ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ކޮމިއުނިޓީ ފަންޑުން މި އަހަރުގެ ފުރަތަމަ ފޭހުގައި އެހީ ދޭނެ 10 ޕްރޮޖެކްޓު ހޮވައިފި އެވެ.
ޕްރޮޖެކްޓުތައް
- ރ.ދުވާފަރު ކުޑަކުދިންގެ ސްކޭޓް ޕާކު ތަރައްގީ ކުރުން. މި ޕްރޮޖެކްޓް ހުށަހެޅީ ދުވާފަރު ޒުވާނުންގެ ޖަމިއްޔާ
- ޏ. ފުވައްމުލައްކުގައި ބެލިނިވެރިންނާއި ދަރިވަރުންނަށް މަޑުކޮށްލައިގެން ތިބޭ ހިޔާވާ ތަނެއް ގާއިމްކުރުން. ޕްރޮޖެކްޓް ހުށަހެޅީ ދަޑިމަގު ޒުވާނުންގެ ޖަމިއްޔާ
- ގދ. ހޯޑެއްދޫ އޮޅަމަތާ އިކޯ ޕާކުގެ ދެވަނަ ފިޔަވަހި ތަރައްގީކުރުން. ޕްރޮޖެކްޓް ހުށަހެޅީ ހޯޑެއްދޫ ސްޕޯޓްސް
- ބ. ދަރަވަންދޫ ދޯދި ޕިކްނިކް އަދި ކޭމްޕިންގ ސަރަހައްދު ގާއިމްކުރުން. ޕްރޮޖެކްޓް ހުށަހެޅީ ދަރަވަންދޫ އެކުވެރި ޒުވާނުން
- ގދ. ތިނަދޫ ކުޅި ތަރައްގީކުރުން. ޕްރޮޖެކްޓް ހުށަހެޅީ ހުވަދޫ ސްއިމިން ކްލަބް
- މ. މުލަކު ސްކޫލުގައި ރީޑިން ޕާކެއް ގާއިމްކުރުން ޕްރޮޖެކްޓް ހުށަހެޅީ ކޮމިއުނިޓީ އެންޕަވަމަންޓް ލިންކޭޖް (ސެލް)
- ލ. ކުނަހަންދޫ ހާބަރުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމްކުރުން ޕްރޮޖެކްޓް ހުށަހެޅީ ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގްރޫޕް (ކިންގް)
- ނެއްލައިދޫ ސްކޫލަށް ކުޅިވަރު ސާމާނު ފޯރުކޮށްދިނުމާއި ތަމްރީން ދިނުން. ޕްރޮޖެކްޓް ހުށަހެޅީ ފަޓޯ ސްޕޯޓްސް އެކަޑަމީ
- އައްޑޫ އަތޮޅުގެ ރައްޔިތުންނަށް އޯޝަން އެޑިއުކޭޝަން މައުލޫމާތު ދިނުން. ޕްރޮޖެކްޓް ހުށަހެޅީ މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމް
- އައްޑޫ ސީޓީ ފޭދޫ ބަނދަރުގައި ހިޔާއެއް ތައްޔާރުކުރުމާއި ފާހާނާ ހެދުން. ޕްރޮޖެކްޓް ހުށަހެޅީ އައްޑޫ އިކޯ ކްލަބް
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފަ އެވެ.










