އިންޑިއާއިން ބޭނުންވަނީ ކަޝްމީރުގެ ލީޑަރަށް މަރުގެ އަދަބު ދޭން

ޖައްމު ކަޝްމީރް ލިބެރޭޝަން ފްރަންޓްގެ ޗެއާމަން މުހައްމަދު ޔާސިން މާލިކް (ވ) އަދި ކަޝްމީރުގެ މިނިވަންކަމަށް ވަކާލާތު ކުރާ އެހެން ވެރިން. -- ފޮޓޯ: އޭއެފްޕީ

ޖައްމު ކަޝްމީރް ލިބެރޭޝަން ފްރަންޓްގެ ޗެއާމަން މުހައްމަދު ޔާސިން މާލިކް (ވ) އަދި ކަޝްމީރުގެ މިނިވަންކަމަށް ވަކާލާތު ކުރާ އެހެން ވެރިން. -- ފޮޓޯ: އޭއެފްޕީ

ސްރީނަގަރް، އިންޑިއާ (މޭ 26) - ކަޝްމީރުގެ މިނިވަން ކަމަށް މަސައްކަތް ކުރާ އިސް ލީޑަރަކަށް މަރުގެ އަދަބު ދޭން އެދިފައިވާނެ ކަމަށް އިންޑިއާގެ ޓެރަރިޒަމާ ދެކޮޅު ތަހުގީގީ އެޖެންސީން ހުކުރު ދުވަހު ބުނެފި އެވެ.

އުމުރުން 57 އަހަރުގެ މުހައްމަދު ޔާސިން މާލިކްގެ މައްޗަށް މީގެ ކުރިން ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އޭނާއަކީ ޖައްމު ކަޝްމީރް ލިބެރޭޝަން ފްރަންޓް (ޖޭކޭއެލްއެފް) ލީޑަރެވެ.

އިންޑިއާއިން މާލިކް ހައްޔަރުކޮށް ޝަރީއަތް ހިންގަން ފެށުމުން، ސަރުކާރުގެ ވަކީލަކު އައްޔަނު ކުރަން އަދި އަމިއްލަ ދިފާއުގައި ވާހަކަދައްކަން އޭނާ ދެކޮޅު ހެދި އެވެ.

Advertisement

އޭނާގެ އުމުރަށް ޖަލަށް ހުކުމް ކުރީ، ޓެރަރިޒަމަށް ފަންޑު ކުރި ކަމަށް އިއުތިފާރުވުމުންނެވެ. އޭރު ވެސް ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީއިން ކޯޓުގައި އެދުނީ މަރުގެ އަދަބެވެ.

އެކަމަކު ކޯޓުން ނިންމީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ. ހުކުރު ދުވަހު އެ އިދާރާއިން ދެ ވަނަ ފަހަރަށް ނިއު ދިއްލީގެ ހައި ކޯޓުގައި އެދުނީ އޭނާއަށް މަރުގެ އަދަބު ދިނުމަށެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު އޮންނާނެ އެވެ.

މާލިކްގެ ޖޭކޭއެލްއެފްއިން ވަނީ 1989 ވަނަ އަހަރު ކަޝްމީރަށް މިނިވަންކަން ހޯދަން ހަނގުރާމަކޮށްފަ އެވެ. އެ ގްރޫޕުން ބޭނުންވަނީ ކަޝްމީރަކީ މުޅިން މިނިވަން ވަކި ދައުލަތަކަށް ހެދުމަށެވެ.

މިހާރު ކަޝްމީރް އޮންނަނީ އިންޑިއާ އާއި ޕާކިސްތާނަށް ދެފަޅިކޮށްފަ އެވެ. ޖޭކޭއެލްއެފްގެ ހަނގުރާމަވެރިން ބަލިކުރަން އިންޑިއާ ސިފައިން ކުރި މަސައްކަތުގައި އެތައް ހާސް އާއްމު ރައްޔިތުން މަރުވި އެވެ.

އޭގެ ފަހުން 1994 ގައި މާލިކް ވަނީ ހަނގުރާމަ ކުރުން ހުއްޓާލައި، ސުލްހަވެރި މަސައްކަތުގެ ތެރެއިން ކަޝްމީރަށް މިނިވަންކަން ހޯދަން ކެމްޕެއިނެއް ފަށައިފަ އެވެ. އޭނާ ވަނީ އެ ކެމްޕެއިންގެ ތެރެއިން އިންޑިއާގެ ދެ ބޮޑު ވަޒީރުންނާ ބައްދަލުކޮށްފަ އެވެ.

އިންޑިއާއިން ތަކުރާރުކޮށް އޭނާ ޖަލުގައި ބަންދުކުރި އެވެ. ޖަލުގައި 14 އަހަރު ހޭދަކުރި އިރު ލާއިންސާނީ އަމަލުތައް ހިންގި ކަމަށް މާލިކް ތުހުމަތުކުރެ އެވެ. އެންމެ ފަހުން އޭނާ ހައްޔަރު ކުރީ 2018 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox