މަޖިލީހުގެ ނައިބުރައީސް ކަމަށް އީވާ ގެންނަން ކުރިން ވެސް ބޭނުމެއް ނުވޭ: ނިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މީޑިއާއާ ވާހަކަދައްކަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މީޑިއާއާ ވާހަކަދައްކަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމަށް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒަށް ފާޑުވިދާޅުވެ، އީވާ ދެއްކެވި ވާހަކައަށް އޭނާ މިއަދު ރައްދު ދެއްވައިފި އެވެ.

މެމްބަރު އަލީ ނިޔާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅެކެވެ. އީވާގެ އިތުބާރު ނެތްކަމަށް ކަނޑައަޅަން 50 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް މައްސަލަ ވެއްދުމުން އީވާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުރުހުން ވެސް އެންމެ ބޮޑަށް އަމާޒުވީ އޭނާއަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވިދާޅުވީ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައަަށް ސޮއިދެއްވީ މެޖޯރިޓީއަށް ތަބާވުމުގެ ގޮތުން ކަމަށް ވިދާޅުވީ އަލީ ނިޔާޒަށް "ޑިމޮކްރަސީ ނޭނގޭތީ" ކަމަށެވެ.

"ހުޅުމާލޭ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ނިޔާޒު ކޮންމެވެސް ވަޓްސްއެޕް ގްރޫޕެއްގައި ލިއުއްވާފައި އޮއްވާ އަޅުގަނޑުމެން ދުށިން އަގުލަބިއްތަށޭ ތިމަންނަ ތަބާވާނީ. އަގުލަބިއްޔަތަށް ތަބާ ވުމަކީ އަދި ޑިމޮކްރަސީއެއް [ނޫން] ޑިމޮކްރަސީގެ ތިއަރީ އަދި އެނގިވަޑައި ނުގަންނަވަނީ ކަންނޭންގެ،" އީވާ ވިދާޅުވި އެވެ.

އެވާހަކައަށް ރައްދު ދެއްވައި މިއަދު ކުރެއްވި ޓްވީޓެއްގައި އަލީ ނިޔާޒު ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާ ގެންނަން ކުރިން ވެސް އެދިވަޑައިނުގަންނަވަން ކަމަށާއި އެދިވަޑަައިގެންނެވީ މަޖިލީހުގެ ރައިސް ކަމަށް އީވާ ވަޑައިގަންނަވަން ކަމަށެވެ.

"އަޅުގަނޑަކީ އެއްވެސް އިރެއްގައި އިވާ މަޖްލިސް ނައިބް ރައީސް ކަމަށް ގެންނަން ބޭނުންވި މީހެއް ނޫން. އަޅުގަނޑު އީވާގެ ކިބައިން އެދުނީ މަޖްލިސް ރައީސް ކަމަށް އައުމަށް. ވަރަށް ގިނަ ސަބަބުތައް އޮތީމަ. އެކަން އިވާ އަށް ކިޔާދިނިން. އޭރުވެސް ތަބާވީ ޕާޓީގެ މެޖޯރިޓީ އަށް. މި ފަހަރުވެސް އެގޮތައް،" އަލީ ނިޔާޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީން މަސައްކަތް ފެށީ އޭނާ އެޕާޓީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ ހަރަކާތާ ގުޅިވަޑައިގެންނެވުމުންނެވެ. މަޖިލީހުގެ ނައިބު ރައީސް ކަަމަށް އީވާ އަދި ރައީސްކަމަށް ނަޝީދު އައްޔަންކުރީ މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީއަށް ލިބުމާ އެކު 2019 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox