20 އަހަރަށް ފަހު ނިއުކާސަލް ޗެމްޕިއަންސް ލީގަށް

May 23, 2023, 1:53 AM
20 އަހަރަށް ފަހު ނިއުކާސަލް ޗެމްޕިއަންސް ލީގަށް

ނިއުކާސަލް (މެއި 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވި މެޗުން ލިބުނު ޕޮއިންޓާ އެކު، ނިއުކާސަލް ޔުނައިޓެޑުން 20 އަހަރަށް ފަހު ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ހޯދައިފި އެވެ.

ބާކީ މެޗެއް އޮއްވައި، ނިއުކާސަލް އިން ޔޫރަޕްގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތް، ޗެމްޕިއަންސް ލީގުގެ ޖާގަ ޔަގީންކުރީ 37 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. މިއާ އެކު، ނިއުކާސަލް އިން މި ވަނީ 2003 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކޮށްފަ އެވެ.

ނިއުކާސަލް ދަނޑުގައި ރޭ ކުުޅުނު މެޗުގައި އެ ޓީމުން ފޮނުވާލި ތިން ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. އެގޮތުން، ކަލުމް ވިލްސަން އާއި މިގޭލް އަލްމިރޯން އަދި ބްރޫނޯ ގިމަރޭޒް ފޮނުވާލި ބޯޅަތައް ދަނޑިއަށް އަމާޒުވިއިރު، ލެސްޓާގެ ކީޕަރު ޑެނިއަލް އައިވާސަން ވަނީ ނިއުކާސަލްގެ އަލެކްސަންޑަ އައިސާކް ޖެހި ބޯޅައެއް މަތަކޮށްފަ އެވެ.

Advertisement

ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރަމުން އަންނަ ލެސްޓާ އިން ރޭގެ މެޗުގައި ވަނީ ގޯލެއް ޖަހަން ވެސް ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެ ގޮތުން، ލެސްޓާ އަށް ކުޅޭ ބެލްޖިއަމްގެ ފުލްބެކް، ޓިމޮތީ ކަސްޓާނިއޭ އެކްރަބެޓިކް ކިކަކުން ފޮނުވާލި ހަމަލާ ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕް ވަނީ މަތަކޮށްފަ އެވެ.

ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީ ނިއުކާސަލް އިން ކުރިއަށްދާން ބޭނުންވާ މިސްރާބަށް ދާން ބަލާއިރު، ހާސިލްކުރެވުނު ވަރަށް ބޮޑު ކަމެއް ކަމަށް ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ވަނީ ބުނެފަ އެވެ.

ނިއުކާސަލް އިން އެންމެ ފަހުން ޗެމްޕިއަންސް ލީގު ކުޅުނީ 2002-2003 ވަނަ އަހަރުގެ ސީޒަނުގައި، އެ ޓީމުގެ ކޯޗަކަށް ބޮބީ ރޮބްސަން ހުރިއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox