ތިން ޓީމު ކަރުތާ ފެނުގައި، ސަލާމަތްވާނީ ކޮން ޓީމެއް؟

May 28, 2023, 11:23 AM
ތިން ޓީމު ކަރުތާ ފެނުގައި، ސަލާމަތްވާނީ ކޮން ޓީމެއް؟

މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުތައް މިރޭ ކުޅޭނެ އެވެ. ފަހު ދުވަހަށް ލީގު ކުރިމަތިލާއިރު، ޗެމްޕިއަން ޓީމާއި ގަދަ ހަތަރެއްގެ ޖާގަތައް ހޯދި ކަނޑައެޅި ފައެވެ. ފަހު ދުވަހުގެ މެޗުތަކުގައި، ވާދަވެރިކަމާއި ފޯރި ގަދަވެފައިވަނީ ރެލިގޭޝަނުން ސަލާމަތްވުމުގެ ހަނގުރާމައަށެވެ. ފަހު ދުވަހަށް ކުރިމަތިލާއިރު، ރެލިގޭޝަންގެ ބިރު ތިން ކްލަބަކަށް އެބައޮތެވެ. އެއީ ލެސްޓާ ސިޓީ އާއި އެވަޓަން އަދި ލީޑްސް ޔުނައިޓަޑެވެ. އެކަމަކު ލީގުގެ ފަހު މެޗުތައް މިރޭ ކުޅެ ނިމޭއިރު، މި ތިން ޓީމުގެ ތެރެއިން ރެލިގޭޝަނުން ސަލާމަތްވާނީ އެންމެ ޓީމެކެވެ.

ފަހު މެޗަށް ނުކުންނައިރު، ރެލިގޭޝަނުން ސަލާމަތްވުމުގެ އަމިއްލަ ބާރު އޮތީ އެވަޓަން އަށެވެ. ތާވަލްގެ 17 ވަނައިގައި އެ ޓީމު އޮތީ 33 ޕޮއިންޓާ އެކު އެވެ. ލީގުގައި މިރޭ ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، އެވަޓަން ރެލިގޭޝަނުން ސަލާމަތްވާނެއެވެ. މި މެޗު އެއްވަރުވެ، ނުވަތަ އެވަޓަން ބަލިވެއްޖެނަަމަ، ލެސްޓާ އާއި ލީޑްސް އަށް ރެލިގޭޝަނުން ސަލާމަތްވުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު ލީޑްސް އާއި ލެސްޓާ އަށް ވެސް މޮޅުވާން މަޖުބޫރެވެ.

ލެސްޓާ އޮތީ 31 ޕޮއިންޓާ އެކު ތާވަލްގެ 18 ވަނައިގަ އެވެ. ލީޑްސް 19 ވަނައިގައި އޮތީ 31 ޕޮއިންޓާއެކުއެވެ. ތާވަލްގެ ފުލުގައި އޮތް ސައުތުހެމްޓަން ވަނީ ރެލިގޭޓްވެފައެވެ.

Advertisement

ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ލީޑްސް ނުކުންނައިރު، ލެސްޓާއާ ދެކޮޅަށް ނުކުންނާނީ ވެސްޓް ހޭމެވެ.

ރެލިގޭޝަނުން ސަލާމަތްވުމުގެ ފޭވަރިޓަކީ އެވަޓަންއެވެ. އެއީ މޮޅަކާއެކު، އެ ޓީމަށް ރެލިގޭޝަނުން ސަލާމަތްވާނެކަން ކަށަވަރުވާނެތީއެވެ. އެހެން ޓީމެއްގެ ނަތީޖާއަކަށް ވިސްނާކަށް ނުޖެހޭނެއެވެ.

މި ސީޒަން ވެސް ގޯސްކޮށް ފެށި ލެސްޓާ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޑިފެންސް ބަލިކަށިވުމެވެ. އެންމެ ފަހުން ކުޅުނު 21 މެޗުގައި ލެސްޓާ ކޮޅަށް ލަނޑެއް ނުވަދެ ނިންމާލީ އެންމެ މެޗެކެވެ.

ލެސްޓާގެ ނަތީޖާތައް ދަށްވުމުގެ ސަަބަބުން ބްރެންޑަން ރޮޖާސް ކޯޗުކަމުން މަގާމުން ވަކިކޮށް، ލެސްޓާގެ ކޯޗުކަމަށް ޖަމަޖެއްސި ޑީން ސުމިތު ބުނީ ރެލިގޭޝާނުން ސަލާމަތްވުގެ އަމިއްލަ ބާރު ނެތަސް ލެސްޓާ އިން ދުލެއް ނުދޭނެކަމަށެވެ.

ލީޑްސް އަށް ވެސް އޮތީ މޮޅުވުން މަޖުބޫރު މެޗެކެވެ. މޮޅުވިޔަސް، އެ ޓީމަށް ރެލިގޭޝާނުން ސަލާމަތްވާން އޮތީ އެވަޓަން އާއި ލެސްޓާ ސިޓީ ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަނަ ގޮތަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox