ހަސަން ވިދާޅުވީ މަޖިލީހުގެ އިތުރު މެމްބަރުން އާ ޕާޓީއާ ގުޅޭނެ ކަމަށް

"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް އުފައްދަން ހުށަހެޅުއްވުމަށް ފަހު ހަސަން ލަތީފު މީޑިއާ ބައްދަލުކުރައްވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް އުފައްދަން ހުށަހެޅުއްވުމަށް ފަހު ހަސަން ލަތީފު މީޑިއާ ބައްދަލުކުރައްވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްުޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާ އެކު އުފެއްދި"ފިކުރެއްގެ ދިރުން" ފެކްޝަނުން އުފައްދާ އާ ޕާޓީއާ ރަައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުން ގުޅޭނެ ކަމަށް ރައްޔިތުންގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް އުފައްދުމުގެ ހުއްދަ ހޯއްދަވަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ އެމްޑީޕީގެ ދާއިރާ ރައީސުންގެ ގޮތުގައި ކުރިން ތިއްބެވި އެތައް ބޭފުޅުންނަކާއި ކައުންސިލަރުން ނާއި ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުން އާ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީ ހަަދަން ހުއްދައަށް އެދި ހުށަހެޅީ އޭނާގެ ނަމުގައި ކަމަށް ވިޔަސް އެ މަސައްކަތުގައި، އެމްޑީޕީން ވަކިވި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ އެވެ.

Advertisement

"އެމްޑީޕީން ވަކިވެ މިވަގުތު އެބަ ތިއްބެވި ވަރަށް ބައިވަރު ބޭފުޅުން. މިސާލަކަށް ކުޅުދުއްފުށީގެ މޭޔަރު، އެމްޑީޕީ ދޫކުރައްވައި އެ މަސައްކަތް ފައްޓަވައިފި. ދާއިރާގެ ރައީސް އެކަންކަމުގައި އެބަ ހިމެނިވަޑައިގަންނަވާ. އެހެންވީމާ އެކަހަލަ އެތައް ބައިވަރު ބައެއް، އަތޮޅު ރައީސުން އެބަ ހިމެނިވަޑައިގަންނަވާ. އަދި ހަމަ އެއާ އެކީގައި ކައުންސިލަރުންނާ އެމްޑީޕީގެ ދާްއިރާ ރައީސުންނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އިތުރު މެމްބަރުން ވެސް އިރާދަކުރެއްވިއްުޔާ ގުޅިވަޑައިގަންނަވާ ތަން ފެންނާނެ،" ހަސަން ވިދާޅުވި އެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމުގެ މަސައްކަތްކުރުމުގެ ހުއްދައަށް އެދޭ ފޯމް ހުށަހެޅުމަށް ޓަކައި ހަސަން ލަތީފުގެ އަރިހުގައި ފިކުރެއްގެ ދިރުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރެއިން ނަޝީދު ފިޔަވައި އެންމެ ބޭފުޅުން އީސީއަށް ވަޑައިގެންނެވި އެވެ.

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި އިންތިހާބު ވި ނަމަ ވެސް ރިޔާސީ ޕްރައިމަރީއަށް ފަހު އެމްޑީޕީގެ ސިޔާސަތުތަކާ ދެކޮޅަށް މަޖިލީހުގައި ވެސް ފިކުރެއްގެ ދިރުން ތަމްސީލު ކުރެއްވި މެމްބަރުން އެމްޑީޕީން ވަކިވެވަޑައިގެންނެވީ މިދިޔަ ބުދަދުވަހު އެވެ. އެ މެމްބަރުން އެމްޑީޕީން ވަކިވެވަޑައިގެންނެވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމު އެމްޑީޕީން ވަކިކުރަން އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމުމާ އެކުގަ އެވެ.

"ފިކުރެއްގެ ދިރުން" މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ބޭނުން ކުރެއްވި ޝިއާރެކެވެ. ޕްރައިމަރީގެ ނަތީޖާއާ މެދު ސުވާލު އުފައްދަވައި އެ ނަމުގައި ފުރަތަމަ އުފެއްދީ އެމްޑީޕީގެ އެތެރޭގެ ގޮތްޕެކެވެ. އެ ހަރަކާތުން އާ ޕާޓީއެއް އުފައްދާނެ ކަން އިިއުލާނު ކުރީ އެ ހަރަކާތުގައި އިސްކޮށް އުޅުއްވި، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިވުމާ އެކު ފިކުރެއްގެ ދިރުމުގެ ދެން ތިއްބެވި ޕާލަމެންޓޭރިއަނުން އެމްޑީޕީ ވަކިވުމަށް ފަހު މިދިޔަ ބުދަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox