ހުލާސާކޮށް އިއްޔެ: "ދަ ޑިމޮކްރެޓްސް" އުފައްދަން ހުށަހެޅުން

May 22, 2023, 12:47 AM
"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް ހުށަހެޅުމުގެ ފޯމް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބުއާ ހަވާލުކޮށް ދެއްވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް ހުށަހެޅުމުގެ ފޯމް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބުއާ ހަވާލުކޮށް ދެއްވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްުޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާ އެކު އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަން، އާ ސިޔާސީ ޕާޓީއަކަށް ހަދަން، އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅީ އިއްޔެ އެވެ.

ރިޔާސީ ޕްރައިމަރީއަށް ފަހު ފެކްޝަނެއްގެ ގޮތުގައި ހަރަކާތްތެރިވި "ފިކުރެއްގެ ދިރުމުން" އުފައްދާ ޕާޓީއަށް ހުއްދަ ހޯދަން އީސީއަށް ފޯމް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ނަމުގަ އެވެ. އޭނާ އީސީއަށް ހުށަހެޅުއްވީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް އުފެއްދެވުމަށެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމުގެ މަސައްކަތްކުރުމުގެ ހުއްދައަށް އެދޭ ފޯމް ހުށަހެޅުމަށްޓަކައި ހަސަން ލަތީފުގެ އަރިހުގައި ފިކުރެއްގެ ދިރުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރެއިން ނަޝީދު ފިޔަވައި އެންމެ ބޭފުޅުން އީސީއަށް ވަޑައިގެންނެވި އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީން ވަކި ދަ ޑިމޮރޭޓްސްއާ ގިނަ ބަޔަކު ގުޅޭނެކަން ފާހަގަކޮށް، އާ ޕާޓީ އުފެއްދުމުގެ ހުއްދަށް އެދި ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ،

އެމްޑީޕީން ވަކިވެ މިވަގުތު އެބަ ތިއްބެވި ވަރަށް ބައިވަރު ބޭފުޅުން. މިސާލަކަށް ކުޅުދުއްފުށީގެ މޭޔަރު، އެމްޑީޕީ ދޫކުރައްވައި އެ މަސައްކަތް ފައްޓަވައިފި. ދާއިރާގެ ރައީސް އެކަންކަމުގައި އެބަ ހިމެނިވަޑައިގަންނަވާ. އެހެންވީމާ އެކަހަލަ އެތައް ބައިވަރު ބައެއް، އަތޮޅު ރައީސުން އެބަ ހިމެނިވަޑައިގަންނަވާ. އަދި ހަމަ އެއާ އެކީގައި ކައުންސިލަރުންނާ އެމްޑީޕީގެ ދާްއިރާ ރައީސުންނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އިތުރު މެމްބަރުން ވެސް އިރާދަކުރެއްވިއްުޔާ ގުޅިވަޑައިގަންނަވާ ތަން ފެންނާނެ،"

ދުވަހުގެ ފޮޓޯ

އިއްޔެ ހުޅުވި ނޭޝަނަލް އާޓް ގެލަރީގެ ޕާމަނަންޓު ކަލެކްޝަންގައި ހުރި ކުރީގެ ތިން ރައީސުންގެ ފޮޓޯފުޅުތައް ބަޔަކު ބަލާލަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އިއްޔެ ހުޅުވި ނޭޝަނަލް އާޓް ގެލަރީގެ ޕާމަނަންޓު ކަލެކްޝަންގައި ހުރި ކުރީގެ ތިން ރައީސުންގެ ފޮޓޯފުޅުތައް ބަޔަކު ބަލާލަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އިއްޔެ ހުޅުވި ނޭޝަނަލް އާޓް ގެލަރީގެ ޕާމަނަންޓު ކަލެކްޝަންގައި ހުރި ކުރީގެ ތިން ރައީސުންގެ ފޮޓޯފުޅުތައް ބަޔަކު ބަލާލަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox