އާޔާގެ ނަމުގައި 24 ގަޑިއިރު ޗެޓު ކުރެވޭ ބޮޓެއް ބީއެމްއެލުން ތައާރަފުކޮށްފި

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ބޭންކުގެ ސީއީއޯ، ކާލް ސްޓުމްކަ އާއި ޑިރެކްޓާ އޮފް ކަސްޓަމާ ސާވިސް، ގުލްނާޒް މާހިރު މައުލޫމާތު ދެއްވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ބޭންކުގެ ސީއީއޯ، ކާލް ސްޓުމްކަ އާއި ޑިރެކްޓާ އޮފް ކަސްޓަމާ ސާވިސް، ގުލްނާޒް މާހިރު މައުލޫމާތު ދެއްވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރާއްޖޭގެ އެންމެ ގިނަ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދޭ، ބީއެމްއެލުން ދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތުތައް ފަސޭހަކަމާ އެކު، ހޯދާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޗެޓު ބޮޓެއް އެ ބޭންކުން ތައާރަފުކޮށްފި އެވެ.

އާޔާގެ ނަމުން ނަން ދީފައިވާ އެ ބޮޓުގެ ހިދުމަތް 24 ގަޑިއިރު، މެދުކެނޑުމެއް ނެތި ލިބޭނެ އެވެ. އެ ބޮޓާ ޗެޓު ކުރެވޭނީ ދިވެހި އަދި އިނގިރޭސި ބަހުންނެވެ. ދިވެހިން ޗެޓު ކުރާނަމަ، ލިޔަން ޖެހޭނީ ދިވެހި ފޮންޓުންނެވެ. އެގޮތުން ވައިބާ، ވަޓްސްއެޕް، އިންސްޓަގްރާމް، ފޭސްބުކް އަދި އެ ބޭންކުގެ ވެބްސައިޓުން ވެސް އާޔާ އާ ޗެޓު ކުރެވޭނެ އެވެ.

އެ ބޮޓު ތައާރަފު ކުރުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެއްސެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ، ކާލް ސްޓުމްކަ ވިދާޅުވީ މުޅި ދުނިޔެ ވެސް މިދަނީ ޑިޖިޓަލައިޒް ވަމުން ކަމަށާއި ބޭންކެއްގެ ގޮތުގައި ބީއެމްއެލްގެ މިސްރާބު ވެސް ހުރީ އެ ދިމާލަށް ކަމަށެވެ.

އަދި, މިއީ ބީއެމްއެލް ކުރިއަރައިގެން ދިއުމަށް ކުރާ ދަތުރުގެ ފަހު މަންޒިލް ނޫން ކަމަށާއި ބޭންކުގެ ހިދުމްތަތައް ރަނގަޅު ކުރުމުގެ ދަތުރު އަދިވެސް ބާރަށް ކުރިއަށް ގެންދާނެ ކަމަށް އެނާ ވިދާޅުވި އެވެ.

"ބޭނުމަކީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން، އަވަހަށް ހިދުމަތް ދިނުން އަދި ވީހާވެސް ފަރުވާތެރިކަމާ އެކު އެކަން ކުރުން،" ކާލް ވިދާޅުވި އެވެ.

ބީއެމްއެލްގެ ސީއީއޯ، ކާލް ސްޓުމްކަ ވާހަކަދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން
ބީއެމްއެލްގެ ސީއީއޯ، ކާލް ސްޓުމްކަ ވާހަކަދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން

ބީއެމްއެލްގެ ސީއީއޯ، ކާލް ސްޓުމްކަ ވާހަކަދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން

އޭނާ ވިދާޅުވީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބަލާއިރު، އަހަރުމެންނަކީ އިންސާނުން ކަމަށް ވުމުން ބައެއް ފަހަރު ހިދުމަތް ދިނުމުގައި ވެސް ކުށް ކުރެވޭ ކަމަށާއި ބޭންކު ޑިޖިޓަލައިޒް ކުރުމުން ކަސްޓަމަރުންނަށް ލިބޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެ ހިދުމަތް ހޯދާ މީހުންގެ ވަގުތު ވެސް އެތައް ގުނަ އަކުން ސަލާމަތްވެގެން ދާނެ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ ބީއެމްއެލްއަކީ ކުޑަ ބޭންކެއް ނޫން ކަމަށާއި އެ ބޭންކަށް އަހަރެއްގެ މައްޗަށް 1،000،000 (އެއް މިލިއަން) ކޯލް ލިބޭ ކަމަށެވެ. އެ އަދަދު ކޮންމެ އަހަރަކު އިތުރުވަމުން އައުމަކީ އެއީ ހިދުމަތް ލަސް ކުރުމަށް ދެއްކޭނެ އުޒުރެއް ނޫން ކަމަށެވެ.

"ކޯލް ސެންޓަރުތަކަށް އަންނަ ޕްރެޝަރު ކުޑަ ކުރެވޭނީ ހިދުމަތް ދެވޭނެ އިތުރު ގޮތްތަކެއް ހޯދައިގެން، މިހާރު ހުރިހާ އެންމެންނަކީ ވެސް ކޮންމެވެސް ސިފައެއްގައި ސޯޝަލް މީޑިއާ ބޭނުން ކުރާ މީހުން، އެހެންވީމާ އެ ފަސޭހަ އަޅުގަނޑުމެން މި ހޯދަނީ،" ކާލް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްގެ ޑިރެކްޓާ އޮފް ކަސްޓަމާ ސާވިސް، ގުލްނާޒް މާހިރު ވެސް ވަނީ އެ ބޭންކުގެ ކޯލް ސެންޓަރުތަކަށް ލިބޭ ފޯނުކޯލުތަކުގެ ބައެއް ތަފާސް ހިސާބުތައް ހިއްސާ ކުރައްވައި، އާޔާ އާ އެކު ހިދުމަތުގެ ފެންވަރު ބޮޑުތަނުން ރަނގަޅުވެގެން ދާނެކަން ފާހަގަކުރައްވާފަ އެވެ.

"މި އަހަރުގެ އޭޕްރިލް މަހާ ހަމައަށް ބަލައިލި ކަމުގައިވިޔަސް 400،000 (ހަތަރުލައްކަ) މުއާމަލާތް ވަނީ ކޯލް، އީމެއިލް، އެސްއެމްއެސް، ޗެޓް މެދުވެރިކޮށް އަޅުގަނޑުމެންނަށް ފޯރުކޮށްދެވިފައި، ބޭންކަށް ލިބޭ ކޯލުގެ ގާތްގަނޑަކަށް 80 ޕަސެންޓަކީ އަޅުގަނޑުމެން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށްޓަކައި އަޅުގަނޑުމެންނާއި ކަސްޓަމަރުންނާ ދެމެދު ކުރެވޭ މުއާމަލާތް" އާޔާގެ ހިދުމަތް ތައާރަފު ކުރުމާއެކު ލިބޭނެ ފަސޭހަތައް ފާހަގަކުރައްވައި ގުލްނާޒް ވިދާޅުވި އެވެ.

"މިސާލަކަށް ދަންނަވާ ނަމަ، އަޅުގަނޑުމެން ދޫކުރާ ކާޑުތަކުގެ ބާވަތްތައް، ލިމިޓުތައް، އިންޓަނެޓު ބޭންކިން ނުވަތަ އެޕު މެދުވެރިކޮށް އެހެން ހިދުމަތްތައް ހޯދާނެ ގޮތުގެ މައުލޫމާތު، އާޔާގެ ސާވިސް ލޯންޗު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކަސްޓަމަރުން އެ ބޭނުންފުޅުވާ މައުލޫމާތުތައް އެ ބޭފުޅުން ބޭނުންފުޅުވާ ގަޑިއެއްގައި ވީހާވެސް އަވަހަކަށް ވީހާވެސް ފަސޭހައިން ފޯރުކޮށްދިނުން،'' އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ ޑިރެކްޓާ އޮފް
ބީއެމްއެލްގެ ޑިރެކްޓާ އޮފް

ބީއެމްއެލްގެ ޑިރެކްޓާ އޮފް ކަސްޓަމާ ސާވިސް، ގުލްނާޒް މާހިރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އޭނާ ވިދާޅުވީ އާޔާ ޑިޒައިންކޮށްފައި ވާނީ ކަސްޓަމަރުން އެންމެ ގިނައިން ހޯދާ މައުލޫމާތުތަކަށް ބަލައިގެން ކަމަށެވެ. ނަމަވެސް ހާއްސަ ހާލަތެއްގައި ނަމަ، ލައިވްކޮށް ވަގުތުން ބޭންކުގެ މުވައްޒަފަކާ ގުޅުވައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިނގިރޭސި ބަހާއި ދިވެހި ބަހުން ވެސް މައުލޫމާތު ހޯދޭނެ، އަދި މުހިންމު ހާލަތެއް އައިސްފި ނަމަ، ލައިވް ކަސްޓަމަ އޭޖެންޓަކާ ވެސް [އާޔާ] ކަނެކްޓު ކޮށްދޭނެ،" ގުލްނާޒް ވިދާޅުވި އެވެ.

ކަސްޓަމަރުންގެ ގޮތުގައި 325،000 އަށްވުރެ ގިނަ ކަސްޓަމަރުން ތިބި ބީއެމްއެލުން އަލަށް މިއަދު ތައާރަފު ކުރި ބޮޓާ އެކު އެ ބޭންކުގެ ހިދުމަތެއް ހޯދުމަށް މީގެ ކުރިން ކޯލް ސެންޓަރަށް ގުޅައިގެން އެ ހޭދަ ކުރާ ވަގުތު އިންތިހާއަށް މަދުވެގެންދާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލްގެ ކޯލް ސެންޓަރުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މިދިޔަ އަހަރު ވެސް ވަނީ ހުޅުމާލޭގައި އިތުރު ކޮންޓެކްޓު ސެންޓަރެއް ހުޅުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox