާ ނަމަ އެކަން ސާބިތުކޮށްދޭންވާންޖެހޭ އިރު، ފިރިހެން މީހާ އެހެން ބުނާ ބުނުން ފިޔަވައި އެކަމަށް ބާރުދޭ ހެއްކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ. ހުކުމުގައި ވަނީ، އަންހެން މީހާ ކުރި ހަރަދަކީ އެއީ އަނބުރާ ދޭން ނުޖެހޭ ގޮތަށް ކުރި ހަރަދެއް ކަމަށް ފިރިހެން މީހާއަށް ސާބިތުކޮށްނުދެވޭ ކަމަށެވެ.

ހަރަދު ކުރުން ލާޒިމު ނޫން ފަރާތަކުން ހަރަދު ކުރި ފައިސާއަކީ އަނބުރާ ދޭން ނުޖެހޭ ގޮތަށް، ތަބައްރުޢުގެ ގޮތުގައި ދިން ފައިސާކަން ސާބިތުނުވާ ނަމަ، އެ ހަރަދު ކުރި ފަރާތުން އެދޭ ނަމަ ފައިސާ ދޭން ވާނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓު -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަންހެން މީހާ ކުރި ސީދާ ހަރަދު ސާބިތުވާ އެއްވެސް ހެއްކެއް ނެތަސް، އޭނާ ހަރަދު ކުރި ކަމަށް ދައުވާ ލިބޭ ފިރިހެން މީހާ ޝަރީއަތުގެ އެކި މަރުހަލާތަކުގައި އެއްބަސްވެފައިވާތީ، އަންހެން މީހާއަށް މި މައްސަލައިގައި ފަރުވާއެއް ލިބެން ޖެހޭ ކަމަށް ހުކުމުގައިވެ އެވެ.

ދެ މީހުންގެ ނަން މަތީގައި އިމާރާތް ރަޖިސްޓްރީ ކުރުމަށް އެއްބަސްވުމެއް ހަދާފައިނުވާ ކަމަށް ފިރިހެން މީހާ ބުނެފައި ވާއިރު، ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ އެއްބަސްވުމަކަށް ވާސިލުވުމުގެ ކުރިން އެއްބަސްވުމުގައި ހިމެނޭ ފަރާތަކުން ކުރި ހަރަދު ނުވަތަ އެއްބަސްވުމެއްގެ ބައިވެރިއަކަށް ލިބުން ހައްގު މިންވަރު ނަގައިދިނުމަށް، ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް އޮތުން ލާޒިމު ނޫން ކަމަށެވެ.

"މުއާމަލާތަކާ ގުޅިގެން ކޮންޓްރެކްޓެއް އޮތްކަން ނުވަތަ ނޫންކަން ސާފުކޮށް އެނގެން ނެތް ނަމަ މުއާމަލާތުގެ މައިގަނޑު ކަންކަމަށް ދެ ފަރާތުން އެއްބަސްވެ، އެއް ވިސްނުމެއްގައި މުއާމަލާތު ފުރިހަމަ ކުރުމަށް ޓަކައި މަސައްކަތްކޮށްފައިވާ ކަމުގެ މައްޗަށް ހެކި ހުރެއްޖެ ނަމަ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނުވަތަ ކޮންޓްރެކްޓެއް އޮތް ކަމަށް ބެލެވޭނެ،" ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ދެ ފަރާތުގެ ދެމެދުގައި ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް ނެތަސް އަންހެން މީހާ ހަރަދު ކުރި ކަމާ މެދު ފިރިހެން މީހާ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ދެބަސްވެފައި ނެތްކަން ހުކުމުގައި ފާހަގަކުރި އެވެ. އެކަމަށް ފިރިހެން މީހާ ވެސް އެއްބަސްވާއިރު، ދެބަސް ވަނީ ހަރަދު ކުރި މިންވަރާ މެދުކަން ހުކުމުގައި ފާހަގަކުރި އެވެ.

މި ހާލަތުގައި [އަންހެން މީހާގެ] ހަރަދުކުރިކަން ހާމަވުމަށްފަހު، އެ ހަރަދުގެ މިންވަރު އެނގެން ނެތް ކަމުގައި ބަލައި، ކުރި ހަރަދުގެ އެއްވެސް މިންވަރެއް [އަންހެން މީހާ]އަށް ނުލިބި މައްސަލަ ނިމިގެންދިޔުމަކީ އިންސާފުވެރިގޮތެއް ކަމުގައި ގަބޫލުކުރަން އަހުރެންނަށް ދައްޗެވެ

އެކަމަކު، ދެ މީހުން ވެސް އިމާރާތް ކުރަން ހަރަދު ކުރިކަން އެނގޭ އިރު އެއްވެސް މީހަކު ރެކޯޑު ބަލަހައްޓާފައި ނުވާތީ ކޮންމެ މީހަކު ހަރަދު ކުރީ ކިހާ ވަރެއް ކަމެއް މި މައްސަލައިގައި އެނގެން ނެތެވެ. އަންހެން މީހާ ކޯޓަށް ހުށަހެޅި އަދަދަކީ އަންދާޒީ ލަފައެކެވެ.

އެހެންވެ، ފަރުވާއެއްގެ ގޮތުގައި، ސުޕްރީމް ކޯޓުން ނިންމީ، އިމާރާތް ހުރި ހާލަތަށް ބަލައި އެތަން އަގުކޮށް، އެ އަގުގެ ދެބައިކުޅަ އެއްބައި އަންހެން މީހާއަށް ލިބިގެންވާ ކަމަށެވެ. އަދި އެ ބައި އަންހެން މީހާއަށް ލިބިދިނުމަށް މައްސަލަ ކުޑަހުވަދޫ ކޯޓަށް ފޮނުވަން ނިންމި އެވެ.

"މި ހާލަތުގައި [އަންހެން މީހާގެ] ހަރަދުކުރިކަން ހާމަވުމަށްފަހު، އެ ހަރަދުގެ މިންވަރު އެނގެން ނެތް ކަމުގައި ބަލައި، ކުރި ހަރަދުގެ އެއްވެސް މިންވަރެއް [އަންހެން މީހާ]އަށް ނުލިބި މައްސަލަ ނިމިގެންދިޔުމަކީ އިންސާފުވެރިގޮތެއް ކަމުގައި ގަބޫލުކުރަން އަހުރެންނަށް ދައްޗެވެ." މަހާޒުގެ ރައުޔުގައިވެ އެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެެވެ. އޭނާގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން ތާއީދުކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox