ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް އަނެއްކާ ވެސް ސުއޫދު

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް އަނެއްކާ ވެސް ސުއޫދު

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އަނެއްކާ ވެސް އިންތިހާބުވެއްޖެ އެވެ.

ޖަމިއްޔާގެ އިސް މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ ގޮތަށް އެ މަގާމުތަކަށް ކުރިމަތިލާން މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކުރި އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން ކޮންމެ މަގާމަކަށް ވެސް އެންމެ ފަނޑިޔާރަކު ކުރިމަތިލާފައިވުމުން އިތުރު ވޯޓަކަށް ނުގޮސް އެ މަގާމުތަކަށް ކުރިމަތިލި ފަނޑިޔާރުން ވަނީ އިންތިހާބު ވެފަ އެވެ.

ބަޔާނުގައިވާ ގޮތުން ޖަމިއްޔާގެ ރައީސްގެ މަގާމަށް އިންތިހާބުވެފައިވަނީ ފަނޑިޔާރު ސުއޫދެވެ. ސުއޫދަކީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

މިދިޔަ އަހަރު ޖޫން މަހު ސުއޫދު އެ މަގާމަށް، ޖަމިއްޔާގެ ހިންގާ ކޮމިޓިން އައްޔަންކުރީ އޭރު އެ މަގާމުގައި ހުންނެވި އަބްދުއްރައޫފް އިބްރާހީމް ހައި ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުން، ޖަމިއްޔާގެ ރައީސްގެ މަގާމު ވެސް ހުސްވުމުންނެވެ.

ޖަމިއްޔާގެ އިސް މާގަމުތަކަށް އިންތިހާބުވި ފަނޑިޔާރުން؛

  • ރައީސް؛ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު
  • ނައިބު ރައީސް؛ ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު
  • ސެކްރެޓަރީ ޖެނެރަލް؛ ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ މުހައްމަދު ސޯދިގު
  • އިންތިޒާމު ސެކްރެޓަރީ؛ ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ހަސަން ޝިޔާމް
  • ޚަޒާންދާރު؛ ސިވިލް ކޯޓުގެެ ގާޒީ އަހުމަދު ރަޝީދު
  • ޚަޒާންދާރުގެ އެހީތެރިޔާ؛ ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ އާޒިމް ހަސަން
  • ތަރުޖަމާނު؛ ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު

ފަނޑިޔާރުން އިސް ނަގައިގެން މި ޖަމިއްޔާ އެންމެ ފުރަތަމަ އުފެއްދީ 2008 ގަ އެވެ. ނަމަވެސް ގިނަ ދުވަހެއް ނުވެ ޖަމިއްޔާގެ މަސައްކަތް ހުއްޓުނެވެ. އޭގެ ފަހުން ވުޖޫދު ކުރެވުނު ފަނޑިޔާރުންގެ ގާނޫނުގައި ވެސް ފަނޑިޔާރުންގެ ޖަމިއްޔާއެއް ހެދުމުގެ ހައްގު ދީފައިވެ އެވެ. އެކަމަކު އެއް ވަގުތަކަށް ހިންގޭނީ އޭގެ އެންމެ ޖަމިއްޔާ ކަމަށް ބުނެފައިވެ އެވެ.

މިހާރު ހިންގަމުންދާ ފަނޑިޔާރުންގެ ޖަމިއްޔާއަށް ހިންގުމުގެ ހުއްދަ ޔޫތު މިނިސްޓްރީން ދީފައި ވަނީ 2019 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox