ޗައިނާއިން 2030 ގެ ކުރިން ހަނދަށް މީހުން ފޮނުވަނީ

ޗައިނާއިން 2030 ގެ ކުރިން ހަނދަށް މީހުން ފޮނުވަނީ

ޗައިނާގެ އެސްޓްރޮނޯޓުން 2030 ގެ ކުރިން ހަނދަށް ފޮނުވަން ރާވާފައިވާ ކަން އިއުލާންކޮށް، ޖައްވީ ދިރާސާތަކުގެ ދާއިރާއިން އެމެރިކާއާވާ ވާދަވެރިކަން އިތުރަށް ވަރުގަދަކޮށްފި އެވެ.

މިކަން އިއުލާން ކޮށްފައި ވަނީ ޗައިނާގެ ފުރަތަމަ އާންމު ރައްޔިތެއް ހިމެނޭ ގޮތަށް ތިން އެސްޓްރޮނޯޓުން ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލާފައިވާ ދަނޑިވަޅެއްގަ އެވެ.

ނާސާއިން 2025 ގެ ކުރިން އެމެރިކާގެ އެސްޓްރޮނޯޓުން އަލުން ހަނދަށް ފޮނުވުމަށް އަމާޒު ހިފާފައިވާއިރު، ޗައިނާ މޭންޑް ސްޕޭސް އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރު ލިން ޝިކިއަންގް ވަނީ މިއިއުލާންކޮށް ހަނދުގެ ސަރަހައްދުން ހޯދަން ރާވާފައިވާ ސައިންޓިފިކް އަދި ޓެކްނޮލޮޖިކަލް ދިރާސާތައް ވެސް ހާމަކޮށްފަ އެވެ.

ޖިއުކުއަން ސެޓެލައިޓް ލޯންޗް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލިން ވިދާޅުވީ "އަމާޒަކީ 2030 ވަނަ އަހަރުގެ ކުރިން އިންސާނުންނާ އެކު ޗައިނާގެ ޖައްވީ އުޅަނދެއް ހަނދަށް ޖެއްސުން ހަގީގަތަކަށް ހެދުމާއި، ހަނދުގެ ބިމުގައި ސައިންޓިފިކް ދިރާސާތަކާއި އެއާ ގުޅުންހުރި ޓެކްނޮލޮޖީގެ ޑެމޮންސްޓްރޭޝަންތައް ކުރިއަށް ގެންދިއުމާއި، ދަތުރުފަތުރުގެ ނިޒާމެއް ތަރައްގީކުރުމާއި ހަނދުގައި މަޑުކުރެވޭނެ ނިޒާމެއް ގާއިމުކުރުން," ކަމަށެވެ.

ޗައިނާގެ އެސްޓްރޮނޯޓުން ހަނދުގައި ތަފާތު ހަރަކާތްތައް ހިންގާއިރު، ސާމްޕަލް އެއްކުރުމާއި، ދިރާސާތައް ކުރުމާއި، ހަނދުގެ އަސްލާއި އިރުގެ ނިޒާމުގެ ތަރައްގީއާ ބެހޭ ގޮތުން މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރާނެ އެވެ. މި މިޝަނަކީ ޗައިނާގެ ޖައްވީ މިޝަންތައް ދުނިޔޭގެ ލޯ އޯބިޓުން ބޭރަށް ފުޅާވެ، ފުން ޖައްވަށް ވަދެވޭނެ މިޝަންތަކެކެވެ.

ޗައިނާގެ އެންމެ ފަހުގެ ޖައްވީ މިޝަން ކަމަށްވާ ޝެންޒޯ-16 ޖައްވީ އުޅަނދު ގޯބީ ސަހަރާގެ ޖިއުކުއަން ސެންޓަރުން ފޮނުވާލީ އަންގާރަ ދުވަހުގެ ހެނދުނު 9:31 ހާއިރު އެވެ.

ފަސް މަސް ދުވަހުގެ މި މިޝަނަކީ ޗައިނާގެ ޖައްވީ ޕްރޮގްރާމަށާއި އެގައުމުގެ ޓިއަންގޮންގް ސްޕޭސް ސްޓޭޝަން އަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. ޓިއަންގޮންގް ފުރިހަމައަށް އޮޕަރޭޝަން ކުރަން ފެށީ 2022 ވަނަ އަހަރުގެ ފަހުކޮޅު އެވެ. ޓިއަންގޮންގް އޯބިޓްގައި 15 އަހަރު ވަންދެން އޮންނާނެ ކަމަށް ބެލެވެ އެވެ.

އަޒުމް ވަރުގަދަ އުންމީދުތަކާއެކު ޗައިނާއިން ދަނީ ޖައްވީ ހޯދުމުގެ ދާއިރާގައި ބޮޑު ދައުރެއް އަދާކުރަމުންނެވެ. ޖައްވުގައި ޗައިނާއިން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާ އިރު މާސްއަށް ރޯވަރެއް ފޮނުވުމާއި، ހަނދުގެ ދުރު ފަރާތުގައި ރޮބޮޓިކް ޖައްވީ އުޅަނދެއް ކާމިޔާބުކަމާއެކު ޖެއްސުމާއި، ދުނިޔޭގެ ލޯ އޯބިޓްގައި ސްޕޭސް ސްޓޭޝަނެއް ގާއިމުކުރުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox